އަދި އައްޞަޙީޙް ގައި، ޘާބިތު ވެފައިވާ ގޮތުން، އިބްނު ޢައްބާސް رضي الله عنهما އަރިހުން، ނަބިއްޔާ ﷺ ޙަދީޘް ކުރެއް ވިކަމެވެ: { مَنْ بَدَّلَ…
❷
އަދި އައްޞަޙީޙް ގައި، ޘާބިތު ވެފައިވާ ގޮތުން، އިބްނު ޢައްބާސް رضي الله عنهما އަރިހުން، ނަބިއްޔާ ﷺ ޙަދީޘް ކުރެއް ވިކަމެވެ: { مَنْ بَدَّلَ دِينَهُ فَاقْتُلُوهُ } ”ދީން ދޫކޮށްފި މީހާ، ގަތުލު ކުރާހުށި ކަމެވެ.“ އަދިވެސް އައްޞަޙީޙް ގައި އިބްނު މަސްޢޫދު رضي الله عنه އަރިހުން ނަބިއްޔާ ﷺ ޙަދީޘް ކުރެއް ވިކަމެވެ: { لاَ يَحِلُّ دَمُ امْرِئٍ مُسْلِمٍ... إِلاَّ بِإِحْدَى ثَلاَثٍ} ”މުސްލިމު ފަރުދެއްގެ ލޭ ތިން ޙާލަތެއްގައި މެނުވީ ހުއްދައެއް ނުވާނެއެވެ...“ އަދި އޭގެ ތެރޭ ޛިކުރު ކުރެއްވިއެވެ: { ...وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ} ”...ދީން ދޫކޮށް ޖަމާޢަތުން ވަކިވެގެންދާ މީހާއެވެ.“ އަދިވެސް އައްޞަޙީޙް ގައި، މުޢާޛު ބުނު ޖަބަލް، އަބޫ މޫސާ އަރިހަށް ވަޑައިގެން އަތްފައިބަނދެފައިވާ މީހެއް ދެކެވަޑައިގަތް ޙާާދިޘާ ވެއެވެ. އެހެންކަމުން (އަބޫ މޫސާ) ވިދާޅުވިއެވެ: ”މިއީ ކޮންކަމެއްހެއްޔެވެ؟ (މުޢާދް) ވިދާޅުވިއެވެ: ”މިއީ ޔަހޫދީ ދީނުގައި އުޅެ ދެން އިސްލާމްވި މީހެކެވެ. އެއަށްފަހު އަނެއްކައި އޭނާގެ ދީން، ނުބައިވެގެންވާ ދީނަށް ރުޖޫޢަކުރިއެވެ. އަދި ޔަހޫދީވެއްޖެއެވެ.“ (އަބޫ މޫސާ) ވިދާޅުވިއެވެ: ”ﷲ އާއި އެއިލާހުގެ ރަސޫލުގެ ޙުކުމުން މިކަލޭގެ ޤަތުލު ނުކުރަނީހެއް އަހަރެންނެއް ނުއިށީންނާނަމެވެ.“ އަދި އެފަދައިން (އިންކާރު ކުރައްވަމުން) ތިން ފަހަރު ތަކުރާރު ކުރެއްވިއެވެ. އެހެންކަމުން (މުޢާދް) އެކަމަށް އަމުރު ކުރައްވައި އޭނާ ޤަތުލު ކުރެވުނެވެ.
[ ދެން ޝައިޚް ނާޞިރުލް ފަހްދި، މިފަދަ ބަސްތައް ބޭނުންކޮށް މުރުތައްދުވެފައިވާ، "އަލްޤަޞީމީ" އަކީ "ބަލިމީހެއް" ކަމަށް މަސްއޫލުވެރިން ބުނާ ބުނުމަށް ފާޑުވިދާޅުވެ، އަދި "ތުރުކީ އަލްޙަމަދު" ފަދަ ޒިންދީޤުން ”ﷲ އާއި ޝައިޠާނާ އަކީ އެއްފައިސާ ފޮއްޗެއްގެ ދެ މޫނު“ ކަމަށް ދައުވާކުރި ވާހަކަ ޛިކުރުކުރެއްވިއެވެ. — سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يَقُولُونَ عُلُوًّا كَبِيرًا ”އެއުރެން ބުނާ ބުނުމުން، އެކަލާނގެ ހުސްطاهر ވެވޮޑިގެންވެއެވެ. އަދި ބޮޑުވެގެންވާ މަތިވެރިވުމަކުން، އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ.“ — އަދި "މިބައްޔަކީ" ހަމައެކަނި މުރުތައްދުވުމުގެ ޙައްދުން މިންޖުވުމަށް އޮންނަ ބައްޔެއް ކަމެވެ.] ދެން ވިދާޅުވިއެވެ:
ސުވާލަކީ: އެހެންކަމުން "ތުރްކީ އަލްޙަމަދު" ނޫނީ މި "ބަލި މީހާ" ނުވަތަ މިނޫން މީހަކަސް: ވެރިކަމުގެ (ސަޢުދީ ރަސްކަމުގެ) މަސްއޫލުން ކުރެ މަސްއޫލަކާއި ދިމާލަށް އޭނާ އަކީ "ޝައިތާނާ އާއި އެއްފައިސާ ފޮއްޗެއްގެ ދެވަނަ މޫނޭ" ގޮވިނަމަ، އެމީހެއް (ބަލިމީހަކަށްވެ) މިންޖުކުރާނެ ބާއެވެ؟ ނުވަތަ އެ މަސްއޫލުވެރިންގެ ނިންމުން ތަކަކީ، "ކުނިވެފައިވާ އާދަކާދަތަކޭ" ނޫނީ "ދޮސް ޘަޤާފަތްތަކޭ" ބުނީހީނަމަ އެމީހެއް ދޫކުރާނެ ހެއްޔެވެ؟ — ވީމާ، ﷲ ހަޟުރަތަށް އަހަރެމެން ޝަކުވާ އުފުލަމެވެ.
އަދި ފައިދާ އަކަށް، އަލްޤާޟީ ޢިޔާޟު رحمه الله، "އައްޝިފާ" ކިޔުނު ފޮތުގައި ޛިކުރު ކުރެއްވި ޙާދިސާ އެއް ނަގުލު ކޮށްލަމެވެ. މިއިން ﷲ ގެ ޝިޢާރު ތަކާއި ޙުރުމަތަށް އިހުގެ ޢިލްމުވެރިން ދެއްވާ ހައިބަތު ދަލީލުކުރެއެވެ؛
ޛިކުރުކުރައްވާފައިވާ ގޮތުން، އަންދަލުސް ގެ ވެރިޔާ، އަލްއަމީރު ޢަބްދުއް ރަޙްމާން ބުނުމް ޙަކަމް، އަލްއުމަވީ رحمه الله ގެ އަނބިންގެ ތެރެއިން، އެންމެ ގާތް ބޭކަނބަލަކަށް "ޢަޖަބް" ކިޔާ ބޭކަނބަލެއް ވިއެވެ. އަދި އެކަމަނާގެ އެއްބަނޑުއެއްބަފާ އަޚެއްގެ ދަރިއެއްވިއެވެ. އޭނާ ﷲ سبحانه އަށް ނިސްބަތްކޮށް މަލާމާތްވާހެން (މަގެއް މަތީގައި) ބަސްތަކެއް ބުނިކަން (މީސްތަކުންނަށް) ފާޅުވިއެވެ. އެހެންކަމުން އިބްނު ޙަބީބުލް އަންދަލޫސީ رحمه الله އަދި އެނޫން ބޭކަލުން އެކަލޭގެ ގަތުލު ކުރުމަށް ފަތުވާ ދެއްވިއެވެ. އަދި އެހެނަސް އެނޫން ބަޔަކު އެކަމުން ހުއްޓި އޭނާ އަށް ހަމައެކަނި އަދަބެއް ދިނުމަށް ބުންޏެވެ. އޭގެ ތެރޭގައި (އަންދަލުސްގެ) އިސް ޤާޟީ ވެސް ހިމެނުނެވެ. މިހެންކަމުން އިބްނު ޙަބީބުލް އަންދަލޫސީ رحمه الله ވިދާޅުވިއެވެ: ”އެކަލޭގެ ލޭ (އޮހޮރުވާލުން) ވަނީ އަހަރެންގެ ކޮނޑުގައި އެޅިފައެވެ. (ވާޖިބެކެވެ.) އަހަރެމެންނީ ރައްބުގެ އަޅުންތަކުން ކަމުގައި ވީހިނދު، ކަލޭމެން އެއިލާހަށް ބަދުބަސް ބުނެ، ދެން އެއިލާހަށް އަހަރެމެން ނަޞްރުވެރިނުވެ ދޫކޮށްލާނީ ހެއްޔެވެ؟ އެހެންވެއްޖެނަމަ އަހަރެމެންނީ ކިހައި ނުބައިކަން ބޮޑު އަޅުތަކަކީމުއެވެ!“ ދެން ކީރިތި ކުރެއްވިއެވެ.
އަދި އަލްއަމީރު ޢަބްދުއް ރަޙްމާން ބުނުލް ޙަކަމް رحمه الله ގާތަށް އެމަޖިލިސް ހުށަހެޅުނެވެ. އެހެންކަމުން އިބްނު ޙަބީބުގެ ބަސްފުޅުގައި ހިފުމަށް ނިޔާ ކަނޑައެޅުއްވިއެވެ. އަދި (ޢަޖަބް ކަމަނާގެ ބޭބެ ގެ ދަރި) ޤަތުލު ކުޅައުމަށް އަމުރު ކުރެއްވިއެވެ. އަދި ފިޤުހުވެރިންގެ ޙާޟިރުގައި އެކަލޭގެ ޞަލީބުކުރެއްވިއެވެ. އަދި މިމައްސަލާގައި (އެކަލޭގެފަނުގެ) ހިތްރުއްސުމަށް (އަންދަލުސް ގެ) ޤާޟީ މަސައްކަތް ކުރަން އުޅުނުކަމަށް ތުހުމަތު ކުރައްވައި މަޤާމުން ޢަޒުލު ކުރެއްވިއެވެ. އަދި ދެން ތިއްބެވި ފިޤުހުވެރިންނަށްވެސް ފާޑުވިދާޅުވެ ބަސްވިދާޅުވިއެވެ. اهـ
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.