އަލްވަލާއު ވަލްއަލްބަރާއު ގައި މީސްތަކުންގެ ބާވަތްތައް: ދެވަނަ ބައި
'
📍އަލްވަލާއު ވަލްއަލްބަރާއު ގައި މީސްތަކުންގެ ބާވަތްތައް: ދެވަނަ ބައި
🔗 #الولاء_والبراء (6)
② ދޭއް: އެމީހަކާއި އެއްގޮތަކުން ލޯބިވެވޭ، އެނޫން ގޮތެއްގައި ރުޅިވެރިވެވޭ މީހާ
މިއީ އެމީހެއްގެ ޢަމަލުގައި ޞާލިޙު ޢަމަލާއި އަދި ފާފަވެރި ޢަމަލުތައް އެކުލެވިފައިވާ މުސްލިމު މީހާއެވެ. ފަހެ މިމީހާއީ، އެމީހެއްގެ ފުށުގައިވާ އީމާން ކަމުގެ މައްޗަށް އޭނާއަށް ލޯބިވެވި އަދި ގުޅުންބަދަހިކުރެވޭ މީހެކެވެ. އަދި އުރެދުމާއި ބިދުޢައިގެ މިންވަރުގެ މައްޗަށް ރުޅިވެވި ދެކޮޅުވެވޭ މީހެކެވެ. މިދަރަޖައިވާ މީހާއަށް މުޠްލަޤު (އެބަހީ: ހައްދެއްނެތި) ލޯބިކުރުން ޖާއިޒެއް ނޫނެވެ. އަދި އޭނާ އަށް ވެވޭ ޢަދާވާތްތެރިކަމާއި ރުޅިވެރިކަމީވެސް މުޠްލަޤު (އެބަހީ: ހައްދެއްނެތި އޮންނަ) އެއްޗެއް ނޫނެވެ. އަދި މީސްތަކުން ތެރޭން އެތައް ބަޔެއް މިބުނެވުނު ކަންތަކާއި އެކައްޗެއްކަމަށް: ބިދުޢަވެރިންނާއި ފާސިޤުން އަދި އެއަށް ދަޢުވަތުދޭ މީހުންގެ މަޖިލިސްތަކުގައި އިންކާރުކުރުމަކާއި ނުލައި ބައިވެރިވެ އެއްވެއުޅުން ހަދައެވެ.
އިމާމް އަޙްމަދު رحمه الله تعالى ވިދާޅުވިއެވެ: ”ބިދުޢައިގެ ސަބަބުން ކުފުރު ނޫނީ ފާސިޤު ވެއްޖެ މީހެއް ނުވަތަ މަގުފުރެދިނިވި ނޫނީ ފިސުޤުވަނިވި ބިދުޢައަށް ދަޢުވަތުދޭ މީހެއް ހަޖުރު ކުރުން (ގުޅުން ކަނޑާލައި ދުރުހެލިވުން) ވާޖިބެވެ. އެއީ އެމީހަކަށް ރައްދު ދިނުމަށް ޤާބިލުކަން ނެތް މީހުންގެ މައްޗަށެވެ. ނުވަތަ މަގުއޮޅި އަޘަރުކޮށްފާނޭ ކަމުގެ ބިރުއޮވެއްޖެ މީހުންނަށެވެ.“ އަދި ބުނެވެއެވެ: އެފަދަ މީހާ މުޠްލަޤް ކޮށް ހަޖުރު ކުރުން ވާޖިބެވެ. އަދި ބުނެވެއެވެ: އެމީހެއްގެ ނަފުސު އެއިން އަޘަރުނުކުރާނޭ ކަން ދަންނަ އަދި ޙައްޤު ބާޠިލުން ނިވާ ނުކޮށް އިންކާރުކުރާ ޠާލިބުލް ޢިލްމު އާއި، ޙަޢްޤާއި ބާޠިލު ވަކިނުކުރެވޭ ޢާންމުންގެ މީހުން ފަރަޤުކުރުވުން ވެއެވެ. އަދި ބުނެވެއެވެ: (އެއްވެވޭނީ) އެކަމުގައި އޮތް މަޞްލަޙަތާއި ފަސާދައިން ދުރުވުމުގެ މައްޗަށް ބަލައެވެ. އަދި އެއްފަރުދަކާއި އަނެއް ފަރުދަކަށް ފަރަޤުވެވެގެން ވެއެވެ.
(ނުނިމޭ)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.