އިސްލާމް ދީން އަލުން ޢިޔާދަވެ އޭގެ އަހުލުން ގަދަފަދަވުމުގެ ހެޔޮ ޚަބަރުތައް ގިނަގުނައެވެ. އަދި ހާޒިރުގައި މިތިބަ މީހުން އޭގެ މާޒީގެ…
=
އިސްލާމް ދީން އަލުން ޢިޔާދަވެ އޭގެ އަހުލުން ގަދަފަދަވުމުގެ ހެޔޮ ޚަބަރުތައް ގިނަގުނައެވެ. އަދި ހާޒިރުގައި މިތިބަ މީހުން އޭގެ މާޒީގެ (ޢިއްޒަތާއި) ބައްދަލު ކުރާނޭ ކަމުގެ ހެޔޮ ޚަބަރުތައް ވެސް މެއެވެ. އަދި މިއީ އެއާއިމެދު ސުވާލެއްނެތި ވާންއޮތްކަމެވެ. އެއީ ޢިއްޒްތެރީން ޢިއްޒަތްކުރެވި ނިކެމެތިން ނިކަމެތި ކުރެވޭ ޙާލުގައެވެ.
މިއަދު ފެންނަމުންދާ ބޮޑު ވޭނާއި އެކުވެސް މުސްލިމުންގެ ތެރެއިން ބައިގަނޑެއްގެ ހިތައް ނާއުއްމީދެއްވެސް އަދި ބަލިކަށިކަމެއްވެސް އައިސްފައިނުވެއެވެ. އަދި ޖާހިލިއްޔަ މީޑިއާތަކުގެ މަންމަނުކަމަށް އެވެރިންނަށް ފަރުވާލެއް ނެތެވެ. އޮޅުވާލުމުގެ ނުފޫޒާއި އަނދިރިކަން ކިތަންމެ ބަނަވިއެއްކަމަކުއެވެ. ފަސާދަތައް ފެތުރި އަބުރުތައް ނަގައިލެވުނަސް އެވެ. އެހެންކަމުން (ދަންނައެ) އިސްލާމްކަން ދެމިއޮންނާނެތެވެ. އަދި އޭގެ ބިންގަނޑު ފުޅާވާނެތެވެ. އަދި ރޭގަނޑާއި ދުވާލު އެތަނަކަށްފޯރައިފި ކޮންމެ ތަނަކަށް ފޯރާނެތެވެ. ޢިލްމިވެރިންގެ ތެދުވެރިކަމުންނެވެ. ދާޢީންގެ ބުރަ މަސައްކަތުންނެވެ. އަދި ޝަހީދުންގެ ލެއިންނެވެ. އެހެންކަމުން ދެކޮޅުވެރިންނާއި އެކު ނާއުއްމީދާއި އަތްވީއްލުމާއި އިށީނދެ ތިބޭކަށް ޖާގައެއް ނެތެވެ.
އިސްލާމްދީން ގާއިމުވުންވަނީ މަސައްކަތުންނެވެ. ސަމާސާއަކުން ނޫނެވެ.
ޢަމަލުންނެވެ. ލެނގިގެނެއް ނޫނެވެ.
ތެދުވެރި ހިތްތަކަކުންނެވެ. ޚާއިނު ނަފްސުތަކަކުންނެއް ނޫނެވެ.
ﷲ تعالى ވަޙީ ކުރެއްވި އެވެ: ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَا لَكُمْ إِذَا قِيلَ لَكُمُ ٱنفِرُوا۟ فِى سَبِيلِ ٱللَّهِ ٱثَّاقَلْتُمْ إِلَى ٱلْأَرْضِۚ أَرَضِيتُم بِٱلْحَيَوٰةِ ٱلدُّنْيَا مِنَ ٱلْءَاخِرَةِۚ فَمَا مَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا فِى ٱلْءَاخِرَةِ إِلَّا قَلِيلٌ إِلَّا تَنفِرُوا۟ يُعَذِّبْكُمْ عَذَابًا أَلِيمًا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْـًٔاۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌޝ﴾ [التوبة:38-39]
(އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللَّه ގެ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް އެންގެވިހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެންހެއްޔެވެ؟ އާޚިރަތަށްވުރެ ދުނިޔޭގެ ދިރިހުރުމަށް ތިޔަބައިމީހުން ރުހުނީހެއްޔެވެ؟ ދުނިޔޭގެ އުފަލާއި، އަރާމަކީ އާޚިރަތާއި އަޅައިބަލާއިރު، މަދުއެތިކޮޅެއް ކަމުގައި ނޫނީ ނުވެތެވެ. * ތިޔަބައިމީހުން (ހަނގުރާމައަށް) ނުނިކުންނަނަމަ، ވޭންދެނިވި ޢަޒާބަކުން އެކަލާނގެ ތިޔަބައިމީހުންނަށް ޢަޒާބު ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބަދަލުގައި، އެހެންބަޔަކު ގެންނަވައިފާނެތެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّه އީ ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.)
— شَيْخ سُلَيْمَان الْعَلْوَان
(ނުނިމޭ)
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.