8. އަލްޙަސަނުލް ބަޞްރީ رحمه الله ވިދާޅުވިއެވެ: ”އިހުގެ ސަލަފުންނާއި ބައްދަލުވި މީހެއް، ދެން މިޒަމާނުގައި އަބުރައި ގެނެވިއްޖެނަމަ، އިސްލާމް…
8. އަލްޙަސަނުލް ބަޞްރީ رحمه الله ވިދާޅުވިއެވެ: ”އިހުގެ ސަލަފުންނާއި ބައްދަލުވި މީހެއް، ދެން މިޒަމާނުގައި އަބުރައި ގެނެވިއްޖެނަމަ، އިސްލާމް ކަމުގެ އެއްވެސް އެއްޗެއް (މިތަނުގައި ވާތީ) ދެނެނުގަނެވޭނެއެވެ.“ ދެން ކޯތާފަތުގައި އަތްއަޅުއްވައި ވިދާޅުވިއެވެ. ”އެހެނަސް އަހަރެމެންގެ މި ނަމާދު ފިޔަވައެވެ.“ ދެން ވިދާޅުވިއެވެ: ދެންފަހެ — މިކަމުގެ މައްޗަށް ﷲ ގަންދެމެވެ — ސަލަފުއް ޞާލިޙުންނާއި ބައްދަލުވެފައި ނުވާހިނދު، މި ނޭދެވުންތަކުގެ ތެރޭ އުޅެބޮޑުވެވާ މީހާ، އަދި ބިދުޢަވެރިޔާ އެބިދުޢަޔަށް ގޮވާލާތަން އޭނާއަށް ފެނި، އަދި ދުނިޔެއަށް ލެނބިފައިވާ މީހާ ދުނިޔެއަށް ގޮވާލާތަން ދެކި، އެހެނަސް ﷲ އޭނާ އެއިން ރައްކައުތެރި ކުރައްވައި، އޭނާގެ ހިތުތެރޭ ސަލަފުއް ޞާލިޙުންނަށް އެދޭ އެދުން ލައްވައި، އެވެރިންގެ މަގުތަކާއިމެދު ސުވާލުކޮށް، އެވެރިންގެ ބަސްތައް ތަކުރާރުކޮށް އެވެރިންގެ މަގަށް ތަބަޢަވެ ހުރެއްޖެމީހާ، ދަންނައެ، ބޮޑުވެގެންވާ އަޖުރެއް ހޯދައިގަނެވިއްޖެއެވެ. ފަހެ ތިޔަބައިމީހުން — ﷲގެ އިރާދަފުޅާއި އެކު — އެފަދައިންވާ ބައެއްކަމުގައި ވާށެވެ.“
9. މައިމޫނު ބުނު މިހްރާން ވިދާޅުވިއެވެ: ”ސަލަފުންގެ ތެރެއިން ބޭކަލެއް ކަލޭމެންގެ ތެރެއަށް އަތުވެއްޖެތަ، ޤިބުލަ ފިޔަވައި އެއްޗެއް ކަލޭމެންގެ ފުށުން ދެނެވަޑައެއް ނުގަންނަވާނެތެވެ.“
ޞަޙާބީންނާއި ތާބިޢީ ބޭކަލުން އަހަރެމެންނަށް މިސިފަ ކޮށްދެއްވި އެ މުޖުތަމަޢުތަކުގެ ހިތި ޙާލަތަކީ، އެ މުޖުތަމަޢުތަކުގެ މައްޗަށް އެބޭކަލުންގެ ނިންމެވުން ބަދަލުވެގެން ދިޔަ ކަންކަމެއް ނޫނެވެ. އެހެންކަމުން ކުފުރާއި ބިދުޢަތާއި މަގުފުރެދުން ގޮތުގައި، ޖުމްލަކޮށްވިޔަސް ނޫނީ މުޢައްޔިނުކޮށްވެސް އެބޭކަލުން އެމުޖުތަމަޢުތައް ސިފަ ނުކުރައްވައެވެ.
10. ބިންތަކުގައި އާއި އަޅުތަކުންގެ ތެރޭ ޖަހުމިއްޔަތާއި މުޢުތަޒިލިއްޔަތު ފަދަ ބިދުޢަތަކާއި ކުފުރުތައް ހިޖުރައިން ދެވަނަ ގަރުނުގެ ފަހުކޮޅުގައި އާއި ތިންވަނަ ޤަރުނުގެ ފެށުމުގައި ފެތުރުނެވެ. އެއީ މިކުފުރުގެ ބޮޑުކަމާއި ހެދި، އިތުބާރުހުރި މީހެއްގެ ފަހަތުގައި މެނުވީ ނަމާދު ނުކުރައްވާނޭ ކަމަށް އިމާމް އަޙްމަދު رحمه الله ވިދާޅުވެއްޖައުމާއި ހަމައަށެވެ. އަދި އިމާމް އިބްނު މަޢީން ހުކުރު ނަމާދުތައް އަނބުރާއި ޢިޔާދަ ކުރައްވަން ފެއްޓެވުމާއި ހަމައަށެވެ. އެހެނީ ކުފުރުގެ ބިދުޢަ ބިންތަކާއި އަޅުތަކުންގެ ތެރޭ ފެތުރި އުތުރިފައިވުމުންނެވެ.
އަދި ނަމާދަށް މިރައްކައުތެރިކަން ނެގިލެއްވި ހިނދުގާއިވެސް، ބިންތަކާއި އަޅުތަކުން ޖުމްލަކޮށް ވިޔަސް އަދި މުޢައްޔަންކޮށް ވިޔަސް ތަކްފީރެއް ނުކުރައްވައެވެ. އެހެނަސް ވަކި ޚާއްޞަ ޝަރުޢީ އިންތަކުގެ މަތީން އެމީހެއްގެ ކުފުރުކަން އެގިއްޖެ މީހަކަށް މެނުވީއެވެ. މިއީ ޙަރާޤިޞާގެ ސޭކުންތަކާއި ޚިލާފަށެވެ.
(ނުނިމޭ)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.