އަލް-އަޞްލު ގެތަޢުރީފު
އަލް-އަޞްލު ގެތަޢުރީފު
ބަހުގެ ގޮތުން الأَصْلُ ގެ މާނައަކީ އޭގެ މައްޗަށް އެހެން އެއްޗެއް ބިނާކުރެވޭ އެއްޗެވެ. މިސާލަކަށް ފާރެއްގެ އަޞްލަކީ އޭގެ ބިންގަލެވެ.
ޝަރުޢީ ގޮތުން "އަޞްލު" މިބަހުގެ މާނައިގައި ތަފާތު މާނަތަކެއް ހިމެނެއެވެ:
(ހ) ދަލީލް — އޭގެ މިޘާލަކީ ފިޤުހުވެރިންގެ ބަސްފުޅު ތަކުގައި: މި މަސްއަލާ ގައި "އަޞްލަކީ" ޤުރުއާން އާއި ސުންނަތުގެ މިވެނި އެއްޗެކެވެ. އެބަހީ އެއަށް ވާ ދަލީލަކީ މިވެނިއެއްޗެކޭ އެވެ.
(ށ) ރާޖިޙު ގޮތް: އެބަހީ ކަމެއްގައި ޚިލާފުވާއިރު އޭގައި ބުރަދަން ބޮޑު ގޮތެވެ. އޭގެ މިޘާލަކީ ފިޤުހުވެރިންގެ ބަސްފުޅު ”ބުނެވޭ ވާހަކައެއްގައި އަޞްލަކީ ޙަޤީޤަތެވެ.“ އެބަހީ: އަޑު އަހާ މީހާގެ ގާތުގައި އެއިވޭ އެއްޗެއް ބުރަދަންބޮޑީ ޙަޤީޤީ ވާހަކައެއް ގޮތުގައި ބެލުމެވެ. މަޖާޒެއް ގޮތުގައެއް ނޫނެވެ. އެއީ މަޖާޒެއްް ކަމަށް ޤަރީނާއެއް ނެތުމުންނެވެ.
(ނ) އެއަކަށް ޤިޔާސް ކުރެވޭ އެތި ކަން ސިފަކުރުމަށް: އެބޭކަލުންގެ ބަސްފުޅު "ނަބީޛް ޙަރާމް ވުމަށްވާ އަޞްލަކީ ރަލެވެ." (ނަބީޛް އަކީ ކަފުރުން ނޫނީ މޭބިސްކަދުރުން ނޫނީ ހިކިމޭބިސްކަދުރު ފެނަށްއަޅައި ތައްޔާރު ކުރެވޭ ޙަލާލު ބުއިމެކެވެ. އެހެނަސް އެ ރާވެއްޖެ ނަމަ ނޫނީ 3 ދުވަހަށްވުރެ ގިނަވެއްޖެނަމަ އޭގެ ޙުކުމަކީ ރަކުގެ ޙުކުމެވެ.)
(ރ) އެއްޗެއް ދެމި އޮންނަ ބިންގާ: މީގެ މިޘާލަކީ ޢަރަބި ބަހުގެ ޢިލްމުގައި ބުނޭ "ކަންކުރާ ގެ އަޞްލަކީ ރަފަޢު އެވެ." އެބަހީ އެ ދެމިއޮންނަ ބިންގަކަކީ އެއީއެވެ.
(ބ) ކަމަކާއި ގުޅިލާމެހިފައިވާ ނުވަތަ އެކުލެވިގެންވާ ހުކުމެވެ: އެބޭކަލުންގެ ބަސްފުޅު: "ކަންކަމުގައި އަޞްލަކީ ހުއްދައެވެ." (މަނާވުމަށް ދަލީލެއް ނުއަންނަ ހިނދަކު، އެންމެހާ ކަމެއްގައިވެސް އެކުލެވޭ ޙުކުމަކީ ހުއްދަވުމެވެ.) އަދި "އަޞްލަކީ ޒިންމާއިން ބަރީޢަވެފައިވުމެވެ."
— ޑރ. މަޖްދީ އިސްމާޢީލް (މަޞްދަރު)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.