ހަވަނަ ޤަޥްލު: ދާރެއް ގެ ޙުކުމް ބައިބަޔަށް ބެހިގެންދާކަމެވެ. މިނެގެވެނީ ޞިފަތައް ޖަމްޢު ކުރުމުގެ ޤަވާޢިދުގެ މަތީންނެވެ. އެއީ ފަރުދެއްގެ…
ހަވަނަ ޤަޥްލު: ދާރެއް ގެ ޙުކުމް ބައިބަޔަށް ބެހިގެންދާކަމެވެ. މިނެގެވެނީ ޞިފަތައް ޖަމްޢު ކުރުމުގެ ޤަވާޢިދުގެ މަތީންނެވެ. އެއީ ފަރުދެއްގެ ފުށުގައި މުޢުތަބިރު ނޫން އީމާން ކަމަކާއި ބޮޑު ކުފުރާއި ޖަމްޢުކޮށް ހުރެއެވެ. ނޫނީ އީމާން ކާމާއި ކުޑަ ކުފުރެވެ. ނުވަތަ މިކަން ބިނާވަނީ އޭގެ ގޮފިތަކުގައި ދިމާނުވާ ދެއަޞްލެއް އަޅާކިޔުމުގެ ޤަވާޢިދާއެވެ. ހަމައެފަދައިން ބިންތަކުގައިވެސް މެއެވެ. އޭގައި ފަރުދެއްގެ މައްޗަށް ޙުކުމް ކަނޑައެޅުންވަނީ އިސްލާމް ނޫނީ ކުފުަރު ފާޅުވާ މިންވަރަކުންނެވެ. އަދި މުޠްލަޤްކޮށް ދެއަޞްލުގެތެރެއިން އެކައްޗަކަށް އެކަންޏެއް ނޫނެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ: ”ބިން ތަކުގެ ޙުކުމަކީ އަޅުތަކުންގެ ޙުކުމް ފަދައެވެ. ފަހެ މީހަކު ބައެއްފަހަރު މުސްލިމަކަށްވެސް، ބައެއްފަހަރު ކާފަރަކަށްވެސް، ބައެއްފަހަރު މުއުމިނަކަށްވެސް، ބައެއްފަހަރު މުނާފިޤަކަށްވެސް، ބައެއްފަހަރު ހެޔޮ ތަޤްވާވެރިޔެއްކަމަށް، ބައެއްފަހަރު ފާސިޤެއް ކަމަށް، ބައެއްފަހަރު ނުބައި ފާޖިރެއް ކަމަށްވެސް ވެދާނެއެވެ. އަދި ހަމަ މިބީދާއިން ގެދޮރުތައްވެސް (ތަފާތުވުން ވަނީ) އެތަނެއްގައި ދިރިއުޅޭ މީހުންގެ މިންވަރުންނެވެ.
އަދި "މާރްދީން" ޝަހަރަށް މި ޤާޢިދާ ޝައިޚް (އިބްނު ތައިމިއްޔާ) ކަނޑައެޅުއްވިއެވެ. އެޝަހަރު އޮތީ މޫޣަލުންގެ ވެރިކަމުގެ ދަށުގައި މުސްލިމުންނާއި ދެކޮޅަށް އެވެރިންގެ ތަތާރުންގެ ލަޝްކަރު ވާގިވެރިކަމުގެ ދަށުގައެވެ. އެހެނަސް އެތާާގެ ގިނަ ވަޒަންވެރީންނަކީ މުސްލިމުންނެވެ:
(އިބްނު ތައިމިއްޔާ ވިދާޅުވިއެވެ) ”ދެންފަހެ އެއީ ޙަރްބުގެ ދާރެއްތޯ ނުވަތަ އިސްލާމްކަމުގެ ދާރެއްތޯ؟ ފަހެ އެއީ (مركبة) މަސްހުނި އެއްޗެކެވެ. އޭގައި ދެމާނަ އެކުލެވެއެވެ. އެއެއްގައި އިސްލާމް ކަމުގެ ޙުކުމްތައް ތަންފީޒުވާ އޭގެ ލަޝްކަރަކީ މުސްލިމުން ކަމުގައިވާ ދާރުއް ސިލްމި ގެ މަންޒިލަކަށްވެސް އެޔެއް ނުދެއެވެ. އަދި އެއެއްގެ އަހުލުންނަކީ ކާފަރުން ކަމުގައިވާ ދާރުލް ޙަރްބެއްގެ މަންޒިލަކަށްވެސް އެޔެއް ނުދެއެވެ. އަދި ކިޔެއް؟ އެއީ ތިންވަނަ ބަޔެކެވެ. އޭގައިވާ މުސްލިމު މީހާއަށް، އޭނާގެ ޙައްޤާއި އެއްގޮތަށް މުޢާމަލާތް ކުރެވެއެވެ. އަދި އިސްލާމީ ޝަރީޢަތުން ބޭރުވެފައިވާ މީހާއަށް، ޙައްޤުވެގެންވާ ގޮތުގައި ހަނގުރާމަ ކުރެވެއެވެ.“ مجموع الفتاوى (28/241) (18/284).
(ނުނިމޭ)
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.