ދާރުތަކައި ބެހޭ ނުކުތާގެ) ޚުލާޞާ
(ދާރުތަކައި ބެހޭ ނުކުތާގެ) ޚުލާޞާ:
މި ބިންތައް، އޭގެ ޙުކުމުގައި ނިސްބަތްވުން ވަނީ އިސްލާމީ ދާރުތަކަށް ކަމާއި ކުފުރުގެ ދާރެއް ކަމުގައި ނޫންކަމާއި މެދު މަޛްހަބު ތަކުގެ ޢިލްމުވެރިން ގެ މެދުގައި ޚިލާފެއްނެތެވެ. އަދި އެ ޞިފަ ކުރުމުގައި އެއީ ކުފުރު ގެ ދިޔާރެއް ގޮތުގައި ބުނެވިއްޖެޔަސް، އެދާރުގެ ދަށުގައި ވެއްޖެ މީހަކަށް އިޖުމާޢުގެ މަތީން އެއްވެސް އަޘަރެެއް ނުކުރެއޭ އެހެނަސް، އެމީހެއްގެ ދީން މަޖްހޫލް މީހެއް މެނުވީއެވެ. (އެބަހީ: ކޮން ދީނެއްކަން އެމީހެއްގެ ބޭރުފުށުން ފާޅުވާން ނެތް ނުވަތަ ޚަބަރަކުންވެސް ނޭގި ހުރެއްޖެ މީހާއެވެ.) އެހެންކަމުން އެއަށް ކުފުރު ނިސްބަތްވެވުނަސް އެއިން (މީސްތަކުންގެ އަޞްލަށް) އަޘަރެއް ނުކުރެއެވެ. އެހެނަސް މި ޖާހިލު އަޒްރަޤީން (ޚަވާރިޖުން) ދާރުގެ ޙުކުމް ނެރެނީ ޙާލަތް ނޭގޭ މީހުންގެ މައްޗަށެވެ. ދީން ނޭގިވާ މީހެއްގެ މައްޗަކަށް ނޫނެވެ. (ނޯޓް: މީހެއްގެ ދީން އޭނާ ގެ ނަމުން ނޫނީ އޭނާ ފާޅުކުރާ ކަމެއް — މިސާލަކަށް ސަލާމް ގޮވުން — ނުވަތަ އޭނާ ބޭރުފުށަށް ފާޅުކުރާ ސިފަޔަކުން — އަޅާ ހެދުމެއް ނޫނީ ތުނބުޅި މަތިމަސް ހުންނަ ގޮތަކުން _ ވެސް ދެނެގަނެވިދާނެއެވެ. މިއިން އެންމެ ކަމަކުންވިޔަސް މެއެވެ. އެހެނަސް އަޒްރަޤީ ޚަވާރިޖުން މިއިން ކަމެއް ފާޅުވިޔަސް އަދި އޭނާގެ ދީން އެނގުނަސް، އޭނާގެ ދީނުގެ ޙާލަތު އަދި ޤަބޫލު ކުރުންތައް އެނގުން ލާޒިމުކުރެއެވެ. އަދި މިއީ އަހަރެމެން އިހު ބަޔާން ކުރި ނައްޞުތަކާއި މުޅިން ފުށުއަރާއިގެންވާ ބިދުޢައެކެވެ.)
އަލްއިމާމް އައްސަރްޚަސީ "އަލްމަސްބޫޠު" (2/110) ގައި ވިދާޅުވިއެވެ:
”ދާރުލް ޙަރްބުގައިވާ މީހެއްގެ ޙާލަތު ނޭގެނީނަމަ، އޭނާ ލެވެނީ ދާރުލް ޙަރްބުގެ މިސްތަކުންގެ ތެރެއަށްކަމުގައި ވާތަން ތިބާ ނުދެކެމު ހެއްޔެވެ؟ އެއީ ދާރުލް އިސްލާމެއްގައި ވާ މީހާ އާއި ޚިލާފަށެވެ. ފަހެ އޭނާގެ ޙާލަތު ނޭގޭ ނަމަ އޭނާ ލެވުން ވަނީ މުސްލިމުންގެ ތެރެއަށެވެ.“
އަދި އެއަކުން މީހަކު މުސްލިމަކަށް ވާނޭ ކަންކަން އަދި : ޙަނގުރާމައިގެ ޙާލަތުގައި "މުޙައްމަދު އަކީ ﷲ ގެ ރަސޫލޭ" ނުވަތަ "އަހުރެން އިސްލާމް ދީނަށް ނޫނީ މުޙައްމަދުގެ ދީނަށް ވަދެެއްޖައީމޭ" ބުނެއްޖެ މީހާގެ ޙުކުމް އާއި ބެހޭ ފަޞްލު (ބާބު) ގެ ދަށުން ވިދާޅުވިއެވެ:
”ފަހެ މި އެންމެހާ ތަކެއްޗަކީ އިސްލާމް ކަމުގެ ދަލީލެވެ... އެހެނީ އެއިން (އެފަދަ ބުނުން ތަކުން) ފާޅުވާ މިންވަރަކީ السيماء (އަޘަރު ނޫނީ ނިޝާން) އަށް ވުރެ މަތީގައިވާ އެއްޗެކެވެ. އަދި އަހަރެމެން ބަޔާން ކޮށްދީފައިވާ ފަދައިން މުސްލިމުންގެ ނިޝާން ތަކުން އެކަނިވެސް އޭނާގެ އިސްލާމް ކަމަށް ޙުކުމް ކުރެވެއެވެ.“
އަދި އަލްއިމާމް އަލްކާސާނީ رحمه الله ވިދާޅުވިއެވެ:
”... އަދި މުސްލިމުންގެ ޢަލާމަތަކީ ހަތަރު ކަމެކެވެ: ޚިތާނު، އަދި (ނުރަ އިސްތަށި) ރަތްކުރުން، އަދި ކަޅު ހެދުމާއި ކުރިމަތިފަރާތުގެ އިސްތަށި ބޭލުމެވެ... އަދި މަރުވެފައިވާ މީހެއް ނޫނީ މަރާލެވިފައިވާ މީހެއް ދާރުލް އިސްލާމް އެއްގައި ފެނިއްޖެހިނދު، ފަހެ މުސްލިމުންގެ ނިޝާންނެއް އޭނާ ފުށުގައި ހުރެއްޖެނަމަ، އޭނާ ހިނަވައި އޭނާ މައްޗަށް (ކަށު) ނަމާދުކޮށް އަދި މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަނީ ވަޅުލުމެވެ. އަދި މިކަން ސާފެވެ. އަދި މުސްލިމުންގެ ނިޝާނެއް އޭނާ ފުށުން ފެންނަށް ނެތްނަމަ، މިކަމުގައި ދެރައުޔެއް ވެއެވެ. އަދި (އެއިން) ޞައްޙައީ: އޭނާ އަށް ވަނީ ހިނެވި، ނަމާދުކުރެވި، މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުލެވުން ކަމެވެ. މިހެނީ އޭނާ މުސްލިމެއް ކަމުގައި ކުރެވޭ ޝައްކު، އޭނާ އެހުރި ތަނުން ދޭހަކުރާލެއް ބޮޑުކަމުންނެވެ. އެއީ ދާރުލް ޢިސްލާމް އެވެ.
އަދި (މަރުވެފައިވާ މީހާ) ފެނުނީ ދާރުލް ހަރްބު އެއްގައިނަމަ، ފަހެ އޭނާފުށުވައި މުސްލިމުންގެ ނިޝާން ހުރެއްޖެނަމަ، އިޖުމާޢުގެ މަތީން އޭނާ އަށް ވަނީ ހިނެވި، ނަމާދުކުރެވި، މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުލެވުމެވެ. އަދި މުސްލިމުންގެ ނިޝާނެއް އޭނާ ފުށުން ފެންނަށް ނެތްނަމަ، މިކަމުގައި ދެރައުޔެއް ވެއެވެ. ޞައްޙައީ: އޭނާ ހިނެވުމެއްވެސް ނަމާދުކުރެވުމެއްވެސް އަދި މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުލެވުމެއްވެސް ނުވާ ކަމެވެ.
މިއިން ޙާޞިލުވަނީ: ނިޝާނާއި ތަނުގެ ހެކި އެއްވުމަކީ ޝަރުޠެއް ނޫން ކަމެވެ. އަދި ކިއެއް ހެއްޔެވެ؟ އިޖުމާޢުގެ މަތީން ނިޝާން ތަކުގެ މައްޗަށް އެކަނި ޢަމަލު ކުރެވުން ވެއެވެ. އަދި ފަހެ އެމީހެއް ހުރެއްޖެ ތަނުގެ ދަލީލަށް އެކަނި ބަލައި ޢަމަލު ކުރަންވީތޯ؟ މިކަމުގައި ދެ ރިވާޔަތެއް ވެއެވެ: އަދި ޞައްޙައީ: އޭނާ އެއަށް ޢަމަލު ކުރުމެވެ. އެއީ އޭނާއަށް އޭގައި ކުރެވޭ ޝައްކުގެ ވަރުގަދަ ކަމުންނެވެ.“
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.