އަލްޢައްލާމާ، ޔަޙްޔާ ބުނި ޙަމްޒަތުލް މުއައްޔަދު ބިﷲ (749هـ) ވިދާޅުވިއެވެ
އަލްޢައްލާމާ، ޔަޙްޔާ ބުނި ޙަމްޒަތުލް މުއައްޔަދު ބިﷲ (749هـ) ވިދާޅުވިއެވެ:
ދާރުލް ކުފްރު ދެނެގަތުމުން ލިއްބައިދޭ ފައިދާ އަކީ، އެމީހެއްގެ ޙަޤީޤަތް ނޭގޭ މީހާ (މަޖްހޫލް) ގެ މައްޗަށް ކުފުރުގެ ޙުކުމްތައް ކަނޑައެޅެވުމެވެ. ކައިވެނި ކުރުން ޙަރަމް ވުމާއި، ވާރުތަވުމާއި، ޒަބީޙާ (ކަތިލާ ތަކެތި) އާއި އަދި މުސްލިމުންގެ ޤަބުރުސްތާނުގައި ވަޅުލެވުން ފަދައެވެ. އަދި މިނޫން މިބާވަތުގެ ކުފުރިއްޔަތުގެ ޙުކުމް ތަކެވެ.
އަދި ދާރުލް އިސްލާމް ދެނެގަތުމުން ލިއްބައިދޭ ފައިދާ އަކީ، އެމީހެއްގެ ޙާލު ނޭގުމުގައިވާ މީހާ އަށް އިސްލާމިއްޔަތުގެ ޙުކުމްތައް ތަންފީޒުކުރުމެވެ. ކުރީ އެތީގެ އިދިކޮޅެވެ. ކައިވެންޏާއި، ވާރުތަވުމާއި، ޒަބީޙާ ޙަލާލު ވުމާއި އެނޫން މިބާވަތުގެ އެއަކުން އިސްލާމް ކަމާއި އޭގެ ޝަރުޠުތަކަށް ބާރުދޭ ކަންކަމެވެ. އެހެންކަމުން އެމީހެއްގެ ޙާލު ޖާހިލުވުމުން އޭނާގެ ކުފުރާއި އިސްލާމް ކަން ފަރަޤު ނުކުރެވޭ ކޮންމެ މީހަކަށް އޮތް އެންމެ ވަރުގަދަ ހެކި އެކުލެވޭނީ (އޭނާ ހުރެއްޖެ) ދާރުންނެވެ. މިސަބަބަށްޓަކައި އަހަރެމެން އޭގެ ޙުކުމް އޭނާ އާއި ގުޅުވަމެވެ. އެއީ އޭނާގެ ނަފުސުން އެކަމަށް ޙުކުމެއް ފޯދޭން ނެތުމުންނެވެ.
އަދި ދާރުލް އިސްލާމް އެއްގައި ނޫނީ ދާރުލް ކުފުރެއްގައި ހުރެއްޖެ މީހަކަށް ދެ ޙާލަތެއް ވެއެވެ: ފުރަތަމަ ޙާލަތަކީ: އޭނާގެ ނަފުސުގައި އޭނާގެ ޙުކުމް އެނގޭން އޮތުމެވެ. އޭނާގެ ޙާލަތު (އަމުރު) ފަރަޤުވާން ފަށެވެ. އެހެންކަމުން މިފަދަ މީހާގެ ޙައްޤުގައި (އޭނާ އެހުރި) ދާރުގެ ޙުކުމުން ގޮތް ނިންމުމެއް ނުވެއެވެ...“
ދެން އޭނާގެ ނަފުސުގެ ޙުކުމް ކަނޑައެޅުން ވަނީ ތިން ކަމެއްގެ މަައްޗަށް ކަމަށް ބަޔާން ކުރެއްވިއެވެ. އެއީ، އޭނާގެ އީމާން ކަން ނޫނީ ކުފުރާއި މެދު އެގޭން އޮތް އޮތުމެއް، އޭނާގެ މައިންބަފައިން ގެ އިސްލާމްކަން ނޫނީ ކުފުރުކަން، އަދި ތިންވަނައަށް: ނިޝާން ތަކާއި އަޘަރުތަކެވެ.
ދެން ވިދާޅުވިއެވެ: ”ފަހެ މި ތިން ކަންތައް ތެރެއިން އެއްވެސް އެއްޗެއް އެނގޭން ނެތިއްޖެނަމަ، ވާޖިބުވެގެންވަނީ އޭނާގެ މައްޗަށް ދާރުގެ ޙުކުމުން ނިޔާ ކަނޑައެޅުމެވެ. އެހެނީ (އެހިނދުގައި) އެއީ އޭނާގެ މައްޗަށް ޙައްޤުކަން އެންމެ ވަރުގަދަވެގެންވާ އެއްޗެވެ.“
ޖުމްލަގޮތެއްގައި ބުނާނަމަ: ދާރުލް ކުފުރާއި އިސްލާމް އަށް ބަރޯސާވުން ވަނީ ދީން މަޖްހޫލް (ނޭގިގެންވާ) ޙާލަތުގައި އެކަންޏެވެ. އެހެންކަމުގައި ނުވާނަމަ، ފަހެ ނަބިއްޔު އާއި އެކަލޭގެފާާނުގެ އަޞްޙާބުން ހިޖުރައިގެ ކުރިންނާއި އޭގެ ފަހުން އޮތް މައްކީ ދެ މަރުޙަލާގައި ވީހީ ކާފަރުން ގޮތުގައެވެ. އަދި ދާރުލް އިސްލާމުގައިވާ ކާފަރުން ވާހުށީ މުސްލިމުން ގޮތުގައެވެ. އެއީ އެވެރިން އަހަރެމެންގެ ދާރުގައި ވީކަމަށްޓަކައެވެ.
އަދި ފަހެ ނަޞާރާއިން ގެ އިސްތިއުމާރު ތަކުގައި އިރުމައްޗަށްވީ ބިންތަކާއި އަންދަލުސް އާއި ސިސިލީ އާއި މެދު އިސްލާމީ ފިޤުހު ޢިލްމުވެރިން ޢަމަލު ކުރެއްވީ އިހު (ޢަހަރެމެން މިލިޔުމުގައި) މިބަޔާންކުރި ގޮތުގެ މަތީގައެވެ. އަދި އިސްލާމީ ބިންތަކަށް އައި ތަތާރުންގެ ޙަމަލާތަކުގައި އާއި މިޞްރާއި ތޫނިސް އަށް ދެވުނު ޢުބައިދިއްޔީންގެ ޣަޒްވާ ތަކާއި، އަދި ޙަބަޝީ ބިމަށް ދެވުނު ޙަބަޝީ ނަޞާރާއިންގެ ޙަމަލާތަކާއި، މިޞްރަށް ވެރިވިގަތް ފަރަންސޭސީންގެ އިސްތިއުމާރާއި އަދި ޔަމަނާއި ހިންދުކަރަޔަށް ވެރިވި އިނގިރޭސީންގެ (އަދި މިނޫންވެސް)... ހާދިޘާތަކުގައިވެސް މެއެވެ.
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.