3] ޝިރުކުއް ޡާޢާ ގެ ތަޢާރަފު
➊
[3] ޝިރުކުއް ޡާޢާ ގެ ތަޢާރަފު
ޝިރްކުއް ޠާޢާ (شرك الطاعة) އަކީ: ﷲ ޙަލާލު ކުރެއްވި ތަކެތި ޙަރާމް ކުރުމުގެ އުރެދުމުގައި ނުވަތަ ﷲ ޙަރާމް ކުރެއްވި ތަކެތި ޙަލާލުކޮށްގަތުމުގެ އުރެދުމުގައި ﷲ ނޫން ފަރާތަށް ކިޔަމަންގަތުމެވެ. ⁽⁶⁾
މުޙައްމަދު ބުނު ޢަބްދުލް ވައްހާބު ވިދާޅުވިއެވެ: ”ވީމާ ﷲ ޙަލާލު ކުރެއްވި ތަކެތި ޙަރާމްކޮށް ގަތުމުގައި ނުވަތަ ﷲ ޙަރާމް ކުރެއްވި ތަކެތި ޙަލާލުކޮށް ގަތުމުގައި، އިންސާނަކަށް — އެއީ ޢިލްމުވެރިޔަކަސް ޢަޅުވެރިޔަކަސް ނޫނީ އެނޫން ފަރާތަކަށް ވިޔަސް — ކިޔަމަންތެރި ވެއްޖެ މީހާ، އަދި އޭނާގެ ހިތުގެ އަޑިން މިކަން ކަށަވަރުކޮށްފި މީހާ (واعتقد ذلك بقلبه)، ފަހެ އޭނާ އެމީހެއް ރައްބެއް ގޮތުގައި ނަގައިފިއެވެ.“ ⁽⁷⁾
”މަކްތަބިލް ބުހޫޘި ވަލް ދިރާސާތި“ ގެ ”މަޖްމޫޢިއް ރަސާއިލި ވަ މުލައްފާތި“ ގައި ބަޔާންވެވުނެވެ:
”ޝިރުކް އައްޠާޢާ : އަދި މީގެ މައްޗަށް ވާ ދަލީލަކީ:
{ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابًا مِّن دُونِ ٱللَّهِ...} — التوبة 31
”އެއުރެން އެއުރެންގެ ޢިލްމުވެރިންނާއި އަޅުވެރިން، ﷲ ނޫން ރައްބުން ތަކެއްގޮތުގައި ނެގިއެވެ.“
މި އާޔަތް ތަފްޞީރު ކުރެވެނީ އަދި ބަޔާން ކުރެވެނީ، އައްތިރުމިޛީ އަދި އެނޫން ބޭފުޅުން، ޢަދީ ބިން ޙާތިމް އަރިހުން ގެންނެވި ރިވާޔަތުގެ މައްޗަށެވެ. އެއީ ނަބިއްޔު ﷺ މިއާޔަތް {ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابًا مِّن دُونِ ٱللَّهِ...} ކިޔަވާ ވިދާޅުވި އަޑު އެއްސެވުމުން: ތިމަން ދެންނެވީމެވެ: ”ތިމަން ކަލޭގެފާނުމެންނައް އެއުރެންނަށް އަޅުކަމެއް ނުކުރަމުއެވެ.“ އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ”ﷲ ޙަލާލް ކުރެއްވި ކަންކަން އެއުރެން ޙަރާމް ކުރުމުން ތިޔަބައިމީހުން އެޙަރާމްވެ ނުގަންނަމު ހެއްޔެވެ؟ އަދި ﷲ ޙަރާމް ކުރެއްވި ކަންކަން އެއުރެން ޙަލާލް ކުރުމުން ޙަލާލުވެ ނުގަންނަމު ހެއްޔެވެ؟“ ތިމަން ދެންނެވީމެނެވެ: ”އާދޭހެވެ. އެހެންނެވެ.“ ޙަދީޘް ކުރެއްވިއެވެ: ”އެއުރެންނަށް އަޅުކަން ކުރުމަކީ (ރައްބުން ގޮތުގަ ނެގުމަކީ) އެއީއެވެ!“⁽⁸⁾
އަދި އިބްނު ޖަރީރް (އައްޠަބަރީ) އެކަލޭގެފާނުގެ ތަފްޞީރުގައި އަބުލް ބަޚްތަރީ ⁽⁹⁾ މެދުވެރިކޮށް – ޙުޛައިފާ އަރިހުން މިއާޔަތް
{ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابًا مِّن دُونِ ٱللَّهِ...} އާއި ބެހޭ ގޮތުން ރިވާ ކުރެއްވި އެވެ: ”އެއުރެން އަޅުކަމެއްނުކުރެއެވެ. އެހެނަސް އުރެދުން ތަކުގައި ކިޔަމަންތެރި ވީއެވެ.“ އަދި އެނޫން ރިވާޔަތެއްގައި: އެކަލޭގެފާނު ވިދާޅުވިއެވެ: ”އެއުރެން އެއްޗެއް ޙަލާލު ކުރުމުން އެވެރިން ޙަލާލު ކޮށްގަނެއެވެ. އަދި ކަމެއް އެއުރެން މައްޗަށް ޙަރާމް ކޮށްފިނަމަ، ޙަރާމް ވެގަނެއެވެ. އެއުރެން ކަންތަށް ކުރީ މިފަދައިންނެވެ.“
______________
⁽⁶⁾ މި މާނަޔަށް، ބައްލަވާ مجموع الفتاوى (1/97 ـ 98) ، والدرر السَّنية (2/70) [ط6، 1417هـ]، وتيسير العزيز الحميد (543) [المكتب الإسلامي، ط6، 1405هـ]
⁽⁷⁾ ބައްލަވާ: الدرر السَّنية (2/9)، الشرك بالله أنواعه وأحكامه (537) [دار الإيمان، بدون]، الشرك في القديم والحديث (2/1107) [مكتبة الرشد، الرياض، ط2، 1426هـ].
⁽⁸⁾ މިއީ ޟަޢީފު ޙަދީޘް އެކެވެ. އައްދާރަޤުޠުނީ އާއި އެނޫން ބޭކަލުން މިޙަދީޘް ޟަޢީފުކުުރެއްވިއެވެ. އަދި ޣަތީފު އާއިމެދު އައްތިރުމިޛީ ވިދާޅުވިއެވެ: ޙަދީޘް ރިވާކުރުމުގައި އޭނާ އެނގިގެނެއް ނުވެއެވެ. ޝައިޚް ސުލައިމާން އަލްޢަލްވާން ވިދާޅުވިއެވެ: ”މީގެ ސަނަދު ޟަޢީފެވެ. އެހެނަސް އިބްނު ޖަރީރު އަރިހުން މިއަށް ހެކިދޭ ރިވާޔަތެއް ވެއެވެ. އެއީ މަޥްޤޫފު ކޮށެވެ. (އަޞްޙާބު ބޭކަލެއްގެ ބަހެވެ.) އެއީ ޙަބީބު ބުނު އަބީ ޘާބިތުގެ މަގުން، ޢަބުލް ބަޚްތަރީ އަރިހުން ޙުޛައިފާ ގެ ރިވާޔަތެވެ. އަދި މީގެ ޞައްޙަކަމާއިމެދު (ވެސް) ދެބަސްވުމެއް ވެއެވެ. އެހެނަސް ބަޔާންވެވުނު މި އާޔަތުގެތަފްސީރަކީ ތަފްސީރު ޢިލްމުވެރިން ތެރޭ މަޝްޙޫރު ތަފްސީރެކެވެ. އެއާއި ދެކޮޅު ހަދާ ބޭކަލެއް އޭގެ ތެރޭގައި ނުވެއެވެ.“ (التبيان شرح نواقض الإسلام ، ޞ. 11). އިތުރު ތަފްޞީލަށް އައްޝައިޚް އަލްމުޙައްދިޘް ޚާލިދުލް ޙާޔިކް ގެ ދިރާސާ ބައްލަވާ.
⁽⁹⁾ އަބުލް ބަޚްތަރީ އަކީ ސަޢީދު ބުނު ފައިރޫޒް އެވެ. އަދި މިކަލޭގެފާނުން ޙުޛައިފާގެ އަރިހުން (ސީދާ) އަޑު އިވިފައެއް ނުވެއެވެ. މަތީގައިވާ ތަފްޞީލު ނޯޓް އަށް ބައްލަވާ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.