5] ޝިރުކުއްޠާޢާ ހިމެނެނީ ކޮން ކަންތައްތަކެއްގައި ހެއްޔެވެ؟
[5] ޝިރުކުއްޠާޢާ ހިމެނެނީ ކޮން ކަންތައްތަކެއްގައި ހެއްޔެވެ؟
(ހ.) ހަވާ ނަފުސަށް ތަބަޢަވެ ވަޟަޢީ ޤާނޫނެއްގައި ވާ ގޮތަށް، ﷲ ގެ ޙުކުމް ނޫން ޙުކުމަކުން ދަނެހުރެ ޙުކުމް ކުރުމުގައި:
”ޟަވާބިޠް ތަކްފީރިލް މުޢައްޔިން“ (ޞ 209) ގައި ވެއެވެ: ”ﷲ ބާއްވައިލެއްވި އެއްޗަކުން ޙުކުމް ކުރުން ވަނީ ތަޥްހީދާ ގުޅިލާމެހިފައެވެ. އަދި ﷲ ބާއްވައިލެއްވި އެއްޗަކުން ޙުކުމް ކުރާ މީހާ ﷲ އަށް އެކަނި ތަބައުވެއްޖެއެވެ. އަދި އެކަން އެގޮތަށް ނުކުރާ މީހާ އޭނާ އެވަނީ އޭނާގެ ނަފްސް އިލާހެއްކަމަށް އަދި ޝަރުޢުކުރާނޭ ފަރާތެއްކަމަށް ކަނޑައަޅާފައެވެ. އަދި މިމީހާއަށް ތަޙާކުމް ކޮށްފި މީހާ (އެބަހީ: ޙުކުމް ހޯދުމަށް އޭނާ ގާތަށް ގޮސްފިމީހާ) ، އެއީ އިލާހެއް އަދި (ﷲ ނޫން) ޝަރުޢުކުރާ ފަރާތެއް ގޮތުގައި ޚިޔާރުކޮށްފިއެވެ. އަދި އެއިލާހާއި އެކު ޝިރުކު ކޮށްފި އެވެ. އެއީ ޝިރުކުއް ޠާޢަތު އާއި އިއްތިބާޢު (ކިޔަމަންތެރިވުމާއި ތަބައުވުމުގެ ޝިރުކު) އެވެ.
ވީމާ މިއީ، ވެރިންނާއި ޤާޟީންގެ ތެރޭގައި ފޯދޭ ޠާޢަތުގެ ޝިރުކެކެވެ. ޢާންމު ފާރުދުންނެއް ނޫނެވެ.
(ށ.) ޢާންމު ޢަމުރު އެބަޔެއްގެ އަތްމަތީވާ މީހުންނަށް ތަބަޢަވުމުވައި
"އައްސަލަފިއްޔޫން" ފޯރަމްގައި، އައްޝައިޚް ޢަލީ އަލްޚުޟައިރު ( فك الله أسره ) އާއި ސުވާލު ވެވުނެވެ. އެއީ ވަޟަޢީ ޤާނޫނަކަށް ޙުކުމް ހޯދަން ދިޔުމަކީ ޝިރުކުއް ޠާޢާ ތޯއާއި މެދުގައެވެ. ވިދާޅުވިއެވެ:
"ނޫނެކެވެ. ތިއީ ﷲ އާއި އެއިލާހުގެ ރަސޫލު ނޫން ފަރާތަކަށް ތަޙާކުމް⁽¹²⁾ ކުރުމުގެ ޝިރުކެވެ. އެހެނީ ތިކަމުގައިވަނީ ދެބަސްވުމެއް ޙައްލުކޮށް ދެ ޙަޞްމެއް ދެމެދުގައި ޙުކުމް ކުރުމެވެ. މިއާއި ޚިލާފަށް، ޝިރުކުއް ޠާޢާ ވަނީ ޢާންމު އަމުރު ވެރި ކަމުގެ ބާރުވާ ފަރާތް ތަކަށް ޝަރީޢަތާއި ޚިލާފަށް ކިޔަމަންތެރި ވުމުގައެވެ. ފާޅުވެގެންވާ ޚިލާފުވުންތަކެވެ. އެއެއްޗެއްގެ މައްޗަށް އިޖުމާޢުވެވިފައިވާ ކަންކަމުގައެވެ.“
އަލްޚުޟައިރު ބަޔާން ކުރައްވަނީ ޝިރްކުއް ޠާޢާގައި ކޮންމެ ކޮންމެ މީހެއް ”ތަބައުވެވޭ“ (ތާޣޫތު) ގޮތުގައި ކަނޑަ ނޭޅޭކަމަށެވެ. އަދި ބައްޕައަކަށް ދަރިފުޅު (ފާފައެއްގައި) ކިޔަމަންވާ ކިޔަމަން ތެރިކަން، ޝިރުކުއް ޠާޢާ އަށް ވަންނާނެތޯ ސުވާލުވެވުމުން ވިދާޅުވިއެވެ:
”ދަރިފުޅު ބައްޕައަށް އުރެދުމުގައި (معصية) ގައި ކިޔަމަންވުމަކީ ބޮޑު ފާފައިގެ ތެރޭ ހިމެނޭ ކަމެކެވެ. ޝިރްކުއް ޠާޢާގެ ތެރެއަކު ނޫނެވެ. އެހެނީ ޠާޢާގެ ޝިރުކް ވަންނަނީ "ޢާންމު ޢަމުރު ވެރިން" (ވެރިކަމާއި ކިޔަމަންތެރިކަމުގެ އަމުރުވެރިން) ނެވެ. އެއީ އަމީރެއް، ރަސްކަލެއް ނުވަތަ ޢިލްމުވެރިއެއް ނޫނީ ޤަބީލާއެއްގެ ރައީސެއް ކަހަލަ މީހުންނެވެ. އެއީ އެބަޔަކަށް އެބައެއްގެ ވެރިކަމުގެ ދަށުގައިވާ ރައްޔިތުން އަދި މީސްތަކުން ކިޔަމަންތެރިވާ ފަރާތްތަކެވެ. އެހެނަސް ފަރުދީގޮތުން ކިޔަމަންވެވޭ ފަރާތްތައް، މިޘާލަކަށް އަންބަކު ފިރިއަކަށް، ދަރިޔަކު ބައްޕައަށް، އަޅަކު އޭނާގެ ވެރިޔާއަށް — މިއީ އުރެދުންތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ޝިރުކެއް ނޫނެވެ.“⁽¹³⁾
ވީމާ މިއީ ވެރިންނާއި ޢިލްމުވެރިންނަށް ކިޔަމަން ގަތުމުގައި ފޯދޭ ޠާޢަތުގެ ޝިރުކެވެ. އަދި މިޙާލަތުގައި އެޢަމަލު ޝިރުކަށް ވުމުގައި އިބްނު ތައިމިއްޔާ ވިދާޅުވިފަދައިން ތަފްސީލެއް ވެއެވެ. އަދި ކުރިޔަށް އޮތް ބާބުގައި މިވާހަކަ އިތުރަށް ގެނެވޭނެއެވެ — إن شاء الله.
ފައިދާއެއް:
ޝައިޚް ޢަލީ އަލްޚުޟައިރު އަދި ހަމަ އެފަދައިން ޝައިޚް ނާޞިރް އަލްފަހްދް ( فك الله أسرهما ) ދެކިލައްވާ ގޮތުގައި، އަދި އިބްނު ތައިމިއްޔާގެ ރައުޔުފުޅާއި އެއްގޮތަށް: ދެމީހެއްގެ ދެބަސްވުމުގައި ޙުކުމެއް ނެރުމަށް އެއްބަސްވެ ހުށައެޅޭ ކޮންމެ ފަރުދަކީވެސް ޤާޟީއެކެވެ. އޭނާ ﷲ ގެ ޙުކުމެއް ނޫން އެއްޗަކުން އެކަން ނިންމާނަމަ އެއީ ކުފުރެކެވެ. އަދި އެޙާލަތުގައި ތަޙާކުމް ކުރުމުގެ ޝިރުކު ފޯދެއެވެ.⁽¹⁴⁾ އަދި މިއީ ޠާޢާގެ ޝިރުކެއް ނޫނެވެ.
~ ގަލަންދާނު
_______________
⁽¹²⁾ ތަޙާކުމް: އެބަހީ ޙުކުމް ހޯދަން ދިޔުން
⁽¹³⁾ އަހަރެން ބުނަމެވެ. މި ބަޔާންވެވުނީ މުހިއްމު ނުކުތާއެކެވެ. އެހެނީ އަހަރެމެންތެރޭ ދައުރުވާ ބަޔެއް ދާޢީންގެ ކުރީގެ ދަރުސް ތަކުގައި މިނުކުތާ އޮޅިފައިވެއެވެ. މިޘާލަކަށް ޝަކީބް ( تقبله الله ) ގެ އޯޑިއޯ ދަރުސެއްގައި ”ފިރިމީހާ ބުނެގެން ބުރުގާނާޅާ އަންބެއް“ ޝިރުކުގެ ތެރެޔަށް ވެއްޓޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ ޝިރްކުލް މުހައްބާ ( ލޯބީގެ ) ނޫނީ ޠާޢާގެ ޝިރުކު ކަމަށް ގިނަބަޔަކަށް ހީވެއެވެ. އެހެނަސް މިލިޔުމުގެ ފުރަތަމަ ބައިގައި ލޯބީގެ ޝިރުކުގެ ތަފްޞީލު ބަޔާންވެ ހިނގައްޖެއެވެ. އަދި ޠާޢާ (ކިޔަމަންތެރި) ކަމުގެ ޝިރުކުގެ ތަފްޞީލު އާއި ފަރަޤުވެސް ބަޔާންވެވިއްޖެއެވެ.
ޢިލްމުވެރިންނާއި ދާޢީންނަށް، ޤަދަރުކުރުމަކީ، އަދި އެވެރިންގެ ޢިލްމު ރައްކައުތެރިކުރުމަކީ އޭގައިވާ ގޯހެއްނަމަ، އެ ބަޔާންކޮން އިސްލާހުވެ އޭގައިވާ ހެޔޮތަކުގައި ހިފުމެވެ.
⁽¹⁴⁾ އަދި މިކަމުގެ ޚުލާޞާ އަކަށް ނާޞިރު އަލްފަހްދުގެ " ފަތާވާ އަލްޙާއިރިއްޔާ " ސުވާލު ނަމްބަރު 34 އަށް ރުޖޫޢަވާށެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.