އަހަރެމެންގެ ރައްބު عزوجل އެއިލާހުގެ މަތިވެރިވެގެންވާ ފޮތުގައި، މުރުތައްދު ވުމުގެ ސަބަބުތައް ބަޔާން ކުރެއްވެވިއެވެ. އޭގެ ތެރެއިން އެންމެ…
❞ އަހަރެމެންގެ ރައްބު عزوجل އެއިލާހުގެ މަތިވެރިވެގެންވާ ފޮތުގައި، މުރުތައްދު ވުމުގެ ސަބަބުތައް ބަޔާން ކުރެއްވެވިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަންކަމުގެ ތެރެއިންވާ އެކައްޗަކީ ކާފަރުންނަށް ކިޔަމަން ގަތުމެވެ. އަދި އެއުރެންނާއި މުވާލާތް ކުރުމެވެ.⁽¹⁾ އަދި މުއުމިނުންނާއި ދެކޮށް އެވެރިންނަށް ވާގިވެރި ވުމެވެ. އެހެންކަމުން އެއިލާހު تعالى ވަޙީ ކުރެއްވިއެވެ: {يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ فَرِيقًا مِّنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ يَرُدُّوكُم بَعۡدَ إِيمَٰنِكُمۡ كَٰفِرِينَ} (އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކަށް، ތިޔަބައިމީހުން ކިޔަމަންވާނަމަ، (ތިޔަބައިމީހުންގެ) إيمان ކަމަށްފަހު، އެއުރެން ތިޔަބައިމީހުންނީ އަލުން كافر ން ކަމުގައި ރައްދުކުރާނެތެވެ.) [آل عمران 100] އަދި ކަށަވަރުކަމާއި އެކު އެނގޭ ފަދައިން މިއީ އެންމެހާގޮތެއްގައި ފުރިހަމަ ކޮށް އެވެރިންނަށް ކިޔަމަންގަތުން އެކަންޏެއް ނޫނެވެ. އަދިކިއެއް؟ އެއިން ބަޔެއްގައި ކިޔަމަން ގަތުން ވެސް ހިމެނެއެވެ. އެއީ ﷲ تعالى ވަޙީ ކުރެއްވި ފަދައިންނެވެ: { ذَٰلِكَ بِأَنَّهُمۡ قَالُواْ لِلَّذِينَ كَرِهُواْ مَا نَزَّلَ ٱللَّهُ سَنُطِيعُكُمۡ فِى بَعۡضِ ٱلۡأَمۡرِۖ وَٱللَّهُ يَعۡلَمُ إِسۡرَارَهُمۡ * فَكَيۡفَ إِذَا تَوَفَّتۡهُمُ ٱلۡمَلَٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُمۡ * ذَٰلِكَ بِأَنَّهُمُ ٱتَّبَعُواْ مَآ أَسۡخَطَ ٱللَّهَ وَكَرِهُواْ رِضۡوَٰنَهُۥ فَأَحۡبَطَ أَعۡمَٰلَهُمۡ} (އެއީ، اللَّه ބާވައިލެއްވި ފޮތަށް ނުރުހުންވި މީހުންނަށް، އެއުރެން ބުނިކަމަށްޓަކައެވެ: "ބައެއްކަންތަކުގައި ތިމަންމެން ތިޔަބައިމީހުންނަށް ކިޔަމަންވާނޫއެވެ." އަދި އެއުރެން ސިއްރުކޮށްފައިވާ ގޮތް اللَّه ދެނެވޮޑިގެންވެތެވެ. * އެއުރެންގެ މޫނުތަކާއި، ބުރިކަށިތަކުގައި ތަޅުއްވަމުން ملائكة ން އެއުރެންގެ މަރުހިއްޕަވާހިނދު، އެއުރެންގެ حال ވާނީ ކޮންފަދައަކުން ހެއްޔެވެ؟ * އެއީ، اللّه ކޯފާވެވޮޑިގެންވާމަގަށް އެއުރެން تبع ވީކަމަށްޓަކައެވެ. އަދި އެކަލާނގެ ރުއްސެވުމަށް އެއުރެން ނުރުހުންވީކަމަށްޓަކައެވެ. ފަހެ، އެކަލާނގެ އެއުރެންގެ عمل ތައް باطل ކުރެއްވިއެވެ.) [محمد 26-28]
އަދިކިއެއްތަ؟ ހަމައެކަނި އެއުރެންނަށް ލެނބިލުމުންވެސް ނަރަކައަށް މަގުފަހިކުރެތެވެ. އެއީ އެއިލާހު تعالى ގެ މިބަސްފުޅުގައި ވަޙީ ކުރެއްވި ފަދައިންނެވެ: {وَلَا تَرۡكَنُوٓاْ إِلَى ٱلَّذِينَ ظَلَمُواْ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَ ثُمَّ لَا تُنصَرُونَ} (އަދި އަނިޔާވެރިވި މީހުންގެ ފަރާތަށް ތިޔަބައިމީހުން ކުޑަކޮށްވެސް ނުލެނބޭށެވެ! ފަހެ، (އެ ހިނދުން) ނަރަކައިގެ އަލިފާން ތިޔަބައިމީހުންގައި ބީހިދާނެތެވެ. އަދި اللَّه ފިޔަވައި، ތިޔަބައިމީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނެތެވެ. ދެން ތިޔަބައިމީހުންނަކަށް نصر އެއްވެސް ނުލިބޭނެތެވެ.) [هود 113] ❝
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)
~ ގަލަންދާނު
______________
[1] މުވާލާތަކީ: މަދަދުގާރުވުމެވެ. އެއީ މުސްލިމުން މައްޗަށް އެހީތެރިއެއް އަދި މަދަދުވެރިޔެއް އަދި ޙިމާޔަތްތެރިއެއް ގޮތުގައި ކާފަރުންނަށް، އެއްބާރުލުން ދިނުމާއި ވާގިވެރި ވުމެވެ. އަދި މިލަފުޒަކީ ޤުރުއާނުގައި ވާރިދުވެފައިވާ ލަފުޒެކެވެ. އަލްޢަލްވާން ވިދާޅުވިއެވެ: ”ބައެއް ސަލަފުން ވިދާޅުވެތެވެ: ”އެމީހަކަށް ނުވެސް އެނގިހުރެ ތިޔަބައިމީހުން ތެރެއިން މީހަކު ޔަހޫދީ އަކަށް ނޫނީ ނަޞާރާއަކަށް ވެއްޖައުމުން ރައްކައުތެރިވެ ތިބޭށެވެ. ފަހެ ހަމަކަށަވަރުން ﷲ ވަޙީކުރެއްވިއެވެ: {...وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ} (ތިޔަބައިމީހުންގެ ތެރެއިން އެއުރެން މަދަދުގާރުން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ.) [المائدة 51]“
މަދަދުގާރު، ބަސްފޮތުގެ "މީމު" ގެ ރާދީފު ބައްލަވާ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.