އަދި ﷲ ބާއްވައިލެއްވި އެއްޗެއް ނޫން އެއްޗަކުން ގާނޫނު ހަދާ މީހާ، މުޅި އުއްމަތުގެ އިޖުމާޢުގެ މަތިން އެއީ ކާފަރެކެވެ. އެއީ މިހެން ބުނެ ކުރާ…
❞ އަދި ﷲ ބާއްވައިލެއްވި އެއްޗެއް ނޫން އެއްޗަކުން ގާނޫނު ހަދާ މީހާ، މުޅި އުއްމަތުގެ އިޖުމާޢުގެ މަތިން އެއީ ކާފަރެކެވެ. އެއީ މިހެން ބުނެ ކުރާ ޝަރުޢުއެވެ: އަހުރެން، މިވެނި މީހާގެ ދަރި މިވެނި މީހާ، އަންނަނިވި ގޮތަށް ގާނޫނު ހުށަހަޅަމޭ: މިވެނި ފަދަ ގޮތަކަށް އޮތް ގާނޫނީ މާއްދާ، އެވެނި ގޮތަކަށްވާ ގާނޫނީ މާއްދާ އަކަށް އިސްލާހުކުރަމޭ އެވެ. ވައްކަން ކުރާމީހާ ދެ މަސްދުވަހަށް ޖަލަށް ލުމަށެވެ. އެއީ މަޣްރިބް ނަމާދުގައި ވަނީ ހަތަރު ރަކުޢަތް ކަމަށް ކަނޑައެޅުން ފަދަ ކަމެކެވެ. މިއީ ހަމަ އެއް ކަމެކެވެ. ފަހެ މަޣްރިބު ނަމާދުގެ ރަކުޢަތުގެ އަދަދު ބަދަލުކުރާ ވެރިޔާ، އޭނާގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ކާފަރެއް ކަމެވެ...
...އެހެނީ ގާނޫނު ހަދާ މީހުންނަކީ ބިންމަތީގައިވާ އިލާހުން ތަކެކެވެ. އެވެރިން އިލާހު ވަންތަކަމަށް ދައުވާ ކުރެއެވެ. އެހެނީ ﷲ ބާއްވައިލެއްވި އެއްޗެއް ނޫން އެއްޗަކުން ޝަރުޢު ހެދުމަކީ ޝިރުކެކެވެ. {أَمۡ لَهُمۡ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ} (ނުވަތަ اللَّه، އިޒުނަ ދެއްވާފައިނުވާ ދީނެއް، އެއުރެންނަށް، ޝަރުޢު ކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟) [الشورى: 12]
ހަމަ މިބީދާއިން، މެންބަރުންގެ މަޖިލިސްވެސް، ގާނޫނީ އެއްވެސް މާއްދާއެއް — އެންމެ މާއްދާއެއް ވިޔަސް — ފާސްކޮށްފި ނަމަ، އެބަހީ ރައްޔިތުންގެ މަޖިލުހުގެ އެއްވެސް ފަރުދެއް، ﷲ ގެ ޝަރުޢު އާއި އަރައިރުންވާ، ޤުރުއާން ނޫނީ ސުންނަތާއި ޚިލާފުވާ — މާއްދާ އަކަށް ރުހުން ދީފިނަމަ، މި އެއްބަސްވުމުގެ ސަބަބުން ﷲ عز وجل ގެ ދީނުން އޭނާ ބޭރުވެ ދެއެވެ. ❝
— އަލްއިމާމް، އައްޝަހީދް، އައްޝައިޚް ޑރ. ޢަބްދު ﷲ ޢައްޒާމް رحمه الله (މަޞްދަރު: في ظلال سورة التوبة)
~ ގަލަންދާނު
_________________
* އިތުރު ތަފްސީލަށް: "އިސްލާމްކަން ގެއްލޭ ދިހަ ކަންތަކުގެ ޝަރަހަ" އިގެ "ހަތަރުވަނަ ކަންތައް" ޞ. 98 ބައްލަވާ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.