މުޠްލަޤު ކޮށް ބިންމަތީ އެއްވެސް ތަނަކުން ކުރެ އެއްވެސް ތަނެއްގައި، ކޮންމެ ސަބަބަކާއި ވިދިގެންވިޔަސް، ޖިހާދު ނެތް ކަމަށް ބުނެއްޖެ މީހާ…
①
📌 (މުޠްލަޤު ކޮށް ބިންމަތީ އެއްވެސް ތަނަކުން ކުރެ އެއްވެސް ތަނެއްގައި، ކޮންމެ ސަބަބަކާއި ވިދިގެންވިޔަސް، ޖިހާދު ނެތް ކަމަށް ބުނެއްޖެ މީހާ އެވަނީ އަހުލުއް ސުންނަތުގެ ޢަޤީދާއިން ބޭރުވެފައެވެ.)
އިމާމް އަބޫ ޒުރްޢާ އަދި އަބޫ ޙާތިމް އައްރާޒީ ގެ ޢަޤީދާ [ސުންނަތުގެ އަސްލު އަދި ދީނުގެ އިޢުތިޤާދު] ⁽¹⁾ ގެ އައްޠަރީފީ ޝަރަޙާގައި، 19 އަދި 22 ވަނަ ނުކުތާގެ ދަށުން ވިދާޅުވިއެވެ:
19. [ ونقيم فرض الجهاد والحج مع أئمة المسلمين في كل دهر وزمان ].
އަދި ތިމަންމެން ޖިހާދާއި ޙައްޖުގެ ފަރުޟު ކޮންމެ އިރެއްގައި ކޮންމެ ޒަމާނެއްގައިވެސް މުސްލިމުންގެ އިމާމުންނާއި އެކު ޤާއިމުކުރަމެވެ.
ވިދާޅުވަނީ: (ونقيم فرض الجهاد...) "ތިމަންމެން ޖިހާދުގެ... ފަރުޟު ޤާއިމުކުރަމޭ" ، މިތާގައި މުޚާޠަބު ގެނެވިފައި މިވަނީ ޖަމްޢު ކޮށެވެ. ތިމަންމެން ޖިހާދު...ގެ ފަރުޟު ޤާއިމުކުރަމޭ، މިހެންނެވެ. އެހެނީ ޖިހާދު ޤާއިމު ވަނީ ޖަމާޢަތާއި އެކުގައެވެ. މިސަބަބަށްޓަކައި ވިދާޅުވަނީ: "ކޮންމެ އިރެއްގައި ކޮންމެ ޒަމާނެއްގައިވެސް މުސްލިމުންގެ އިމާމުންނާއި އެކުގައޭ" އެވެ. ފަހެ ޤިޔާމަތުގެ ވަޤުތާއި ހަމަޔަށް ޖިހާދު ދެމިއޮންނާނެތެވެ. ބިންމަތީން އެ ނުއުފުލެއްވޭނެތެވެ. އެހެނަސް އޭގެ ތަނާއި ބިން (އެކިދުވަސްވަރަށް) ތަފާތުވެއެވެ. އެހެނީ ޤިޔާމަތުގެ ސާޢަތާއި ހަމަޔަށް އެދެމިއޮވެއެވެ. މިސަބަބަށްޓަކައި ނަބިއްޔު ﷺ ، ޖާބިރު އާއި އެނޫން ބޭފުޅުންގެ ޙަދީޘުގައިވާ ފަދައިން، އެއީ އައްޞަޙީޙުގައިވެސާ އައިސްފައިވާފަދައިން ، ޙަދީޘް ކުރެއްވިއެވެ: (لا تزال طائفة من أمتي ظاهرين على الحق، يقاتلون في سبيل الله, لا يضرهم من خذلهم ولا من خالفهم حتى تقوم الساعة) ”ތިމަންކަލޭގެފާނުގެ އުންމަތުގެ ބައިގަނޑެއް ޙައްޤުގެ މަތީގައި ފާޅުވެތިބޭނެއެވެ. ﷲ ގެ މަގުގައި ޖިހާދުކުރުން މަތީގައެވެ. އެވެރިންފުށުން އަތްފޮޅާ ބަޔެއްގެ ފުށުންވިޔަސް، އަދި ދެކޮޅުވާބަޔެއްގެ ފުށުންވިޔަސް އެވެރިންނަށް އެއްވެސް ގެއްލުމެއް ނުފޯރާނެއެވެ. އެއީ ޤިޔާމަތުގެ ސާޢަތް އަތުވެއްޖެއުމާއި ހަމައަށެވެ.“ މާނައީ، އިޝާރާތް ކުރައްވަނީ ދާއިމީވަންތަ ކަމުގެ މައްޗަށެވެ. އަދި ހަމަ އެފަދައިން ދެ ޞަޙީޙުގައި އަސްފައިވާ ނަބިއްޔު ﷺ ޙަދީޘް ފުޅު: (أمرت أن أقاتل الناس حتى يشهدوا أن لا إله إلا الله) ”ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ لا إله إلا الله އަށް އެއުރެން ހެކިވެއްޖެއުމާއި ހަމައަށް، މީސްތަކުންނާއި ހަނގުރާމަ ކުރުމަށެވެ...“ އަދި އެގިގެންވާ ފަދައިން ބިންމަތީގެ އަހުލުތަކުން އެކީ އެއްކޮށް لا إله إلا الله އަށް ހެކި ނުވާހުއްޓެވެ. ވީމާ ކުފުރު ދެމިއޮވެއެވެ. މިހެންކަމުން މީގެ އަމުރު ވެސް ދެމިއޮވެއެވެ. އަދި ޝަރީޢަތް ޤާއިމުވެ އޮވެއެވެ. އަދި ނުކުޅެދުން އަންނަނީ ޚަލްއުތަޤުންގެ ފުށުންނެވެ. އަދި މިކަމުގައި ޖިހާދު ވަނީ ދެ ބާވަތަކަށެވެ:
ޢައިނިއްޔަ ޖިހާދާއި، ކިފާޔަތުގެ ޖިހާދެވެ....“
---------------------
[1] އަހަރެމެންވާނީ މިރިސާލާ، ”ސުންނަތުގެ އަސްލު އަދި ދީނުގެ އިޢުތިޤާދު“ ކުރިން ޝާއިޢު ކޮށްފައެވެ. (ރުޖޫޢަވޭ)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.