އެހެނީ އެވެރިންގެ ތެރޭގައި ކުޑަފާފައިން ތަކްފީރު ކުރާ މީހުން ވާކަން، (ސުންނަތް ޖަމާޢަތުގެ) އިމާމުން ދެނެތިއްބެވިއެވެ. އެއީ ޢަބޫ ޢުބައިދު…
④
އެހެނީ އެވެރިންގެ ތެރޭގައި ކުޑަފާފައިން ތަކްފީރު ކުރާ މީހުން ވާކަން، (ސުންނަތް ޖަމާޢަތުގެ) އިމާމުން ދެނެތިއްބެވިއެވެ. އެއީ ޢަބޫ ޢުބައިދު އަލްޤާސިމް ބްނު ސައްލާމް ފަދައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: "...އެހެނީ އެއީ އަމިއްލަ މާނަކުރުން ތަކާއިގެން ދީނުން ނިކުމެދާ ޚަވާރިޖުންގެ މަޛުހަބެވެ. އެހެންކަމުން ފާފައިގެ ކުޑަ އަދި ބޮޑު ތަކެތީގެ މައްޗަށް އެއުރެން، މީސްތަކުން ތަކްފީރު ކުރެއެވެ."⁽¹⁶⁾ އަދި މިފަދައިން އިބްނު އަބީ ޒަމައިން "އުޞޫލުއް ސުންނަތި" ގައި ވިދާޅުވިއެވެ.⁽¹⁷⁾ އަދި އެނޫން ބޭކަލުންވެސް މެއެވެ.
ފަހެ ޚަވާރިޖުން ހުއްދަ (މުބާޙު) ކަންކަމާއި (ﷲ އަށް ކިޔަމަންގަންނަ) ޠާޢަތުގެ ކަންކަން ވެސް އަދާކުރުމުން ތަކްފީރުކޮށްފައި އެބަ ހުއްޓެވެ. އެވެރިންގެ ޢަޤީދާ ގައި މިވެނި އެއްޗަކީ ބޮޑު ޙަރާމެއް ކަން ނޫނީ ކުޑަ ޙަރާމެއް ކަމެއް ނުވެއެވެ. އެހެނީ އެއުރެން ފާފައިގެ ތަފްސީރުގައި ވަނީ ޚުދު ކުށް ޖެހިފައެވެ. އަދި ކާފަރުވާ ކަންކަމުގެ ތަފްސީރުގައި އިތުރަށް ވަރުގަދަކޮށް ކުށްޖެހިފައި ވެއެވެ. އަދި އެވެރިންގެ މަގުފުރެދުމީ ފާފަތައް ކުފުރުތަކު ތެރެއަށް ލުމެވެ. އެހެނީ އެވެރިން އަަހުލުއް ސުންނަތް ފަދައިން އުރެދުން ނުދެކެއެވެ. އަދި ކިއެއް، އެވެރިން އެއީ އިސްލާމްދީން ނަފީ ކުރާ (ނަވާޤިޟު) ތައް ކަމަށް ދެކެއެވެ. އެހެނީ ކުފުރެއް ލާޒިމު ނުވާ ފާފައަކަށް އެއީ ފާފަ އެކޭ ބުނެގެން އެވެރިން އެކަން ދޫކޮށެއް ނުލައެވެ. އަދި އެހެނަސް، ދެކެނީ އެއާއި އެކު އީމާނެއް ޖަމަޢު ވެ ނުއޮންނާނޭ ކަމެވެ. އެއީ ޢަހުލުއް ސުންނަތް ގާތުގައި ކުފުރު އީމާނާއި އެކު އެއްވެ ނުއޮންނަ ފަދައިންނެވެ. އެހެންކަމުން އެވެރިން އެ ކުފުރުވާ ކަންކަމުގެ ތެރޭގައި ކަނޑައަޅައެވެ.
އަދި އަހުލުއް ސުންނަތް ޚަވާރިޖުން ޛިކުރު ކޮށް އެވެރިން ބޮޑުފާފައިން އެކަނި ތަކްފީރު ކުރެއޭ ބުނާއިރު، އެއީ އަހުލުއް ސުންނަތް ފާފަ ކަނޑައަޅާ ގޮތުގެ މައްޗަށް މާނަކޮށެވެ. އެހެނަސް ޚަވާރިޖުންގެ ނަޒަރިއްޔާތުގައި އެކަންވުން ވަނީ ވަކި ބޮޑު ފާފައަކު ކަމުގައި އެވެރިން ނުދެކެއެވެ. އެހެންރިންނަށް ނިޞްބަތްކޮށް އެފަދައިން ބުނެވުނަސް އެވެ. އެވެރިން އެކަން (އެބަހީ: ފާފައިގައި ކުފުރުވުން)، ކަނޑައަޅަނީ (އެކަން ކުރާ މީހާ އެކަމަކީ ހަރާމެއް ކަމަށް) ދެކޮޅުހަދާކަމަށް ލާޒިމްކުރާ ކަމުގެ ތެރެއިންނެވެ.
އަދި ޚަވާރިޖުން ވަނީ ފާފަ ކުރުމުން ލާޒިމު ނުކުރާ ކަމެއް ލާޒިމުކޮށް މިކަމުގައި މަގުފުރެދިފައެވެ. އެހެނީ (ޙަޤީޤަތަކީ) ޙަރާމަކަށް މީހަކު އަރައިގަތުމަކީ ސީދާ އޭގެ ޙަރާމް ކަމުގެ މައްޗަށް އޭނާ ދެކޮޅުހެދުން ކަމަށް ލާޒިމު ކުރާ ކަމެއް ނޫނެވެ. އަދި ވާޖިބެއް ހަމައެކަނި ދުކޮށްލާ ދޫކޮށްލުމީ އެކަމުގެ ވާޖިބު ކަމާއި އޭނާ ދެކޮޅުހެދުން ކަމުގައިވެސް ލާޒިމެއް ނުކުރެއެވެ.
އަދި ފާފައިގެ ތަފްސީރާއި އޭގެ މިންވަރާއި މެދުވެސް އެވެރިން މަގުފުރެދިފައި ވެއެވެ. އެހެނީ ފާފައެއް ކުރުމުން (އޭގެ ފާފަވެރިކަމާއިމެދު) ދެކޮޅުހެދަނީކަން ދައްކައިދެނީ ކިހާ މިންވަރަކުންތޯ އާއިމެދު އެވެރިން ޚިލާފުވިއެވެ. އެވެރިން ތެރެއިން ތުނބުޅި ބޭލުމަކީ ބޮޑު ފާފައެއް ކަމުގައި ދެކޭ މީހުން ވީހިނދު، ޢަލްއިބާޟިއްޔާ ގެ ފަހުގެ ބައެއް ވައުޒުވެރިން އެކަމުގައި އިތުރަށް ހަރުކަށިވެ، އެއް އިސްތަށި ލުއްސާލުން ވަންނަނީ އެ ބޭލުމުގެ ޙުކުމަށް ކަމަށް ދެކުނެވެ. އަދި ބޭލުމަކީ ބޮޑުފާފައެއް ކަމުން އެއިން (އެކަމުގެ ޙަރާމް ކަމާ) ދެކޮޅު ހެދުންކަން ލާޒިމުކުރެއެވެ. އެހެންކަމުން އެ ޢަމަލު ކުރާ މީހާ ކާފަރުކުރެއެވެ.
މިސަބަބު ތަކަށްޓަކައި ޚަވާރިޖުންގެ އެކި އެކި ފިރުޤާތައް، މިމައްސަލަ ތަކުގެ ގޮފިތަކުގައި އަދި އެކަނޑައެޅުމުގައި އެކިގޮތް ގޮތަށް ތަފާތުވިއެވެ. އެއީ އިހު ބަޔާންވި ދެ ޢަޞްލުގައި އިއްތިފާޤު ވާ ފަދައިންނެވެ: ކުފުރަށް ނުވާ ކަންކަމުން ތަކްފީރު ކުރުމާއި، އޭގެ ސަބަބުން ލޭ ޙަލާލު ކުރުމެވެ. އެހެންކަމުން އެވެރިންގެ ތެރެއިން އެއްބައިގަނޑަކު މިވެނި ޢަމަލަކުން ތަކްފީރު ކުރާ އެހެނަސް އެނޫން ބައިގަނޑުތައް ތަކްފީރު ނުކުރާ ކަންކަން ހުރެއެވެ. އަދި އެނޫން ބައިގަނޑު ތަކްފީރު ކުރާ އެހެނަސް ކުރީ ބައިގަނޑު ތަކްފީރު ނުކުރާ ކަންކަން ހުރެއެވެ.
އެހެނަސް ޚަވާރިޖުންގެ އެންމެހާ ބައިގަނޑެއް ޖަމަޢަވަނީ ކުފުރަކަށް ނުވާ (އެކިއެކި) ކަންކަމުގައި ތަކްފީރު ކުރުމުގައެވެ. އަދި އެއަށްޓަކައި ލޭ ޙަލާލު ކުރުމުގައެވެ. އަދި އެވެރިން ތެރޭ ޚިލާފުވީ، އެވެރިން ނޫން ބަޔެއް ގާތު އެއީ ފާފައެއް ކަމުގައި ނުވާ ކަމެއް ކަމުގައި ވާނަމަ، އެހިނދު އެފަދަ ޢަމަލަކީ ކާފަރުވަނިވި ފާފައެއްތޯ، ނުވަތަ (ޚަވާރިޖުން ވާޖިބެއް ކަމުގައި ދެކޭ ކަމެއް) އެބަޔެއް ގާތު އެއީ ވާޖިބަކަށް ނުވާ މީހުން އަޅާނަމަ އެއީ ކުފުރުވަނިވި ވާޖިބެއްތޯ ކަނޑައެޅުމުގައެވެ.
-----------------
[16] "އަލްއީމާން" ޞ. 76
[17] "އުޞޫލުއް ސުންނާ" ޞ. 227
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.