އަދި ކުފުރަކަށް ނުވާ ކަންކަމުން ތަކްފީރު ކޮށް އަދި ލޭ ހުއްދަ ކުރާ މީހާ، ފަހެ އޭނާ އެވަނީ ޚަވާރިޖުންގެ ޢަޤީދާ މަތީގައެވެ. އެއީ (ޢަމަލުން)…
⑥
އަދި ކުފުރަކަށް ނުވާ ކަންކަމުން ތަކްފީރު ކޮށް އަދި ލޭ ހުއްދަ ކުރާ މީހާ، ފަހެ އޭނާ އެވަނީ ޚަވާރިޖުންގެ ޢަޤީދާ މަތީގައެވެ. އެއީ (ޢަމަލުން) ހަނގުރާމަ ނުކުރިއެއް ކަމުގަ ވިޔަސް އެވެ. އެހެނީ ޚަވާރިޖުންގެ ތެރެއިން ބަލިކަށިވެގެން ނޫނީ ވަހުނުގެ ސަބަބުން (އެވަހީ: ދުނިޔެއަށް ބުރަޖެހި މަރަށް ބިރުގަތުމުގެ ސަބަބުން) ނުވަތަ ބިރުގަނެ ހަނގުރާމަ ދޫކުރާ މީހުން ވެއެވެ. އެއީ އަލްއިބާޟިއްޔާ ގެ ބައެއް ބައިގަނޑުތައް ފަދައިންނެވެ. އެހެނީ އެވެރިން ހަމަކަށަވަރުން ކުފުރު ނުވާ ކަންކަމުން ތަކްފީރު ކުރެއެވެ. އަދި ލޭ ޙަލާލު ކަމަށް އިޢުތިޤާދު ކުރެއެވެ. (އެބަހީ: ޝަރުޢީގޮތުން ޤަބޫލުކުރެއެވެ.). އެހެނަސް އެވެރިން ޤިތާލު ނުކުރެއެވެ.
އަދި ބިދުޢައިގެ އަހުލުން ކުރެ، ލޭ ޙަލާލު ކުރުމުގައި އެއްވެއްޖެ މީހުންނަށް އައްޔޫބު ޚަވާރިޖުން ގޮތުގައި ޞިފަ ކުރެއްވިއެވެ. އެއީ އެކަމުން ދޭހަކުރާ ޤަވްލު އަކީ، ކުފުރެވެ. (ތަކްފީރުކޮށް ލޭޙަލާލުވުމެވެ.) އަދި ވިދާޅުވިއެވެ: ”ޚަވާރިޖުން ނަންތައް ދިނުމުގައި ޚިލާފުވިއެވެ. އަދި ކަނޑީގައި އެކަތިގަނޑަކަށް ވިއެވެ.“⁽¹⁹⁾
▫️ޚަވާރިޖުންގެ ޞިފަތަކުގެ ދެވަނަ ބާވަތް: ލާޒިމުނޫން ޞިފަތައް: އެއީ އެވެރިން ގެ ޢަލާމާތަކަށް، އުޞޫލަކަށް، ޤަރީނާއަކަށް ވެއްޖައުމަށް ކޮންމެހެން ލާޒިމުނުވާ ކަންކަމެވެ. އެއް ޒަމާނެއްގައި އެކަން ވަރުގަދަ ޞިފަޔަކަށް އޮވެ، އެނޫން ޒަމާނެއްގައި ބަލިކަށިކޮށެވެ. އަދި އޭގެ ތެރޭގައި އިތުރުއެކަލޭގެފާނުން ﷺ ގެ އަރިހުން ދެޞަޙީޙު ގައި ޢަބޫ ސަޢީދުގެ ޙަދީޘް އިން އައިސްފައިވާ ޤަޥްލު ހިމެނެއެވެ: " دَعْهُ ؛ فَإِنَّ لَهُ أَصْحَابًا يَحْقِرُ أَحَدُكُمْ صَلَاتَهُ مَعَ صَلَاتِهِمْ، وَصِيَامَهُ مَعَ صِيَامِهِمْ، يَقْرَءُونَ الْقُرْآنَ لَايُجَاوِزُ تَرَاقِيَهُمْ ، يَمْرُقُونَ مِنَ الدِّينِ كَمَا يَمْرُقُ السَّهْمُ مِنَ الرَّمِيَّةِ، يُنْظَرُ إِلَى نَصْلِهِ فَلاَ يُوجَدُ فِيهِ شَىْءٌ، ثُمَّ يُنْظَرُ إِلَى رِصَافِهِ فَمَا يُوجَدُ فِيهِ شَىْءٌ، ثُمَّ يُنْظَرُ إِلَى نَضِيِّهِ ـ وَهْوَ قِدْحُهُ ـ فَلاَ يُوجَدُ فِيهِ شَىْءٌ، ثُمَّ يُنْظَرُ إِلَى قُذَذِهِ فَلاَ يُوجَدُ فِيهِ شَىْءٌ، قَدْ سَبَقَ الْفَرْثَ وَالدَّمَ «އޭނާ ދޫކޮށްލާށެވެ. ފަހެ ހަމަކަށަވަރުން އޭނާއަށް އެކުވެރީންތަކެއް ވެއެވެ. (ބޭރުފުށަށް އެމީހުންގެ ދީންވެރިކަމާއި އަދި ތަޤްވާވެރިކަން ފެންނަގޮތުން) އެބައިމީހުންގެ ނަމާދާއި އަޅާކިޔައި، އޭނާގެ ނަމާދަކީ ދަށްއެއްޗެއްކަމުގައާއި އަދި އެބައިމީހުންގެ ރޯދައާއި އަޅާކިޔައި އޭނާގެ ރޯދައަކީ ދަށްއެއްޗެއްކަމުގައި ތިޔަބައިމީހުންގެ ތެރެއިން މީީހަކު ދެކޭނެއެވެ. އެބައިމީހުން ޤުރުއާން ކިޔަވައި އުޅެއެވެ. ނަމަވެސް އެމީހުންގެ އަރުތެރެއިން އެކަން އެތެރެ ނުވާނެއެވެ. ޝިކާރުކުރެވޭ އެތިން ތީރު ނުކުމެގެންދާ ފަދައިން އެބައިމީހުން ދީނުން ބޭރުވެގެން ދާނެއެވެ. އެތީރުގެ ދަނޑީގެ މެދަށް ބެލޭނެއެވެ. އޭގައި އެއްވެސް އެއްޗެއް ހޭކިފައިވާތަން ނުފެންނާނެތެވެ. ދެން އެތީރުގެ ދަނޑީގެ ނިމޭތަން ބެލޭނެއެވެ. އޭގައި އެއްވެސް އެއްޗެއް ހޭކިފައިވާތަން ނުފެންނާނެތެވެ. ދެން އެތީރުގެ ތިލަ ބެލޭނެއެވެ. އޭގައި އެއްވެސް އެއްޗެއް ހޭކިފައިވާތަން ނުފެންނާނެތެވެ. ދެން އެތީރުގެ ބުޑުގައިވާ ފިޔަތަކަށް ބެލޭނެއެވެ. އޭގައި އެއްވެސް އެއްޗެއް ހޭކިފައިވާތަން ނުފެންނާނެތެވެ. އެވަނީ ގޮހޮރާއި ލެޔަށްވުރެ އަވަސް އަރާފައެވެ.» ⁽²⁰⁾
ފަހެ މި ޖުމްލަވީ ޞިފަތަކަކީ ވަކި ޒަމާނަކަށް ނަބިއްޔު ﷺ ޤަޞްދުކުރައްވާފައިވާ ޞިފަތަކެކެވެ. އަދި އޭގެފަހަތުގައި މިހެން ޙަދީޘް ކުރައްވާނީ އެ ސަބަބަށްޓަކައެވެ:
«آيَتُهُمْ رَجُلٌ أَسْوَدُ، إِحْدَى عَضُدَيْهِ مِثْلُ ثَدْيِ المَرْأَةِ» (އެވެރިން ފާހަގަ ކުރުމުގެ ނިޝާނަކީ، ކަޅު ފިރިހެނެކެވެ. އޭނާގެ އެއްއަތުގެ މުލައްދަނޑީގެ މަސްގަނޑު ވާހުށީ އަންހެނެއްގެ އުރަމައްޗެއް ފަދައިންނެވެ.) އަދި މިޞިފަތަކަކީ ޖުމްލަކޮށް އެ ވަކި ޒަމާނަށް އެކަންޏެވެ.
އެހެނަސް އޭގެ ތެރޭގައި: ހުރިހާ ޒަމާނެއްގައި ވަރުގަދަކޮށް ފެންނާން ހުންނަ ޢަލާމާތްތައްވެސް ވެއެވެ. އެއީ ޤުރުއާން ކިޔެވުން ފަދައެވެ. އަދި އެވެރިން ގެ އަރުތެރެއިން އެ ބުޑަށް ނުދިއުމެވެ. އެހެނީ އެވެރިންނަށް އެދިރުވުނު ނަމަ އެވެރިންގެ ހިތަށް އެފޯރީހެވެ. އަދި އެ ފަހުމްވީހެވެ. އަދި އެއަށް ތަބަޢަ ވީހެވެ. އަދި އެވެރިން މަގުފުރެދިގެން ނުވީހެވެ.
----------------------
[19] އަލްފަރިޔާބީ ގެ "އަލްޤަދަރް" 375 ، އަދި އެކަލޭގެފާނުގެ އަރިހުން އަލްއާޖުރީ 2057 ، އަދި އަލްބަޣަވީ "އައްޖަޢްދިއްޔާތި" 1236 އަދި އެކަލޭގެފާނުގެ މަގުން އައްލާލިކާއޫ 290
[20] އަލްބުޚާރީ 3610 ، 6933 އަދި މުސްލިމް 1064
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.