އަދި އޭގެ ތެރޭގައި ވާރިދުވެފައިވާ ޞިފަތަކުގައި: ހުއްދަ ކަންކަން ހިމެނެއެވެ. "ބޯ ބޭލުން" ފަދައެވެ. އަދި އޭގެ ތެރޭގައި: ޤަދަރުގައިވާ…
⑦
އަދި އޭގެ ތެރޭގައި ވާރިދުވެފައިވާ ޞިފަތަކުގައި: ހުއްދަ ކަންކަން ހިމެނެއެވެ. "ބޯ ބޭލުން" ފަދައެވެ. އަދި އޭގެ ތެރޭގައި: ޤަދަރުގައިވާ އެކަމުގައި އިޚްތިޔާރެއް ނުވާ ކަންކަން ވެސް ހިމެނެއެވެ. އެއީ "އުމުރުން ޅަ ވުން" ފަދައެވެ. އަދި އޭގެ ތެރޭގައި: އަޚްލާޤު ދަށް ވުމުގެ ކަންކަން ވެސް ހިމެނެއެވެ. އެއީ" މޮޔަ ޙިޔާލު" އާއި އޭގެ ދަށުންވާ ކަންކަމެވެ. ބުއްދި ކޮށިވުމާއި އަވަސް އަރުވައިގަތުމެވެ. ރުންކުރުވުމާއި ބޯނުބައިވުމެވެ.
އަދި އެވެރިންގެ ޞިފަތަކުގެ ތެރޭ: އަޅުކަމުގެ ތެރޭ ހިމެނޭ ކަންކަން ވެއެވެ. ޤުރުއާން ކިޔެވުން ފަދައެވެ. ނަމާދު ގިނަގުނައިން ކުޅައުން ވެސް އެވެ. އެހެނަސް އެއީ އޭގެ ޒާތުގައި ޝަރީޢަތުގައި ކުށްވެރިވެގެންވާ ޞިފަތަކެއް ނޫނެވެ. އަދި ނޭދޭވުމަށް ނުވެއްޓޭހާ ހިނދަކު އެއީ ނޭދޭވޭ ކަންކަމެއް ވެސް ނޫނެވެ. އެހެނީ ގިނަގުނަވުން ނޭދޭވުމެއް ކަމުގައި ވެދުން ވެއެވެ. އެއީ އެކަން ކުރާ މީހާ ހެއްލިދާ ނަމައެވެ. އެހެންކަމުން ޤުރުއާން ކިޔެވުމީ ޢިލްމު ކަމުގައި އޭނާ ހީކުރެއެވެ. އަދި އަޅުކަމީ ދީންވެރިވުން ކަމުގައެވެ. އެހެނަސް އެއީ ﷲ އަށް ގާތްވުމެކެވެ.
އަދި އެޞިފަ ނިމުމުގައި އެއީ ބިދުޢަތުގެ ދަލީލެއްގޮތުގައިވާ ޞިފައާކަށް ވެގެން ދެއެވެ. ވީމާ ޤުރުއާން ކިޔެވުމަށް ކުށްވެރި ވުން ނުވެއެވެ. އެހެނަސް މިއީ އެއަކީ އޮޅުވާލުމެއް ގައި ކަމުގައި ނުވާނަމައެވެ. އަދި އިތުރުއެކަލޭގެފާނުން ﷺ ގެ މި ޤަޥްލު ގެ މުރާދަކީ މިއީއެވެ: «يقْرَءُونَ الْقُرْآنَ لَايُجَاوِزُ تَرَاقِيَهُمْ» (އެބައިމީހުން ޤުރުއާން ކިޔަވައި އުޅެއެވެ. ނަމަވެސް އެމީހުންގެ އަރުތެރެއިން އެކަން އެތެރެ ނުވާނެއެވެ.) އެބަހީ: އެވެރިންގެ ހިތާއި ހަމަޔަށް އެ ނުފޯރައެވެ. އެހެނީ ހަމަކަށަވަރުން ހިތާއި ހަމަޔަށް ފޯރާ އެއްޗަކީ ފަހުމާއި ޢިލްމެވެ. މިހެންކަމުން އެދޭތީގެ މަޙައްލަ އަކީ އެ އެވެ. ދެންފަހެ އަކުރުތައް ކޮޅަށްޖެހުން، މިކަން ވަނީ އަނގައިގެ ތެރެއަށެވެ. އަދި އެވެރިންގެ ޤުރުއާން ކިޔެވުމަކީ އޭގެ މާނައިގެ ފުޤުހެއް ނުވާ ހަމައެކަނި އެވެރިންގެ ޢަރުތެރޭގައި އެކުލެވޭ އަޑުތަކަކާާއި ތަރުތީލުތަކެއްކަމުގައި މިއިން ދައްކުވައިދެއެވެ. އަދި މުތަޝާބިހު (ނުސާފު އާޔަތްތައް) ކިޔަވައި އެއިން މަގުފުރެދެއެވެ. އެއީ ޠާވޫސް ރިވާކުރެއްވި ފަދައިންނެވެ: ވިދާޅުވިއެވެ: "ޚަވާރިޖުންނާއި އެވެރިންގެ ޤުރުއާން ކިޔެވުން އިބްނު ޢައްބާސް ގާތު އަހަރެން ޛިކުރު ކުރީމެވެ. އެހެންކަމުން ވިދާޅުވިއެވެ: އެއުރެން އޭގެ މުޙްކަމް (ސާފު އަމުރު ތަކުގައި) އީމާން ވެއެވެ. އަދި މުތަޝާބިހު ތަކުގައި ހަލާކުވެ ދެއެވެ."⁽²¹⁾
މިސަބަބަށްޓަކައި ބައެއް އަޙްކާމު ތަކުގައި އެވެރިންގެ ބަސްތައް ތަފާތުވެގެންވިއެވެ.
އެހެނީ އެވެރިން ތެރޭގައި: ޚުއްފުގައި ފެން ފުހުމަށް އިންކާރު ކުރާ މީހުން ވިއެވެ.⁽²²⁾
އަދި އެވެރިން ތެރޭ: ޙައިޟު ވެރިޔާ ނަމާދު ޤަޟާއު ކުރުން ވާޖިބު ކުރާ މީހުން ވިއެވެ.⁽²³⁾
އަދި މިއީ އެވެރިންގެ އަޞްލުގެ ތެރެއިން ގޮފިތަކެކެވެ. އެވެރިންގެ ޞިފައެއް ނޫނެވެ. އެވެރިންގެ އަޞްލަކީ މުތަޝާބިހު ތަކުގައި ހިފުމެވެ. އަދި މުޙްކަމް ތައް އެއްލާލުމެވެ. އެހެންކަމުން އެވެރިންގެ ތެރެއިން ބައިގަނޑެއް ޚުއްފުގައި ފެންފުހުން އިންކާރުކުރިއެވެ. އެއީ މާއިދާ ސޫރަތުގައިވާ ވުޟޫއުގެ އާޔަތް ނަގައިގެނެވެ. އަދި އެއީ ޢާންމު އާޔަތެކެވެ. އަދި އެކަމުގައިވާ ސުންނަތުން އައިސްފައިވާ މުޙްކަމު (ސާފު ދަލީލު) އެއްލާލިއެވެ. އަދި އެވެރިން ތެރެއިން ބައިގަނޑެއް ޙައިޟުވެރިޔާ ނަމާދު ޤަޟާއު ކުރުން ވާޖިބު ކުޅައެވެ. އެއީ ރޯދަ ޤަޟާއު ކުރުމަށް އޮތް ޙުކުމަށް ޤިޔާސު ކޮށެވެ. އަދި މިއީ މުތަޝާބިހެކެވެ. އަދި ސުންނަތުގައި މުޙްކަމު ކޮށް ޤަޟާއުކުރުން ނުވާ ކަން ވެއެވެ.
އަދި މީގެ ތެރޭ: އެވެރިންގެ ތެރެއިން ބައިގަނޑެއް ޤުރުއާނަކީ މަޚްލޫޤެއް ކަމަށް ބުންޏެވެ. އަދި ސުންނަތަށް އިންކާރުކުރިއެވެ. މިއީ އެހެނަސް އެވެރިންގެ އަސާސީ ބުނުމެއް ނޫނެވެ. އަދި ޢަލީ ބުނު އަބީ ޠާލިބު އާއި އަޞްޙާބުންނާ ހަނގުރާމަ ކުރި ޚަވާރިޖުން ގެ ފުށުގައި ނުވެއެވެ.
-------------------------
[21] ޖާމިޢި މުޢައްމަރް 20895 ، އަދި މުޞައްނަފް އިބްނު އަބީ ޝައިބާ 39057 އަދި އިބްނު އަބީ ޢާޞިމް ގެ އައްސުނާ 485 ގައި ، އަދި އަލްހަރަވީ ގެ ޛައްމުލް ކަލާމް 200
[22] އަލްމަރޫޒީ ގެ "އައްސުންނާ" ޞ. 103 އަދި "މުޤާލާތުލް އިސްލާމިއްޔާ" ޞ. 470 އަދި "އަލްފަރަޤް ބައިނަލް ފިރަޤި" ޞ. 314
[23] ފަތުޙުލް ބާރީ 1/421 ، 4/192
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.