އަދި މިއާއި އެކުވެސް އަޞްޙާބުންނާއި ތާބިޢީން އެވެރިންނަށް: ޚަވާރިޖުންނޭ ނަން ދެއްވިއެވެ. އެހެނީ މިބުނެވުނު ޞިފަތަކަކީ އެވެރިން ފުށުގައި…
⑧
އަދި މިއާއި އެކުވެސް އަޞްޙާބުންނާއި ތާބިޢީން އެވެރިންނަށް: ޚަވާރިޖުންނޭ ނަން ދެއްވިއެވެ. އެހެނީ މިބުނެވުނު ޞިފަތަކަކީ އެވެރިން ފުށުގައި ކޮންމެހެން ހުރުން ލާޒިމު ޞިފަތަކެއް ނޫނެވެ.
އަދި އެވެރިން ޤުރުއާން ކިޔަވައި އެވެރިންގެ އަރުތެރެއަށް އެ ނުފޯރާ ކަމުގެ ޞިފަ އަކީ: އެވެރިން ފުށުގައި ފިޤުހު ނުވާ ކަމުގެ އިޝާރާތެކެވެ. އަދި އެވެރިންނަށް ބޭރުފުށަށް ފެންނަ އެއްޗަކުން ހިފާ ނަގާ ކަމެވެ. އަދި މިއީ ޚަވާރިޖުންގެ ޖަމާޢަތުގައި ގިނަގުނައިންވާ އެހެނަސް ލާޒިމު ޞިފަޔެއް ނޫނެވެ. އެހެންކަމުން އެވެރިންގެ އެންމެންގެ ފުށުގައި ނުވެދާނެއެވެ. އަދި ހަމަކަށަވަރުން އެވެރިން ތެރޭ ލިޔަން ކިޔަން ނޭގޭ ޤުރުއާން ނުކިޔަވާ މީހުންވެސް ވިއެވެ. އަދި ލިޔަން ކިޔަން އެނގުނަސް ފަރުވާކުޑަކަމުގައި ޤުރުއާން ޙިފުޡު ނުކުރާ އަދި ނުކިޔަވާމީހުންވެސް ވެއެވެ.
އަދި (މިބުނެވުނު ލާޒިމުނޫން ޞިފަތަކަކީ) ކުފުރަށް ނުވާ ކަންކަމުގައި ކާފަރު ކުރުމުގެ (ލާޒިމު) ޞިފަޔާއި ޚިލާފަށެވެ. އަދި ލޭ ޙަލާލު ކުރުމުގެ ޞިފަ އާއި ޚިލާފަށެވެ. އެހެނީ މި ޞިފަތަކަކީ ކޮންމެހެން އެވެރިން ފުށު ހުންނަ ލާޘިމު ޞިފަތަކެވެ. ވީމާ އެޞިފަ އެވެރިންގެ ހުރިހާ އެންމެންގެ ފުށުގައިވެއެވެ. ވަކި ފަރުދުންނާއި ޖަމާޢަތްތަކުގައިވެސް އެވެ. އެއީ ވަކި ކަންކަން (ކުފުރަށް) ކަނޑައެޅުމުގައި އެވެރިން ދެބަސްވުންތަކެއް ބައެއް ކަންކަމުގައި ވިޔަސް އެވެ. އެހެނަސް އެ އެންމެންވެސް މީގައި (ކުފުރަށް ނުވާ ކަންކަމުގެ މައްޗަށް ތަކްފީރުކޮށް ލޭ ޙަލުާލުކުރުމުގައި) ހޭކިގެން ވެއެވެ.
އެހެނަސް މުތަޝާބިހު ތަކުގައި ހިފުމަކީ އަޞްލުގައި އެވެރިންނާއެކު އެނޫން މަގުފުރެދިގެންވާ އެންމެހާ ބައިގަނޑެއްވެސް ޝާމިލުވާ ކަމެކެވެ. އެހެންކަމުން މިވެރިންނަށް އެކަމުގައި ތަފާތުކަމެއް އެހެންމީހުންނާ ނުވެއެވެ. އެހެނަސް މިވެރިންގެ ތެރޭ އެކަން ބޮޑަށް ފާޅުވެ މަޝްހޫރުވެގެން ވުމެވެ. އެހެނީ މިވެރިން ދަލީލުތައް ބޮޑުކޮށްލައެވެ. އަދި އެބޮޑުކޮލުމުގައި އެވެރިން އެދޫކޮށްލުމެއް ނޫނީ އެއަށް އިންކާރު ކުރުމެއް ނުދެކެއެވެ. އެހެންކަމުން މުތަޝާބިހުތައްވެސް އެއްކުރެއެވެ. އަދި އެއަށް (އަމިއްލަ މާނަކުރުންތަކުން) ތައުވީލު ކުރެތެވެ.
▫️ވަޘަނީން (މުޝްރިކުން)ނާ ޚަވާރިޖުން ހަނގުރާމަ ނުކުރުމަކީ ގިނަފަހަރަށް ފާޅުވާން އޮންނަ ކަމެކެވެ. (އެހެނަސް އެ ޞިފަ އޮތުމީ ޚަވާރިޖުންނަށް ވުމަށް) ލާޒިމު ކަމެއް ނޫނެވެ.
ދެންފަހެ މުޝްރިކުންނާ ހަނގުރާމަކުރުން ދޫކުޅައުމަކީ އެވެރިންގެ ފުށުގައި ފާޅުކަން ބޮޑު ޞިފައެކެވެ. އެހެނަސް ލާޒިމު ޞިފައެއް ނޫނެވެ. އަދި އެވެރިންގެ ފުށުން މުޝްރިކުންނަށް އޮންނަ ގެއްލުމަށް ވުރެ އެވެރިން ފުށުން މުސްލިމުންނަށް އޮތް ގެއްލުން ބޮޑު ގޮތުގައި މެނުވީ އެއްވެސް ޒަމާނެއްގައި ޚަވާރިޖުން ފާޅުނުވެއެވެ. މިހެނީ މުރުތައްދުންނާ ހަނގުރާމަ ކުރުމުގައި ޚަވާރިޖުން އަހުލުއް ސުންނަތާއި އިއްތިފާޤުވެއެވެ. އަދި ކާފަރު އަޞްލީންނަށް ވުރެ އެކަން އިސްވެގެންވާކަމުގައިވެސް އެވެ. އެހެނަސް އެވެރިންގެ މަގުފުރެދުން ވަނީ މުރުތައްދުން ކަނޑައެޅުމުގައެވެ.
އަދި އެވެރިން ޢަބޫ ބަކުރު އާއި ޢުމަރު، މުޝްރިކުންނަށް ވުރެ މުރުތައްދުންނާ ހަނގުރާމަ ކުރުން އިސް ކުރެއްވީތީ މަތިވެރިކުރެއެވެ. އެހެނަސް މުޝްރިކުންނާ ހަނގުރާމަކުރުން އެވެރިން ޙަރާމް ނުކުރެއެވެ. އެވެރިންދެކެނީ އެކަމުގެ ބޭކާރުކަމަށެވެ. އަދި އެވެރިންގެ ތެރެއިން ބައެއް މީހުން އެކަމުގައި ބައިވެރިވިއެވެ. އަދި އޭގައި ބައިވެރިވުމީ އެވެރިން ފުށުން ޚަވާރިޖު ކަމުގެ ނަން ނަފީ ކުރަނިވި ކަމެއް ނޫނެވެ. އެއީ އިހު ބުނެވުނު ލާޒިމުވެގެންވާ ދެޞިފަ އެވެރިންފުށުގައި ހުރި ހިނދަކުއެވެ.
އަދި އަޞްޙާބުންގެ ޒަމާނުގައި ޚަވާރިޖުން ބައެއް މުޝްރިކުންނާ ހަނގުރާމަ ކުރިއެވެ.
(ފުރަތަމަ ބައި މިހިސާބަށް — ނިމުނީ)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.