އަދި އަޞްޙާބުންނަށް ފާޑުކިޔުމަކީ، އެބޭކަލުން ނަށް ފާސިޤު ކަމެއް ނޫނީ މަގުފުރެދުމެއް ދައްކައި، ޖަރަޙަ (ކުށެއް ދައްކައި އިތުބާރު ކެނޑުން)…
④
އަދި އަޞްޙާބުންނަށް ފާޑުކިޔުމަކީ، އެބޭކަލުން ނަށް ފާސިޤު ކަމެއް ނޫނީ މަގުފުރެދުމެއް ދައްކައި، ޖަރަޙަ (ކުށެއް ދައްކައި އިތުބާރު ކެނޑުން) ނަމަ، މިކަމުގައި ބެލުމެއް ވެއެވެ: އެބޭކަލުންނީ ރަސޫލު ﷲ ﷺ އެބަޔަކަށް ޖަންނަތް ހެކިވެ ވަޑައިގެންނެވި ދިހަ ޞަޙާބީން ތެރެއިން ބޭކަލަކާއިމެދުގައި ނަމަ، މި އިޢުތިޤާދުގެ ސަބަބުން އެމީހެއް ފާސިޤަކަށް ވެއެވެ. އެމީހެއްގެ ހެކިބަސް ކެނޑިގެންވާ ފާސިޤަކަށެވެ.
ދިހަ ބޭކަލުން ތެރެއިން ނުހިމެނޭ ބޭކަލެއް ނަމަ، އޭގައި ބެލުމެއް ވެއެވެ: އެއީ ބައިޢަތުއް ރިޟްވާނުގެ ތެރެއިން ހިމެނޭ ބޭކަލެއް ނަމަ، އެއިން ބޭކަލެއް ފާސިޤު ކުރުމުގެ މައްޗަށް އެމީހެއް ފާސިޤެއް ކަމުގައި ކަނޑައެޅެއެވެ. އެހެނީ ﷲ تعالى ވަނީ އެވެރިންނަށް ރުއްސަވާ ވޮޑިގެންވާކަމުގެ މައްޗަށް ޚަބަރު ދެއްވާފައެވެ.
އަދި ބައިޢަތުއް ރިޟްވާނުގެ ބޭކަލުން ތެރެއިން ނުހިމެނޭ ބޭކަލެއް ނަމަ، އޭގައި ބެލުމެއް ވެއެވެ: އެއީ އަލްޖަމަލް އާއި ޞިއްފީނު ހަނގުރާމައިގެ ޞަޙާބީން رضي الله عنهم ގެ ދެބަސްވުމުގެ ކުރިން ވާ ބޭކަލެއް ނަމަ، އަޞްޙާބުން ފާސިޤު ކުރިކަމަށްޓަކައި އެމީހަކީ ހެކިބަސް ރައްދުވެގެންވާ ފާސިޤެއް ކަމުގައި ވެއެވެ.
އެބޭކަލަކީ ޖަމަލާއި ޞިއްފީނުގެ ދެބަސްވުމުގެ ތެރޭގައި ވެއްޖެ ބޭކަލެއް ނަމަ، އަހަރެމެން އަދި އެހެން މަޛުހަބުތަކުގެ ޢިލްމުވެރިން ތެރޭވެސް އެކަމުގައި ޚިލާފުވެއެވެ. (އެބޭކަލުން ފާސިޤު ކުރާމީހާ) މިނެކިރުން ވަނީ ކުރިން ބުނެވުނު ޙުކުމުގެ މައްޗަށް ތޯ ނުވަތަ ނޫންތޯ އެވެ؟ ދެބުނުމަކަށެވެ.
އެކައްޗަކީ: އަދި މިއީ ގިނަ ބޭކަލުންގެ ނަޒަރެވެ. އެއީ އެބޭކަލުން ވަނީ ރަސޫލާ ކުރެއްވި ޙުކުމުގެ މަތީ ދާއިމީކޮށް ކަމެވެ. އެބޭކަލުންގެ އެތެރެފުށާއި ބޭރުފުށްވެސް ޢަދުލުވެރިކަމުން ނުނެއްޓި ވުމުގައެވެ. އަދި އެބޭކަލުން ރިވާޔަތްތައް ނަގުލުކުރެއްވުމާއި އެބޭކަލުންގެ ހެކިބަހުގެ އިތުބާރުވައި އެއްވެސް ޝައްކެތް ނުވާކެމެވެ. ޞަޙާބީން ކަމުގެ ޙުކުމް ދެމިއޮތް ކަމެވެ. އަދި އެބޭކަލުން ކުރެ ބޭކަލެއް ފާސިޤު ކޮށްފި މީހާ، އެބޭކަލެއް ފާސިޤު ކުރުމުގެ ސަބަބުން މީހެއް ފާސިޤެއް ކަމުގައި ވެދާ ކަމެވެ. އެހެނީ އެބޭކަލުންނީ އެބޭކަލުންގެ ދެބަސްވުމުގައި (ދަލީލު މާނަކުރެއްވުމުގައި އެހެންޏާ ކުށްޖެހި ނޫނީ ތެދަށް) ތައުވީލުކުރެއްވި ބޭކަލުންނެވެ.“
— މިހިސާބަށް، ޝެއިޚް ޙައްސާން ޙުސައިން އައްޞޫމާލީ ގެ ބަސްކޮޅު. (އަދި މީގެ ފަހަތުންވެސް ޝެއިޚް ތަފްޞީލުތަކެއް ގެންނަވައެވެ. އެއަށް ރުޖޫޢަވުމަށް އެދޭ އަޚަކު، މިޕޯސްޓް އަށް ރުޖޫޢަވާށެވެ.)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.