އިބްްނު ވަހްބު ގެ "އަލްޖާމިޢު" ގައި ވެއެވެ: ”ޞަބީޣު ފޮތްތަކާއި އެކު މީސްތަކުން ތެރޭ އެނބުރެއެވެ. އަދި ބުނެ އުޅެއެވެ: ފިޤުހުވެރިވާންއުޅޭ…
②
އިބްްނު ވަހްބު ގެ "އަލްޖާމިޢު" ގައި ވެއެވެ: ”ޞަބީޣު ފޮތްތަކާއި އެކު މީސްތަކުން ތެރޭ އެނބުރެއެވެ. އަދި ބުނެ އުޅެއެވެ: ފިޤުހުވެރިވާންއުޅޭ މީހެއް، ﷲ ފިޤުހުވެރި ކުރައްވައެވެ. އުނގެނޭ މީހަކަށް ﷲ އުނގަންނަވާ ދެއްވައެވެ. ދެން ޢުމަރު އޭނާ ހިފަހައްޓައި، ކަދުރު ފަނުގެ ތެތް ވޮށިން ތެޅުއްވިއެވެ. ދެން އެހިކޭހިނދު އޭނާ ނެރެ އެއިން ތަޅުއްވައެވެ. ދެން އޭނާ ބުނެފިއެވެ: ”އޭ އަމީރުލް މުއުމިނީން އެވެ. ކަލޭގެފާނު އަހަރެން ޤަތުލުކުރުމަށް އެދޭނަމަ، އެކަން ކުރައްވާށެވެ. އެހެންނޫންނަމަ، ފަހެ ކަަލޭގެފާނު އަހަރެން (އެބަލިން) ދުޅަހެޔޮ ކުރައްވައިފިއެވެ. ﷲ ކަލޭގެފާނު ދުޅަހެޔޮކުރައްވާށިއެވެ.“ އެހެންކަމުން ޢުމަރު އޭނާ ދޫކޮށްލެއްވިއެވެ. الجامع لابن وهب (١٥١١)
އަބޫ ދާވޫދު ވިދާޅުވިއެވެ: އަހަރެންްނަށް (އިމާމް) އަޙްމަދު ފެނިގެން، އެކަލޭގެފާނާއި އަރައިހަމަ ކުރެވުނު އިރު، ބަޣްދާދުގެ އަހުލުން ތެރެއިން ވަޤުފް ކުރި މީހުން ކުރެ މީހަކު، (އެބަހީ: ޖަހުމީންގެ ބިދުޢަ އާއި މެދު އެއްކޮޅެއްވެސް ދެކޮޅެއްވެސް ނުހެދުމުގެ ރައުޔުގައި ތިބި މީހުން ތެރެއިން މީހެއް) އެކަލޭގެފާނަށް ސަލާމް ގޮވިތަަންް ފެނުނެވެ. އެކަލޭގެފާނު އެމީހަކަށް ވިދާޅުވިއެވެ: ”އަހަރެންނާ ދުރަށް ޖެހޭށެވެ. އަހަރެންގެ ގޭގެ ދޮރު ދޮށަށް ކަލޭ ގާތްވުމަކަށް ނުއެދެމެވެ.“ އަދި ވަރަށް ހަރުކަށިކޮށް ބަސްވިދާޅުވިއެވެ. އަދި އޭނާގެ ސަލާމަށް ޖަވާބެއްވެސް ނުދެއްވައެވެ. އަދި ވިދާޅުވިއެވެ: ”ފަހެ ޢުމަރު ޞަބީޣަށް ކަންތައް ކުރެއްވިފަދައިން ކަލެއަށްވެސް ކަންތައް ކުޅައުމަށް އަހަރެންނަށް ބާރުނާޅާށެވެ.“
އަދި އައްޝާފިޢީ ބައެއް ހަވާނަފުސުގެ އަހުލުންނާ މެދު ވިދާޅުވިއެވެ: ”އަހަރެންގެ ސުންނަތަކީ އެކަމުގައި ޞަބީޣު އާއިމެދު ޢުމަރު ކަންތައް ކުރެއްވިގޮތެވެ. އެހެނީ ހަވާނަފުސަށް އަރައިގަނެފައިވާ މީހާ، އަދި ދަލީލަށް ތަބަޢަނުވެއްޖެ މީހާ، އޭނާ ވަނީ މަގުފުރެދިފައެވެ. އަދި އޭނާ އަނެކުން މަގުފުރައްދައެވެ. ވީމާ އޭނާ ޙައްޤެއް ބާޠިލެއް ފަރަޤެއް ނުކުރެއެވެ. އަދި ޞައްޙަ އާއި ފާސިދުކަމެއް ވެސްމެއެވެ. އަދި ހަވާ ނަފުސު ޙައްޤަށް ވުރެ ބާޠިލަށް ދާދިއުން އަވަސް ވަނީ، ބާޠިލުގެ ލުއި ކަމާއި ޙައްޤުގެ ބުރަ ކަމުންނެވެ.“
އަދި އަލްޢަވާޖީ އަށް ދެއްވި ރައްދުގައި، އައްޝެއިޚް ޙަމޫދު ބުނު ޢުޤްލާ އައްޝުޢައިބީ ވިދާޅުވިއެވެ: ”ކާފަރުން އަދި ކިލަނބުވެފައިވާ ނޫނީ ގޮތްނޭގެ ލިޔުންތެރީން، އެވެރިންގެ އެ ޤަބޫލުކުރުންތައް ފެތުރުމަށް އަހަރެމެންގެ ތެރެއަށް ވަަނުމަށް ހުއްދަކަމަށް ދެކުމަކީ، ރަސޫލު ﷲ صلى الله عليه وسلم ގެ ޢަޞްޙާބުން ތިއްބެވި ގޮތާއި ޚިލާފުކަމެކެވެ. އެއީ ޞަބީޣު ގެ ކަންތަކުގައި ޢުމަރު رضي الله عنه އޭނާގައިގާ ތެޅުއްވި ފަދައިންނެވެ. ވަކިން ޚާއްޞަކޮށް މިއީ ޢާންމުންގެ ތެރޭގައި ނަމައެެވެ. އަދި ކުފުރުވެދާނޭފަދަ ނުވަތަ އެވެރިންގެ ފިކުރުތަކަށް އޮޅުން އަރާފާނެ މީހުން ތެރޭގައި ނަމައެވެ.“ (رسالة الشيخ حمود بن عقلاء الشعيبي
للدكتور محسن العواجي)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.