އަސީރަކީ ކޮބާ؟
📌 އަސީރަކީ ކޮބާ؟
"އަސީރު" އޭކިޔެނީ ތަނެއްގައި ބަންދު ކުރެވިފައިވާމީހާއަށެވެ. އަދި "ޙަބަސަ" (ހައްޔަރު) ކުރެވިފައިވާ މީހަކީ މިނިވަންކަމާއި އެކު ހިނގައިބިނގައި އުޅުން މަނާކުރެވިފައިވާ މީހާއެވެ. "ރަހީނު" ކުރެވޭމީހަކީ އަސީރުގެ ބާވަތެކެވެ. އެހެނަސް ރަހީނަކީ ބަދަލެއް ކަނޑައަޅައިގެން ކުރެވޭ ހައްޔަރެކެވެ. އަދި "ސަބިޔު" އަކީ ހަނގުރާމައިގައި އަޅުވެތި ކުރެވޭ އަންހެނުންނާއި ކުޑަކުދިންނެވެ. ހަނގުރާމައިގައި ވަކިގޮތެއް ކަނޑަނޭޅި ވާނަމަ އެވެރިންނަކީ އަދި އަޅުންނަށް ނުވެއެވެ. އެހެނަސް އަސީރުންގެ ބައިގަނޑެކެވެ.
އެހެންކަމުން އަސީރެއް ކަމަށް އަހަރެމެން މިބުނަނީ މިފަދަ އެންމެހާ މުސްލިމު ހައްޔަރީންނަށެވެ. ހައްޔަރެއްގައިވިޔަސް، ޖަލެއްގައިވިޔަސް، ރަހީނެއްގޮތުގައި ވިޔަސް، އެވެރިންގެ އިޚްތިޔާރާއި ނުލައި އިސްލާމްދީނުގެ ޢަދުއްވުން ހިފަހައްޓާފައިވާ މީހުންނެވެ. އެވެރިން ޖަލުތަކުގައިވެސް ތިބެދާނެއެވެ. ނުވަތަ ރިހެބިލިޓޭޝަން އެއްގައި ނޫނީ ކޭންޕެއްގައި ނޫނީ ޓެގު އަޅުވާފައި ނޫނީ މިނޫންވެސް ގޮތަކަށް އެވެރިންގެ މިނިވަންކަން ހަނިކޮށްފައިވާ ބަޔެއްގެ ބާރާއި ބެލުމުގެ ދަށުގައެވެ. މިހަނިކުރުމަކީ، ކުޑަގޮޅިޔެއް ނޫނީ ބަންދުކުރެވިފައިވާ ދޮރެއް ނޫނީ ފެންސެއް ނޫނީ ބިޑިއެއް ނޫނީ ޗެންޗޭނު ނޫނީ މިނޫންވެސް ހިފެހެއްޓުމުގެ އާލާތެއް ނޫނީ ފާރެކެވެ.
📌 ރުޚްސާ
އަލްޣަޒާލީ ވިދާޅުވިއެވެ: "މިބަހުން މުރާދަކުރަނީ، އެއްޗެއްގެ މަނާކަން ދެމިއޮވެމެ، ޢުޛުރެއް ނޫނީ ނުކުޅެދުމެއްގެ ސަބަބުން މުކައްލަފަކަށް އެކަން ކުރުން ހުއްދަވާ ކަންކަމެވެ."
މިގޮތުން ރުޚްސާގެ ތެރޭ:
ހ. ވާޖިބު ރުޚްސާ (މިސާލަކަށް ބަނޑަށް މަރުވެދާނެ ހާލަތުގައި މުޅަމަސް ކެއުން) އާއި
ށ. މަންދޫބު (އެދެވިގެންވާ) ރުޚްސާ (މިސާލަކަށް ދަތުރުމަތީ ނަމާދު ޤަޞްރު ކުރުން) އާއި،
ނ. މުބާހު (ހުއްދަ) ރުޚްސާ (މިސާލަކަށް މުދަލު ޒަކާތް ކުރިޔަށްލައި ނެރުން އަދި ހިކި މޭވާ ގެ އަގު އަންދާޒާކޮށް ހިކިނޫން މޭވާއެއް ވިއްކައި އެބޭނުން ކުރުން) އަދި
ރ. އޭގައި ނުހިފުން ބޮޑަށް އެދެވިގެންވާ (އެހެނަސް ހުއްދަ) ރުޚްސާ ހިމެނެއެވެ. (މީގެ މިސާލަކީ ދަތުރުމަތީ ފަރުޟު ރޯދަ ދޫކުރުމުގެ ރުޚްސާއެވެ.)
އަދި އިކުރާހުގެ ހާލަތުގައި އޭނާއަށް މަޖުބޫރު ކުރެވޭ ކަންތައް ކުރުމަކީ މިފަހުން މިބުނެވުނު ފަދަ ރުޚްސާއެކެވެ. އެންމެ އެދެވިގެންވަނީ ޘާބިތުވެ ހުރުމެވެ. އެއީ އެކަމުގައިވާ އަޖުރާއި ދަރަޖައަށްޓަކައެވެ.
އަދި މިކަމުގެ މިންވަރު ހާލަތްތަކުގެ މައްޗަށް ތަފާތުވެދާނެއެވެ. (އަދި މިއީ މިކަމަށް އިތުރު ތަފްޞީލުބޭނުންވާ ކަމެކެވެ.)
🔻 ޤަވާއިދެއް: މުކްރިހު (މަޖުބޫރުޙާލަތުގައިވާ)މީހާ ޢުޛުރުވުން
މީހެއް ޞައްޙަ އިކުރާހުގެ ޙާލަތަށް ވެއްޓިއްޖެ ނަމަ، އެމީހަކަށް މިކަމުގެ ރުޚްސާގައި ހިފުން ހުއްދަވެގެންވެއެވެ. އެބަހީ އޭނާ ހައްޔަރު ކުރި މީހުންގެ އެ އިކުރާހު ކުރުވާ ކަންތަކަށް ބޯލެނބުމެވެ. އެއީ އައްމާރު ބުނު ޔާސިރުގެ ހާދިސާގައި ވާފަދައިންނެވެ.
🔻 ޤަވައިދެއް: މި ރުޚްސާގައި ނުހިފުން މޮޅު އިތުރެވެ. އެއީ އޭގެ ސަބަބުން ތިމާ މަރުވިޔަސް އެވެ.
އަދި މިކަމަށް ތަފާދު ދަލީލް ނައްސުން ވެއެވެ. އަދި އިބްނު ބައްތާލް މިކަމުގެ މައްޗަށް އިޖުމާޢު އެއް ގެންނެވިއެވެ. އަދި އިބްނު ޢަރަބީ މިކަމުގައި ޢިލްމްވެރިން އިއްތިފާޤުވެފައިވާ ކަމަށް ވިދާޅުވިއެވެ. (ޚުލާސާ)
(ނުނިމޭ)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.