ﷲ تعالى ވަޙީ ކުރެއްވިއެވެ
ﷲ تعالى ވަޙީ ކުރެއްވިއެވެ:
مَن كَفَرَ بِٱللَّهِ مِنۢ بَعْدِ إِيمَٰنِهِۦٓ إِلَّا مَنْ أُكْرِهَ وَقَلْبُهُۥ مُطْمَئِنٌّۢ بِٱلْإِيمَٰنِ وَلَٰكِن مَّن شَرَحَ بِٱلْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌ
އީމާން ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ ޙާލު، އިކުރާހު ވެގެންވާ މީހާ މެނުވީ، އީމާން ވުމަށްފަހު، اللَّه އަށް ކާފިރު ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: އިކުރާހުގައި ވެގެންވިޔަސް) ކާފިރު ކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّه ގެ ޙަޟްރަތުން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ ޢަޛާބު، އެއުރެންނަށްހުށްޓެވެ." (އައްނަޙްލު 16:106)
އިބްނު ޙަޖަރު ވިދާޅުވިއެވެ: "އަދި މިއާޔަތް ބާއްވައިލެއްވުނީ އެކަލޭގެފާނު، (ޢައްމާރު ބުނު ޔާސިރު) އާއިމެދުކަމަށް އެބޭފުޅުން އެއްބަސްވެލެއްވިއެވެ."
މިޙާދިޘާގެ ޙަދީޘުން ސާބިތުވަނީ، ޢައްމާރަށް އަނިޔާކުރެވި މަޖުބޫރު ކުރެވުނީ މުޝްރިކުންގެ ކަލާނގެތަކަށް ޘަނާކިޔައި ނަބިއްޔާ އަށް ހުތުރުބަސް ރައްދުކުރުމަށް ކަމެވެ. އަދި އެކަން އެފަދއިން ހިނގިއެވެ.
"އައްނަޚާޢީ ވިދާޅުވިއެވެ: "އަތްފައި ބަނދެވުމަކީ އިކުރާހެވެ. ޖަލަށްލެވުމަކީ އިކުރާހެވެ." އަދި މިއީ މާލިކްގެވެސް ރައުޔެވެ. ...އަދި މާލިކް އާއި ދަރިވަރުން ދެކިލައްވަނީ (އިކުރާހަށް ވުމަށްޓަކައި) ތެޅުމާއި ޖަލަށްލުމުގައި ވަކި މިންވަރެއް ނުވެއެވެ. އަދި މިއާއި ޚިލާފަށް އެތެޅުމަކުން ތަދު އިހުސާސް ވާނަމަ ފުދެއެވެ. އަދި އެ ހައްޔަރުވުމުގެ ސަބަބުން ހިތްދަތިކަން އިހުސާސްވާ މިންވަރު ފުދެއެވެ. އަދި ވެރިމީހާ އާއި އެނޫން މީހުންގެވެސް މަޖުބޫރުކުރުވުން މާލިކްގެ ނަޒަރުގައި އިކުރާހެވެ."
الجامع لأحكام القرآن (تفسير القرطبي) 10/169
އަދި އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
"އެހެނަސް އެކަމުގެ މައްޗަށް އެމީހާ އިކުރާހު ކުރެވިއްޖެނަމަ، (އެހެނީ) އެކަން އޭނާ ނުކޮށްފިނަމަ، އޭގެ ސަބަބުން އޭނާ ގައިގާ ތެޅުން ނޫނީ ޖަލަށްލެވިދާނެ ނަމަ...."
އަދި މިއިން ޖަލަށް ލެވުމަކީ އޭގެ ސަބަބުން އިކުރާހު އައިސްދާނޭ ކަންކަމުގެ ތެރެއިން ކަމެއް ގޮތުގައި އެކަލޭގެފާނު ދެކިލައްވާކަން ސާފެވެ.
(ނުނިމޭ)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.