ހ) ޢަޞަބިއްޔަތުގެ ބާރާއި، ޖާހިލިއްޔަތުގެ މުޖުތަމައުއަށް އެ ވެރިވެފައިވާ މިންވަރު
ހ) ޢަޞަބިއްޔަތުގެ ބާރާއި، ޖާހިލިއްޔަތުގެ މުޖުތަމައުއަށް އެ ވެރިވެފައިވާ މިންވަރު
އައްޒުހުރީ ޛިކުރު ކުރެއްވިއެވެ: އަބޫ ޖަހުލާއި އޭނާ އާއި އެކު ވީ ޖަމާއަތެއް - އޭގެ ތެރޭ އަލްއަޚްނަސް ބުނު ޝަރީޤް އާއި އަބޫ ސުފްޔާން - ރަސޫލު ﷺ ރޭގަނޑުގައި ކިޔަވާ ވިދާޅުވާ އަޑު އަހައެވެ. އެހެންކަމުން އަލްއަޚްނަސް އަބޫ ޖަހުލު އައި ސުވާލުކުރިއެވެ: އޭ އަބުލް ޙަކަމް އެވެ! މުޙައްމަދު ފުށުން ކަލޭ އަޑު އެހި (ޤުރުއާނާއި) މެދު ރައުޔުއަކީ ކޮބައިހެއްޔެވެ؟ އަބޫ ޖަހުލު ބުންޏެވެ: ޝަރަފުވެެިކަމުގައި ބަނީ ޢަބްދު މަނާފް (އެބަހީ، ﷲ ގެ ރަސޫލުގެ ޤަބިލާ) އާއި އަހަރެމެން ވާދަ ކުރީމެވެ. އެވެރިން ކާންދޭ ފަދައިން އަހަރެމެން ކާންދެމެވެ. އެވެރިން ޒިންމާ އުފުލާފަދައިން އަހަރެމެން އުފުލަމެވެ. އަދި އެވެރިން ހޭދަ ކުރާ ފަދައިން އަހަރެމެންވެސް ހޭދަކުރަމެވެ. އެއީ އަހަރެމެން އެވެރިންނާއި ކަރާއި ކަރު ޖައްސައި، އެއްހަމަޔަކު ވާދަޔަށް ދުއްވަމުން ދިޔަ ދެއަސްފަދައިން ތިއްބައި، އެވެރިން މިހެން ބުނުމާއި ހަމައަށެވެ: "އަހަރެމެން ތެރޭން އުޑުން ވަޙީ ބާއްވައިލެއްވޭ ނަބިއްޔެއް އައިސްފިއެވެ." އަހަރެމެންނަށް އެއާއި އެއްފަދަ ވެވޭނީ ކިހިނަކުން ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ދުވަހަކުވެސް އެއަކަށް އީމާނެއް ނުވާނަމެވެ. އަދި އެ ތެދެއްވެސް ނުކުރާނަމެވެ. [1]
ﷲ ގެ ރަސޫލު ﷺ ގެ ކިޔަވާ ވިދާޅުވުން އަޑުއެހުމަށް މިވެރިން، ތިން ރޭ ވަންދެން ދިޔައެވެ. އަދި ރަސޫލަށް އެއުރެންނާއި ބެހޭގޮތުން އެނގިވަޑައި ނުގަންނަވައެވެ. ދެން އެވެރިން އެކަކު އަނެކަކާއި ދިމާވެ އަލުން އަނބުރައި ނުދިޔުމަށާއި އަޑުނޭހުމަށް ވަޢުދުވެއެވެ. ޤުރުއާން އެވެރިންގެ ނަފްސުތަކަށް ހިތްހަމަޖެހުން ގެނުވައެވެ. އެހެނަސް ޢަޞަބިއްޔަތު މިވެރިން - ވަކިން ޚާއްޞަ ކޮށް އަބޫ ޖަހުލު - މި ބޭއިންސާފު ގޮތްދޫނުކުރާ ނިންމުމަށް ގެނުވިއެވެ.
މި އަބޫ ޖަހުލު ޤަތުލު ވީ ބަދުރު ގައެވެ. އަދި ޢަބްދު ﷲ އިބްނު މަސްޢޫދު رضى الله عنه އޭނާގެ ކަރުމައްޗަށް އަރައިވަޑައިގެން ސުވާލުކުރެއްވިއެވެ: "ﷲ ތިބާ ނިކަމެތި ކުރައްވައިފި ނޫންހެއްޔެވެ! އޭ ﷲ ގެ ޢަދުއްވެވެ!" އޭނާ ޖަވާބުދިނެވެ: ފަހެ އެމީހެއްގެ އަމިއްލަ މީހުން ޤަތުލުކުޅަ މީހެއްގެ މައްޗަށް ވަކި އިތުރުމީހެއް ގަދަވެވުނީ ހެއްޔެވެ؟" އެބަހީ: އެމީހެއްގެ މައްޗަށް ޢައިބެއް ނުވެއޭ އެވެ. އެހެނީ އޭނާ ޤަތުލު ކުރީ އޭނާ އާއި އެއް ޝަރަފެއްގެ އޭނާގެ ޤަބީލާއިން ކަމުންނެވެ! [2]
މަރުވުމާއި ހަމައަށް ވެސް ޢަޞަބިއްޔަތެވެ!
ނުނިމޭ
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.