އަރިމަތީ ބާބު 1
🔻 އަރިމަތީ ބާބު 1
އަސީރުންނަށް އެހީތެރިވުން - ވަކިން ޚާއްޞަކޮށް އެވެރިން މިނިވަން ކުރުމަށްޓަކައި ﷲ ގެ ޙުކުމް ނޫން ޙުކުމަކަށް މަޖުބޫރު ކުރުވާފައިވާ ނިޡާމް އެއް ތެރެއިން މަސައްކަތް ކުރުން - އެއްވެސް ޝައްކެތް ނެތްގޮތުގައި މިބަޔާންވެވުނު ބައިތަކުގެ ތެރެއިން ބަޔަކަށް ވަނުން އެކަށީގެން ވެއެވެ. އެބަހީ އިކުރާހުގެ ސިފައިގެ ތެރެއަށެވެ.
އަދި މިއީ މިހާތަނަށް މިކަމުގައި މުޥައްޙިދު އަޚުން ޢަމަލުކުރަމުން އައިސްފައިވާ ގޮތެވެ. އަދި އެއްވެސް މުއުތަބަރު ޢިލްމިވެރިޔެއް މިއާއި ޚިލާފުވެފައިވާތަން އަހަރެންނެއް ނުދެކެމެވެ. އެއީ މި މައުޟޫޢުގެ މައްޗަށް ޢިލްމިވެރިޔެއް ދެއްވާފައިވާ ޞަރީޙަ ފަތުވާއެއް ނުފެނުނަސް އެވެ.
އެހެނަސް އިހުބަޔާން ކުރެވުނު ޢާންމު ރައުޔުތަކާއި ދަލީލުތަކުގެ މައްޗަށް ބަލާ، އަސީރުންނަށް އެހީތެރިވުމުގެ މައްސަލައަށް ބާރުދޭ ބަޔެއް ބަސްތައް ތިރީގައި ފާހަގަކޮށްލަމެވެ:
1. އިބްނު ޙަޒަމްرحمه الله ގެ ފަތުވާ (މިއީ ކުރިން މިލިޔުމުގައި ޛިކުރުކޮށްފައިވާ ބަސްކޮޅެކެވެ.)
އިބްނު ޚަޒަމް رحمه الله ވިދާޅުވިއެވެ : އިކުރާހަކީ ބަހުގެ ގޮތުން އިކުރާހޭ ބުނެވޭ ކޮންމެ އެއްޗެކެވެ. އަދި ޙިއްސުން އެއީ އިކުރާހުކަން އެނގިގެންވާ ކޮންމެ ކަމެކެވެ. އެއީ އެމީހެއް ފުށުން އަމާންކަމެއްނެތް، އަދި އެދޭ އިންޒާރަށް ޢަމަލުކުރާނޭ ފަދަ މީހެއް ފުށުން ލިބޭ މަރުގެ އިންޒާރުފަދައެވެ. އަދި މިފަދައިން ތަޅައިގަތުމަށް ދެވޭ އިންޒާރެވެ. ނޫނީ ޖަލަށްލުމަށް ދޭ އިންޒާރެވެ. ނޫނީ މުދާ ނެތިކޮށްލުމަށް ދެވޭ އިންޒާރެވެ."
ދެން ވިދާޅުވިއެވެ:
"ނޫނީ އޭނާ ނޫން އެހެން މުސްލިމެއް މެރުމަށް ނޫނީ ތެޅުމަށް ނޫނީ ޖަލަށްލުމަށް ނޫނީ މުދާ ނެތިކޮށްލުމަށް މިބީދާއިން (އޭނާއަށް) ދެވޭ އިންޒާރެކެވެ. (މިޙުކުމް ބިނާވަނީ) ރަސޫލާ صلى الله عليه وسلم މިޙަދީޘް އަށެވެ: ( المسلم أخو المسلم لا يظلمه ولا يسلمه ) "މުސްލިމަކީ އަނެއް މުސްލިމުގެ އަޚެކެވެ. އަނެކާއަށް އަނިޔަލެއްވެސް ނުކުރާނެއެވެ. އަދި (ޢަދުއްވަކަށް) ހަވާލެއްވެސް ނުކުރާނެއެވެ." إهـ
المحلى (8/330) .
2. އައްޝެއިޚް ނާޞިރް އަލް ފަހްދު فك الله اسره ގެ ފަތުވާ
ފަތާވާ އަލްޙާއިރިއްޔާ ގައި ވިދާޅުވިއެވެ:
"ތާރީޚު ފޮތްތަކުގައި ޛިކުރު ކުރެވިފައިވާ ގޮތުން، 583ހ ގައި ޤުދުސް އަށް ވެރިވުމަށްފަހު ޞަލީބީން "ޢައްކާ" ޝަހަރު ހިޞާރުކުރިއެވެ. ޙިޞާރުވެފައިވާ މުސްލިމުން އަތުގައި ހަތިޔާރާއި ކާބޯތަކެތި ހުރީ ވަރަށް މަދުވެފައެވެ. އެހެންކަމުން ޞަލާޙުއްދީން އާއި އެކަލޭގެފާނާއިއެކު ތިބި ބޭކަލުން، ޞަލީބީންގެ ނައުތަކާއި އެއްގޮތް ނަވެއްގައި މުޖާހިދުންގެ މަޖްމޫޢުއެއް ފޮނުއްވެވިއެވެ. އެވެރިން ތުނބުޅިތައް ބާލައި، ކާފަރުންނާއި އެއް ހެދުމެއް އަޅައި އަދި އެނައުގައި ޞަލީބު އުފުލިއެވެ. ޞަލީބީންނަށް އެބައިމީހުން ފެނުމުން އެއީ އެވެރިންގެ އެކުވެރިންކަމަށް ހީކުރިއެވެ. އެހެންކަމުން (ގާތްނުވެ) ދޫކޮށްލިއެވެ.
މިގޮތުން "ޢައްކާ" އަށް ވަނުމަށް ކުޅަދާނަވެ ، ޙިޞާރުގެތެރޭ، އޭގެ އަހުލުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވުނެވެ. "
ދެން ކާފަރުންގެ ހެދުން އެޅުމާއި ބެހޭގޮތުން ވާހަކަދެއްކެވުމަށްފަހު ވިދާޅުވިއެވެ:
"ދެންފަހެ ޞަލީބު އަދި އެއެއްޗެއްގެ ކުފުރު ޝިޢާރު މަތިވެރިކުރެވޭ "ވަޘަން" ތައް އުފުއްލުމުގެ މައްސަލައަށް ބަލާއިރު، މިއީ ޖާއިޒު ކަމެއް ނޫނެވެ. އެހެނީ އިކުރާހުގެ ޙާލަތުގައި މެނުވީ މިހުއްދަވެގެންނެއް ނުވެއެވެ. އެހެނަސް ބައެއް ޢިލްމުގެ އަހުލުން އެއަށް ހުއްދަ ދެއްވައެވެ. އަދި އެބޭފުޅުން ދަލީލުތަކެއްވެސް ގެންނަވައެވެ. މީގެ ތެރޭގައި:
1. އޭގެ ތެރެއިން ބައެއް ބޭފުޅުން "އިކުރާހު" އާއި "ޟަރޫރަތް" ފަރަޤު ނުކުރައްވައެވެ. އެހެންކަމުން ޟަރޫރަތެއްވާ (ކޮންމެ) ޙާލަތެއްގައި، އިކުރާހުގައި ހުއްދަވާ ކަންކަންވެސް އޭގެ ތެރެއަށް ގެންނެވިއެވެ.
2. ކަޢުބު ބުނު ޢަޝްރަފު ޤަތުލު ކުރެވުނު، މުޙައްމަދު ބުނު މަސްލަމާ ގެ ޙަދީޘް (ޞަޙީޙް އަލްބުޚާރީ 3031)
3. ޙައްޖާޖް ބުނު ޢިލާޠު ގެ ޙަދީޘް (މުޞައްނަފް ޢަބްދުލްރައްޒާޤް 9771) (މިޙަދީޘް މިލިޔުމުގައި ކުރިން ގެނެސްދީފައިވާނެ)
4. ކާފަރުން، މުސްލިމުންނާއި ހަނގުރާމަ ކުރަނީނަމަ، އަދި މުސްލިމުން މައްޗަށް އަރައިގަނެ އެވެރިން އެހެންޏާ ޤަތުލުކުރާނޭނަމަ ނޫނީ އަސީރުކުރާނޭނަމަ ނޫނީ އެވެރިންގެ ބިމުން ނެރެލާނޭނަމަ، ފަހެ މިއީ އިކުރާހުގެ ވައްތަރެކޭ އެވެ. އެހެންކަމުން އެވެރިން މުސްލިމުންނާއި ހަނގުރާމަކޮށްގެން މުސްލިމުން މިޢަމަލު ކުރުމަށް އިކުރާހު ކުރުވީފަދައެވެ. އަދި އިކުރާހުގައި ކުފުރު ހުއްދައެވެ. އެއީ އެހެނަސް ހިތް އީމާންކަންމަތީ ހަމަޖެހިފައި އޮވެއްޖެނަމައެވެ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.