ތިން އަހަރު ވަންދެން، شِعْب أبي طالب އޭ ކިޔުނު ވާދީއެއްގައި (އެންމެހާ މުޢާމަލާތްތަކުން) ގުޅުންކަނޑާލެވި ވަކިކުރެވިފައި މުސްލިމުތަކުން…
②
ތިން އަހަރު ވަންދެން، شِعْب أبي طالب އޭ ކިޔުނު ވާދީއެއްގައި (އެންމެހާ މުޢާމަލާތްތަކުން) ގުޅުންކަނޑާލެވި ވަކިކުރެވިފައި މުސްލިމުތަކުން ތިއްބެވެ. އަދި އޭގެފަހުން އެވެރިން ޙަބަޝާ އަށް ހިޖުރަވެސް ކުރިއެވެ. މި އެންމެހާ ކަމެއްވެސް ވީ، ތަޥްޙީދަށް ދުލެއް ދިނުމަށް އެވެރިން ދެކޮޅުހެދީތީއެވެ. އަދި ކުފުރަކަށް އެއްބަސް ނުވީތީއެވެ.
މިއާއިއެކު، ދަންނައެ، ހަމައެކަނި އިސްތިޘްނާ އޮތީ ޞައްޙަ އިކުރާހެވެ. (الإكراه الملجئ – އިތުރު އިޚްތިޔާރެއް ނެތް، ސަލާމަތެއްނެތް ހަލާކުވަނިވި މަޖުބޫރުން މަޖުބޫރު ކުރެވުމެވެ.) — މިގޮތުން، ވޯޓުލުމުގެ ތަރަހައިގައި، [އިކުރާހުގެ] މިންވަރުގެ އަސާސީ ޙައްދެއްކަމަށް ބެލެވުން ވަނީ، ވޯޓުލުމަށް ގެންދެވި، ބޮލުގައި ބަޑި ޖެއްސެވި، ވޯޓުނުލައިފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިނުން ފަދަ ޙާލަތުގައެވެ.
އަދި މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
އަޙްމަދު މޫސާ ޖިބްރީލް
ރަބީޢުލް އައްޥަލް 8، 1445ހ. ❝
— މަޞްްދަރު، ޝެއިޚްގެ ރަސްމީ ޓްވިޓަރ
~ ގަލަންދާނު
---------------------
[1] މަޖްމޫޢުލް ފަތާވާ 14/470
[2] އައްދުރަރުއް ސަނިއްޔަތި ފިލް އަޖްވިބަތިއް ނަޖްދިއްޔަތި 10/510
[3] سورة البقرة، الآية: 191.
[4] سورة البقرة، الآية: 217.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.