އިބްނު ޙަޖަރުގެ ކުށްތަކުގެ ސަބަބުން އެއީ އަޝްޢަރީ އެކޭ ބުނުމާއި މެދު
❔ އިބްނު ޙަޖަރުގެ ކުށްތަކުގެ ސަބަބުން އެއީ އަޝްޢަރީ އެކޭ ބުނުމާއި މެދު
❞ ޙަދީޘާއި ފިޤުހާއި އެނޫންވެސް ތަކެތީގައި އަލްޙާފިޡު އިބްނު ޙަޖަރުގެ ފޮތްތަކަށް މީސްތަކުން މިއަދުވަނީ ބަރޯސާވާންޖެހިފައެވެ. އެއީ އެކަލޭގެފާނު رحمه الله تعالى އަކީ، އަސްމާއު ވައްޞިފާތުގެ ބާބުގައި ގިނަގުނަ (ކުށް) ތައުވީލު ތަކެއް ހުރި ބޭފުޅެއް ކަމުގައި ވާހިނދުގައެވެ. އެހެންވިޔަސް އަލްޙާފިޡު އަކީ އަޝްޢަރީ އެއް ކަމުގައި އަހަރެން ނުދެކެމެވެ. ތެދެކެވެ. އިބްނުޙަޖަރު ފުށުގައި އަޝްޢަރީންނާއި އެއްގޮތްވާ ކުށްތައް ވެއެވެ. އެހެނަސް މީގެމާނައީ އޭނާގެ ރައުޔުތެރޭ ކުށްޖެހޭ ކޮންމެ މީހަކީ އަޝްޢަރީންތެރޭ ލެވޭ މީހެކޭ ނޫނެވެ. އަހަރެމެން ބުނަނީ: އަލްއަސްމާއު ވައްޞިފާތުގެ ބާބުގައި އެއީ އަޝްޢަރީއެކޭ އެވެ. އެހެނަސް އެއީ ކަނޑައެޅިގެން އަޝްޢަރީއެކޭ ބުނުން، ޞައްޙައެއް ނޫނެވެ. އެހެނީ އެކަލޭގެފާނު رحمه الله تعالى އެތަކެއް ތަނެއްގައި އަޝްޢަރީންނަށް ރައްދު ދެއްވާފައި ވެއެވެ. އޭގެތެރޭ އާޙާދު ރިވާޔަތް ތަކުގެ ކަންތަކާއި، އަދި ވެސް (މިނޫން) އެތައް ގިނަ ނިންމެވުންތަކެއްގައި އަޝްޢަރީންނަށް ރައްދު ދެއްވިއެވެ. ވީމާއެކަލާގެފާނު رحمه الله تعالى އަކީ އެންމެހާ ނަޒަރަކުން އަޝްޢަރީއެއް ނޫނެވެ.
އާއެކެވެ. އަލްއަސްމާއު ވައްޞިފާތުގެ ބާބުގައި އަޝްޢަރީންނާއި އެކަލޭގެފާނު އެއްބަސްވެފައި ވެއެވެ. އަހަރެމެން ބުނަނީ، އަލްއަސްމާއު ވައްޞިފާތުގެ ބާބުގައި އަޝްޢަރީއޭ.. ދެންފަހެ އެންމެހާ ވަޖުހަކުން އަޝްޢަރީއެކޭ ބުނުން ނުވަތަ (އެބީދާއިން) އަލްއިމާމު އައްނަވަވީ އަކީ އަޝްޢަރީއެކޭ ބުނުން، އެއީ އެންމެހާ ވަޖުހަކުން، މި ބުނުން ޞައްޙަ ނޫނެވެ.
ދެން މީގެ މައްޗަށް އެކަލޭގެފާނުގެ ފޮތްތަކުން ފައިދާލިބިގަނެގެން ނުވާނޭ ކަމަށް ކަނޑައެޅުން، މިއީ ޞައްޙަ ނޫން ބުނުމެކެވެ. އަލްޙާފިޡު އައްނަވަވީ ކުށްޖެހިފައިވަނީ ކިހިނެތްކަން އަހަރެމެންނަށް އެނގެއެވެ. އަދި ޢިއްޒު ބުނު ޢަބްދުއްސަލާމް ކުށްތައް ވަނީ ކިހިނެއްކަންވެސް މެއެވެ. އަދި ހަމަ އެފަދައިން އަލްޙާފިޡު އިބްނު ޙަޖަރުގެ ވެސް ކުށްތަކެވެ. އަދި މިއާއި އެކުވެސް މީސްތަކުންނަށް އިބްނު ޙަޖަރުގެ ފޮތްތަކުން ފައިދާލިއްބައިދިނުން ކެނޑިނުދެއެވެ. އެއީ އަހްލުއް ސުންނަތި ވަލްޖަމާޢަތި އާއި ޚިލާފު ބައެއް ތަކެތި އޭގައި ވާހިނދުގައެވެ.❝
— އައްޝެއިޚް އަލްމުޙައްދިޘް، ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.