ﷲ ބާއްވައިނުލައްވާ އެއްޗަކުން ޙުކުމް ކުރުމުގެ މައްސަލާގައި ”ކުފުރަށް ނުވާ ކުފުރޭ“ ބުނެވޭ ޙާލަތާއި އިބްނު ޢަޢްބާސްގެ ރިވާޔަތުގެ ޙުކުމް
🔴ﷲ ބާއްވައިނުލައްވާ އެއްޗަކުން ޙުކުމް ކުރުމުގެ މައްސަލާގައި ”ކުފުރަށް ނުވާ ކުފުރޭ“ ބުނެވޭ ޙާލަތާއި އިބްނު ޢަޢްބާސްގެ ރިވާޔަތުގެ ޙުކުމް
{الشيخ المحدث سليمان العلوان — ثبته الله}
①
ސުވާލު: އަހަރެމެންގެ ޝެއިޚެވެ. އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން، ﷲ ގެ ޙުކުމް ނޫން އެއްޗަކުން ޙުކުމް ކުރުމުގެ މައްސަލާގައި ރިވާވެފައިވާ، «كفرٌ دون كفر» (އެއީ ކުފުރަށް ނުވާ ކުފުރޭ) — މިއަޘަރުގެ (ޞަޢްޙަކަމުގެ) މައްޗަށް ޝެއިޚުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު: ❞ މިއީ މަޢުލޫލް (ބަލިކަށި) ރިވާޔަތެކެވެ. އެހެނީ އިބްނު ޢައްބާސް ގެ އަރިހުން އެކަލޭގެފާނު (كفر دون كفر) އޭ ވިދާޅުވިކަމަށް ޘާބިތުވެފައި ނުވާތީއެވެ.⁽¹⁾ އަދި ޢައްމާރު ވަނީ، ޢަބްދު ﷲ ބުނު ޠާވޫސް އަރިހުން، އެކަލޭގެފާނު ގެ ބައްޕަ އަރިހުން ރިވާކުރައްވާފައޭ، އިބްނު ޢައްބާސް ވިދާޅުވިޔޭ: (هي به كفر) ”އެއީ ކުފުރެވެ.“
އަދި އިބްނު ޢައްބާސް ގެ އަރިހުން (ރިވާޔަތުގައި އުނިކަމެއް ނެތި) މަޙްފޫޡު ކޮށް އޮތް ބަސްފުޅަކީ މިއީ އެވެ. އަދި كفر دون كفر އޭ ވިދާޅުވިކަމުގައި މަޙްފޫޡުކޮށް ނެތެވެ.
⚠️އަދި މި (ފަހުން ބުނެވުނު) ބަސްފުޅު އިބްނު ޢައްބާސް ގެ އަރިހުން ޞައްޙަވީ ކަމުގައި ވިޔަސް، އެއިން އެކަލޭގެފާނުގެ މުރާދަ އަކީ މުޢައްޔިނު އަދި ވަކި ޤަޟިއްޔާގެ ޙާލަތުގެ މައްޗަށް އެކަންޏެވެ. އެއީ (ވަކި ޝަރީޢަތުގެ މަޖިލީހެއްގައި) އެ ޤާޟީއެއް އޭނާގެ ގާތްތިމާގެ މީހަކަށް ހެޔޮގޮތަކަށް ނިންމައިދޭން ބޭނުންވުން އަދި މިފަދަ ކަމަކުން ކަމެއްގައެވެ. އެގޮތުން މީސްތަކުންނަށްވާ ޝަރީޢަތެއް ކަމުގައި ނުހަދާ ގޮތުގައި، ﷲ جل وعلا ގެ ޝަރީޢަތް ބަދަލުގައި އެހެން އެއްޗެއް ގެނައުމަކާއި ނުލައި، އަދި މީސްތަކުންނަށް ޤާނޫނެއް ގޮތުގައި ނުހަދައި، އަދި އަޅުތަކުންނަށް (އާޙުކުމެއް) ޝަރުޢު ނުކުރާ ގޮތުގައި، އަދި މިކަންތައް އިސްތިޙްލާލު ނުކޮށް، އެގާތްމީހާގެ މައްޗަށް ޙައްދު ގާއިމުވުން ނިއުޅުވާލައެވެ. އަދި މިއީ ވަކި މުޢައްޔިނު ޤަޟިއްޔާއެއްގައި (އެބަހީ: ޝަރުޢީ މަޖިލިހެއްގެ ނިންމުމެއްގައި) ހިނގައިދާ ކަމެކެވެ.
❌ދެންފަހެ، ﷲ جل وعلا ގެ ޝަރީޢަތް އޭނާ ބަދަލުކޮށް، ނުވަތަ އެ (ވަޟަޢީ ޤާނޫނަކީ) އަޅުތަކުންގެ މައްޗަށް (ކަންކަމުގައި ގޮތްނިންމަން ރުޖޫޢަވާ) ޝަރުޢުއަކަށް ހަދައި، އެވެރިން މައްޗަށް އެއަށް ބޯލެނބުން ލާޒިމުކޮށް، ދެން މިއަށް ނިސްބަތްކޮށް އިބްނު ޢައްބާސް ވިދާޅުވިޔޭ: كفر دون كفر އޭ، ބުނުމީ ޙައްޤާއި އިދިކޮޅު (ބާޠިލު) ބުނުމެކެވެ. (މިޙާލަތަށް ނިސްބަތްކޮށް) މިފަދަ، ޖަހުމީންގެ ބަސްތަކުގެ ތެރެއިން އަދި ހައްދުފަހަނައެޅި މުރުޖިއާއިންގެ ބަސްތަކުގެ ތެރެއިން ހިމެނޭ ފާސިދު ބަސްފުޅެއް އިބްނު ޢައްބާސް ވިދާޅުވުމަށް ވުރެ އެކަލޭގެފާނު މާ ޤަދަރުވެރިއެވެ.
ފަހެ ﷲ جل وعلا ގެ ޝަރުޢު ބަދަލުކޮށްފި މީހާ، ނުވަތަ ﷲ އިޛުނު ދެއްވާފައި ނުވާ އެއްޗެއް އަޅުތަކުންގެ މައްޗަށް ޝަރުޢުކޮށްފި މީހަކީ ކާފަރެއް ކަމުގައި ޢިލްމުވެރިން ވަނީ އިޖުމާޢުވެލައްވާފައެވެ. މިއީ އެކަކަށްވުރެ ގިނަ އިމާމުން ވިދާޅުވެފައިވާ ފަދައިންނެވެ. އޭގެތެރޭގައި، އަބޫ މުޙައްމަދު ބްނު ޙަޒަމް އާއި އިބްނު ތައިމިއްޔާ އަދި ހަމައެފަދައިން އިބްނު ކަޘީރު ހިމެނިލައްވައެވެ. އަދި "އަލްފަތާވާ" ގެ ތިންވަނަ މުޖައްލަދުގައި އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ”އެއަކަށް އިޖުމާޢުވެފައިވާ ޙަރާމެއް އިންސާނާ ޙަލާލު ކުރާ ހިނދު، ނުވަތަ އެއަކަށް އިޖުމާޢުވެފައިވާ ޙަލާލެއް ޙަރާމް ކުރާ ހިނދު، ނުވަތަ އެއަކަށް އިޖުމާޢުވެފައިވާ ޝަރުޢުއެއް ބަދަލުކުރާހިނދު، އޭނާ އަކީ ފިޤުހުވެރިންގެ އިއްތިފާޤުން މުރުތައްދު ކާފަރެކެވެ.“
އަދި އަބޫ މުޙައްމަދު ބުނު ޙަޒަމް ވިދާޅުވިއެވެ: ”ތަޥްރާތާއި އިންޖީލުަން އައިސްފައިވާ އެއްޗަކަށް އިލްތިޒާމުވެ އަދި ޤުރުއާނަށް އިލްތިޒާމު ނުވެއްޖެ މީހަކީ، ކާފަރު މުޝްރިކެކެވެ. ދެމުސްލިމެއް ދެމެދަކުވެސް މިކަމުގައި ދެބަހެއް ނުވާނެއެވެ.“
އެހެންކަމުން ތަޥްރާތުގެ ޙުކުމުގައި އިލްތިޒާމުވެއްޖެ މީހާ އަދި އިންޖީލުގެ ޙުކުމުގައި އިލްތިޒާމުވެއްޖެ މީހާ، އަދި މިއީ ﷲ جل وعلا ގެ ކަލާމް ފުޅުގެ ތެރެއިން މަންސޫޚަ ކުރެވިފައިވާ ތަކެތި ކަމުގައި ވީހިނދު، އަދި މަންސޫހު ކުރެއްވުމުގެ ވެރިފަރާތުގެ (އެބަހީ ﷲ ގެ) ޙުކުމް ގައި އިލްތިޒާމު ނުވެއްޖެ މީހާ އަކީ މުސްލިމުންގެ އިޖުމާޢު އިން، ކާފަރު މުޝްރިކެއް ކަމުގައި ވާހިނދު، ފާޙިޝްކަމާއި މުޑުދާރުގެ މި ވަޟަޢީ ޤާނޫނުތަކަށް އިލްތިޒާމުވާ މީހާ ކާފަރު މުޝްރިކަކަށް ނުވާންވީ ސަބަބަކީ ފަހެ ކޮބައިހެއްޔެވެ؟!
މިސަބަބަށްޓަކައި، ވަޟަޢީ ޤާނޫނުތަކަށް އިލްތިޒާމުވެ (ﷲ ގެ) ފޮތަށް އަދި ސުންނަތަށް އިލްތިޒާމު ނުވެއްޖެ މީހާާގެ މުރުތައްދު ކަމާއި މެދު، ސަލަފުންގެ އިމާމުން ގެ އަރިހުން ޚިލާފެއް އޮތްކަމުގައި އަހަރެންނަށް އެނގިފައި ނެތެވެ.
އަދި މިއީ ބޮޑު ކުފުރުގެ ތެރެއިންވާ އެއްޗެކެވެ. އެހެނީ މިކަމަކީ އީމާންކަމުގެ އަޞްލު އޭނާފުށުން ނަފީކުރާ އެއްޗެކެވެ. އަދި އެއަކުން އީމާން ކަމުގެ އަޞްލު ނަފީ ކޮށްލާ ކޮންމެ ޤަޥްލަކާއި ޢަމަލަކާއި ޤަބޫލުކުރުމަކީ، ސާފު ކުފުރެވެ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.