އަދި މިއީ كفر دون كفر އޭ ބުނެ އަދި އިބްނު ޢައްބާސުގެ ޤަޥްލު ދަލީލަކަށް ގެންނަ މީހުންފުށަކު އެބުނުމުގައި ބުރަދަނެއް ނުވެއެވެ. އެހެނީ އިބްނު…
②
އަދި މިއީ كفر دون كفر އޭ ބުނެ އަދި އިބްނު ޢައްބާސުގެ ޤަޥްލު ދަލީލަކަށް ގެންނަ މީހުންފުށަކު އެބުނުމުގައި ބުރަދަނެއް ނުވެއެވެ. އެހެނީ އިބްނު ޢައްބާސް (އެބަސް ވިދާޅުވިކަމަށްވާ ޙާދީޘާގައި) މިއިން އެއްވެސް ކަމެއް ޤަޞްދު ނުކުރައްވައެވެ. އަދި އެބަސްފުޅުން ޤަޞްދު ކުރެއްވީ ކުފުރަށް ނުފޯރާ ކަންކަމުގައި ކާފަރު ކުރާ މީހުންނަށް ރައްދު ދެއްވުމަށެވެ. އެހެންކަމުން ވިދާޅުވީ: ތިއީ ކުފުރަށް ނުވާ ކުފުރޭ އެވެ.
އަދި ހަމަމިސަބަބަށްޓަކައި އަޞްޙާބުން ތެރެއިން ޖަމާޢަތެއް މިއާޔަތަކީ ޔަހޫދީންނާއި ނަޞާރާއިންނަށް އޮތް އާޔަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ޢިލްމުވެރިން ކުރެ ބައިގަނޑެއް އެއީ ޢާންމުކޮށް އެންމެންނަށްވާ ޙުކުމެއް ގޮތުގައި ވިދާޅުވިއެވެ. އެހެނީ (ا) އާއި (ل) ކުރިޔަށްލައި الكفر އޭ އައިސްފިނަމަ، އެއީ ބޮޑު ކުފުރު ނޫން އެއްޗެއްކަމުގައި ދޭހަނުވެއެވެ.⁽¹⁾
އަދި ވަކި ޤަޟިއްޔާ⁽²⁾ ޙާލަތުގައި، މިކަން (ބޮޑު ކުފުރުން) ނެއްޓިދެއެވެ. އަދި ޠާވޫސު އާއި އިބްނު ޢައްބާސްގެ ދަރިވަރުން ފަދަ ސަލަފުންގެ ބައިގަނޑެއް ފުށުން ވާރިދުވެފައިވާ كفر دون كفر މާނަ ކުރެވުން ވަނީ މިޙާލަތަށެވެ. އެބަހީ: (القضية العينية) ވަކި ޝަރީޢަތެއް ކުރެވޭ އިރު އޭގެ ތެރޭގައި ހިގައިދާ ކަމެކެވެ.
ދެންފަހެ القضية العينية ނޫން ޙާލަތުގައި، މިއީ كفر دون كفر އޭ ބުނުން ޞައްޙަވެގެން ނުވެއެވެ.
އަދި އިބްނު ޢައްބާސް ގެ އަރިހުން އެ ބަސްކޮޅު މަޢުލޫލް އެެވެ. (ޞައްޙަވެފައި ނުވެއެވެ.) އެހެނީ ޢަބްދު ﷲ ބުނު ޠާޥޫސް އަރިހުން އެބަސްފުޅު ރިވާ ކުރި ފަރާތަކީ، (އޭނާއަށް ބުރަވެ) ބަލައިގަނެވުން ނުވާ ވަރު މީހެކެވެ.⁽³⁾ އަދި އޭނާއާއި ޚިލާފަށް މުޢައްމަރު ރިވާކުރައްވައި އޭގައި ވަނީ: (هي به كفر) ”އެއީ ކުފުރޭ“ ވެ. އެބަހީ: އެ އާޔަތް ނެގެހެއްޓުން ވަނީ ޢާންމު މާނައިގައި ކަމެވެ. (ކުޑަކުފުރަށް އެކަނި ހަނި ނުކޮށެވެ.).
އަދި އެކަމުން ޤަސްދުކުރެވެނީ (ﷲ ގެ ޝަރީޢަތް އުވައިލާ) ބަދަލު ކުރުން ކަމުގައި ވާނަމަ ނުވަތަ ޤަޞްދުކުރެވެނީ (ތަބާވެ ރުޖޫޢަވާނޭ ޝަރުޢު އެއް) ތަޝްރީޢު ކުރުން ނަމަ، މިއީ މިކަމުގައި ޚިލާފެއް ނުވާ ކަމެކެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން
[މަޞްދަރު: الأسئلة البحرينية ، ބަސްކޮޅު]
~ ގަލަންދާނު
---------------------------------
[1] އަދި ތަޝްރީޢު ކުރުމީ ހިތުގެ ނިޔަތުން އެކަނި އިސްތިޙްލާލު ކުރުމުން މެނުވީ ކުފުރު ވާނޭ ކަމަށް ނޫންކަމަށް ބުނާ، މި ޖަހުމީ ފިކުރުގެ ބޮޑެއް ވަނީ ޝެއިޚް އަލްޢަލްވާން ގެ މައްޗަށް މިޤަވާޢިދު މިއާޔަތުގެ މައްޗަށް ގެނައުމާއިމެދު، ދޮގުހަދައި އެ އުޞޫލު އޮޅުވައިލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެއަށް ރައްދުދިނުމަކީ އަހަރެމެންގެ މިވަގުތުގެ މައުލޫއެއް ނޫނެވެ. އަދި ޙަޤީޤަތަކީ އަލްޢަލްވާން މީގައި ތަފްޞީލު ދެއްވަފައިވާކަމެވެ. (އަޑުއަހާލަން އޯޑިއޯ) . އެއީ (ال) އައިސްފިނަމަ އޭގެ އަޞްލުގައި (ބޮޑު ކުފުރުގައި ދެމިއޮވެޔޭ) ދަލީލެއް އޭގެ އިދިކޮޅަށް އަންނަ ޙާލުގައި މެނުވީއެވެ. އަދި ޢާންމު ޤަޥްލު ޚާއްޞަ ޤަޥްލުގެ މައްޗަށް ހިފެހެއްޓުމުގެ އުޞޫލުތަކީ ބިދުޢަވެރިން އަބަދުވެސް އޮޅުވާލައި އެވެރިންވެ ބިދުޢައިގެ މައިގަނޑު ސަބަބު ކަމުގައި ވަރަށް ގިނައިންވާ ކަމެކެވެ. އަދި އަބޫ މާލިކް އައްތަމީމީ "ދީނުން ބޭރުވާ 3 ވަނަ ކަންތަކުގެ ޝަރަޙަ" (ދެވަނަ ބައި) ގައި މިއުޞޫލަށް ޖާހިލުވުމުގެ ސަބަބުން ސަލަފުންގެ ބައެއް ބަސްތަކުން ޙުކުމް އޮޅުވާލާ މީހުންނާއިމެދު ތަފްޞީލުދެއްވާފައިވެއެވެ. =
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.