ފަތުވާ ނަންބަރު 21517
ފަތުވާ ނަންބަރު 21517
❌ އިބްނު ކަޘީރު މައްޗަށް ދޮގުހަދައި ޖިންޣިސްޚާން ތަކްފީރު ކުރީ އޭގެޒާތުގައި ޙުކުމުގެ މައްސަލާގައި ނޫންކަމަށް ބުނުން
2. އަލްބިދާޔަތު ވައްނިހާޔަތު 13/118 ގައި ވާ އިބްނު ކަޘީރު رحمه الله تعالى ގެ ބަސްތައް ނަޤުލި ކުރުމުގައި ލިޔުންތެރިޔާ ވަނީ ޙަޤީޤަތް އޮޅުވާލައިފައެވެ. އެއީ އޭނާގެ ފޮތުގެ 15 ވަނަ ޞަފްޙާގައި ތަފްޞީލު ނޯޓުގައި، އިބްނު ކަޘީރު އަރިހުންކަމަށް ބުނެ ނަޤުލު ކުރިއިރުއެވެ : ”ހަމަކަށަވަރުން ޖިންޣިސްޚާން ދައުވާ ކުރި ގޮތުގައި އަލްޔާސިޤް އަކީ ﷲ ގެ ފުށުން ވާއެއްޗެކޭ އެވެ. އަދި އެވެރިން ކާފާރު ކުރެވުނީ މިސަބަބަށްޓަކައޭ އެވެ. (ﷲ ގެ ފަރާތުން އައި އެއްޗެއްކަމަށް ދައުވާކުރީތީކަމެވެ.)“ މިގައި، އޭނާ ނިޞްބަތް ކުރި މަޞްދަރަށް ރުޖޫޢަވި އިރު، އޭނާ އިބްނު ކަޘީރު رحمه الله تعالى އަށް ނިސްބަތް ކުރި ބުނުމެއް އެތާނގައި ނުވެއެވެ.
❌ އިބްނު ތައިމިއްޔާ މައްޗަށް ދޮގުހަދައި، ވަޟަޢީ ޤާނޫނުން ޙުކުމް ކުރާ މީހުން އޭގެ ޒާތުގައި އިސްތިޙްލާލާއި ނުލައި ކުފުރު ނުވާނޭ ކަމަށް ބުނުން
3. ޝެއިޙުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله تعالى މައްޗަށް (ޞަފްޙާ 17-18 ގައި) ދޮގު ބުނެފައިވެއެވެ. މިފޮތް އެކުލަވާލި މީހާ އޭގައި ވަނީ ޝެއިޚުލް އިސްލާމް ގެ އަރިހުގައި (ﷲ ގެ) ޙުކުމް ބަދަލު ކުރުމަކީ (އޭގެޒާތުގައި) ކުފުރެއް ނޫނޭ ބުނެފައެވެ. އަދި ޝެއިޚުލް އިސްލާމް އަރިހުގައި އެކަން ކުފުރަކަށް ވަނީ (އެއީ ކުފުރެއްކަން) ދަނެހުރެ، އެކަމަށް ނިޔަތްލައި، އެކަން އިސްތިޙްލާލުކޮށްގެން ކުރީމައި އެކަނި ކަމުގައެވެ. އަދި މިއީ ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ - رحمه الله- މައްޗަށް ހަދާފައިވާ ސާފު ދޮގެވެ. އެކަލޭގެފާނަކީ ސަލަފުން އަދި ސުންނަތް ޖަމާާޢަތުގެ މަޒުހަބު ފެތުރެއްވެވި ބޭކަލެކެވެ. އަދި އެމަޛުހަބުގައި (ޢީމާނާއި ކުފުރާއިމެދު ވާގޮތް) އިހު ބަޔާންވެވިއްޖެއެވެ. އެހެނަސް މިތާނގައި މިލިޔުންތެރިޔާ މިދައުވާ ކުރީ މުރުޖިއާއިންގެ ޤަބޫލުކުރުމަށެވެ.
❌ މުޙައްމަދު ބްނު އިބްރާހީމް އާލުއްޝެއިޚު މައްޗަށް ދޮގުހަދައި، ވަޟަޢީ ޤާނޫނުން ޙުކުމް ކުރާ މީހުން އޭގެ ޒާތުގައި އިސްތިޙްލާލާއި ނުލައި ކުފުރު ނުވާނޭ ކަމަށް ބުނުން
4. މަޑުމޮޅި ޢިލްމުތަކުގައި އަރައިހުންނެވި ޝެއިޚް، މުޙައްމަދު ބްނު އިބްރާހީމް رحمه الله އެޝެއިޚުގެ ރިސާލާ "تحكيم القوانين الوضعية" (ވަޟަޢީ ޤާނޫންތަކުން ޙުކުމްކުރުން) ، މިރިސާލަތުގައި ވިދާޅުވި އެއްޗެއްގެ މުރާދު މީނާ އޮޅުވާލުން: މިގޮތުން މިފޮތް އެކުލަވާލި މީހާ ދަޢުވާކުރަނީ (މިކަންތަކުގައި، އެބަހީ ވަޟަޢީ ޤަނޫނުން ޙުކުމް ކުރުމުގައި، ކުފުރުވުން ކަނޑައެޅުމަށް) އިސްތިޙްލާލުގެ ނިޔަތް އޮތުން (الاستحلال القلبي) ޝަރުޠެއް ކަމަށް ޝެއިޚު ކަނޑައެޅުއްވިޔޭ އެވެ. ނަމަވެސް ބުނެވިދިޔަ ޝެއިޚުގެ ރިސާލާގައިވާ ޝެއިޚުގެ ބަސްތަކުން، ޞަރީޙަ ސާފު އިރު ފަދައިން ފާޅުވަނީ، ޝެއިޚު ތަބަޢަވެލެއްވީ ސުންނަތް ޖަމާޢަތުގެ މަގަށް ކަމެވެ.
❌ޝެއިޚް ޢުޘައިމީން ގެ ވަކި ބަސްކޮޅެއް ނަގައި، ޙުކުމުގެ މައްސަލާގައި މިމުރުޖިޢާ ގޮތް ދެކިލައްވާކަމަށް މާނަކުރަން އުޅުން
5. ޢިލްމުވެރިން ގެ ބަސްތަކަށް މީނާ އަމިއްލަ ޝަރަޙަދީ އެބޭފުޅުން އެބަސްތަކުން ޢަމާޒު ކުރެއްވި ގޮތް ނޫން ގޮތްތަކަށް މީނާ މާނަކުރިއެވެ. އެއީ ޞަފްޙާ 108 ގެ ފުރަތަމަ ތަފްޞީލު ނޯޓާއި، 109 ގެ 21 ވަނަ ނޯޓާއި، ޞަފްޙާ 110 ގެ ދެވަނަ ނޯޓުގައިވާ ފަދައިންނެވެ.
(މިއީ މިބާބުގައި ޝެއިޚު ޢުޘައިމީންގެ ޤަޥްލުތައް މީނާ އޮޅުވައިފައިވާ ވާހަކައެވެ. މިނުކުތާތަކުގެ ތަފްޞީލަށް މިފަތުވާގެ ޝަރަޙަ ލިޔުއްވި ބޭކަލުންގެ ރިސާލާތަކަށް ރުޖޫޢަވާށެވެ.)
❌ ތަޥްޙީދުލް ޙާކިމިއްޔާގެ ދަރަޖަ ކުޑަކޮށްލައި އެއީ ބިދުޢަވެރިންގެ ޞިފަޔެއް ކަމަށް ދައްކަން އުޅުން
6. ހަމަ އެފަދަޢިން ﷲ ގެ ޙުކުމް ނޫން އެއްޗަކުން ޙުކުމް ކުރުމުގެ މައްސަލަ މިފޮތުގައި ވަނީ (އޭގެ ފާފައިގެ ދަރަޖަ ޙަޤީޤަތަށްވުރެ) ލުއި އެއްޗެއް ކަމުގައި ދައްކުވާފައެވެ. ވަކިން ޚާއްޞަކޮށް ޞަފްޙާ 5 ގެ ފުރަތަ ނޯޓުގައި، އޭނާ ދަޢުވާ ކޮށްފައިވަނީ މި މައްސަލާގައި ﷲ އެއްކައުވަންތަ ކުރުމުގެ ތަރަހައިގެ ތެރޭން ޚާއްޞަ ސަމާލުކަމެއް ދިނުމަކީ، ރަފިޟީ ޝިޢައީންނާއި އެއްގޮތްވުން ކަމުގައޭ އެވެ. މިއީ ނުބައިކަން އިންތިހާ ހުތުރު ގޯސް ބުނުމެކެވެ.
ފަތުވާގައި ސޮއިކުރެއްވީ:
މެންބަރު: ޢަބްދު ﷲ އިބްނު ޢަބްދުއް ރަޙްމާން އަލްޣުދްޔާން
މެންބަރު: ބަކްރު ބްނު ޢަބްދި ﷲ އަބޫ ޒައިދު
މެންބަރު: ޞާލިޙް އަލްފަޥްޒާން
ރައީސް: ޢަބްދުލް ޢަޒީޒް ބްނު ޢަބްދި ﷲ ބްނު މުޙައްމަދު ޢާލުއްޝެއިޚް
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.