މުރުތައްދުވެފައިވާ ގާތްތިމާގެ މީހަކާއި ދިމާވެހެދުމުގެ ޙުކުމް
⏺މުރުތައްދުވެފައިވާ ގާތްތިމާގެ މީހަކާއި ދިމާވެހެދުމުގެ ޙުކުމް
①
ސުވާލު:
އަހަރެންގެ ބޮޑު ބޭބެއެއް ވެއެވެ. އޭނާ ވަނީ އިސްލާމް ދީނުން މުރުތައްދު ވެފައެވެ. އަދި ރާވެސް ބޮއެވެ. އޭނައާއި ގާތްކަން ބޭއްވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަހަރެންގެ އާއިލާއިން ވަނީ އޭނާއާއި ގުޅުން ކަޑައިފައެވެ. އެހެނަސް އެންމެންނައި ދެކޮޅަށް އަހަރެންގެ އަންހެން ކޮއްކޮ ވަނީ އޭނާއާއި އެކު ގުޅުންބޭވުނުގައި ފައިވިއްދާފައެވެ. އަހަރެންގެ މަންމައާއި އަޚުން އެކަމާ ދެކޮޅުހަދާފައިވާ ހިނދުގައި ވެސް އެވެ. ކޮއްކޮގެ ކަންތަކުގައި އޮތް ޙައްލަކީ ކޮބައިހެއްޔެވެ؟ ފާހަގަކޮށްލަން ބޭނުން ވަނީ މިއަންހެން ކޮއްކޮ އަކީ ޔުނިވާސިޓީ ދަސްވެނިމިފައިވާ ކުއްޖެއް ކަމެވެ. މާނައީ ކުޑަކުއްޖެއް ނޫނޭ އެވެ.
އަދި އެބޮޑުބޭބައާއި ގުޅުން ނުކަނޑާހާ ހިނދަކު މަންމަ އޭނާދެކެ ރުޅީގައި ހުންނާނޭ ކަމަށް މަންމަ ވަނީ ކޮއްކޮ ކައިރީ ބުނެފައެވެ. އޭނާ އެއަށް ފަރުވާލެއް ނުދެއެވެ. އަދިވެސް ދަނީ ގުޅުން ބާއްވަމުންނެވެ.
ޖަވާބު:
الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه، أما بعد:
ހަމަކަށަވަރުން ވަކި ފަރުދެއް މުރުތައްދު ވީ ކަމަށް ކަނޑައެޅުމަކީ އާދައިގެ ކަމެއް ނޫނެވެ. ވީމާ ފުރަތަމަ ކަމަކަށް އެފަރާތް މުރުތައްދު ވާ ކަމެއް ކުރި ކަމުގައި ވާން ޖެހެއެވެ. އަދި ދެވަނަ ކަމަކަށް، އޭނާގެ މައްޗަށް ޙުއްޖަތް ގާއިމުކޮށް ތަކްފީރުގެ ޝަރުޠުތައް ހަމަކޮށް، އެއިން ހުރަސް އަޅާ ކަންކަން ބަލައި ޚަލާސް ކުރަން ޖެހޭނެއެވެ. ދެން އޭނާގެ މައްޗަށް އަހަރެމެން މުރުތައްދު ވީ ކަމަށް ކަނޑައަޅައިފިނަމަ، އޭނާ އިސްތިތާބަ ކުރުވަން ޖެހޭނެއެވެ. (ތަވްބާވުމަށް އަންގައި ފުރުސަތު ދިނުމެވެ.) ދެން އޭނާއަށް ވަނީ ތަޥްބާވުމެވެ. އެހެން ނުވެއްޖެނަމަ މުރުތައްދެއްގެ ގޮތުގައި އޭނާ ޤަތުލު ކުރެވުމެވެ. އެއީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވި ފަދައިންނެވެ:
«من بدل دينه فاقتلوه» (ދީން ބަދަލު ކޮށްފި މީހާ ޤަތުކުރާ ހުއްޓެވެ.) ރިވާކުރެއްވީ އަލްބުޚާރީ އެވެ.
އެކުފުރަކީ ކޮންމެ އެއްޗެއްވިޔަސް، ޙާކިމު މީހާއަށް މެނުވީ އޭނާގެ މައްޗަށް ޙައްދު ޤާއިމު ކުރުން ހުއްދަ ވެގެން ނުވެއެވެ. (ނޯޓް: އެހެނަސް ﷲ އާއި ރަސޫލަށް ބަދުބަސް ބުނުމުގެ ކަންތަކުގައި ޢިލްމުވެރިންގެ ޖަދަލުވެއެވެ.) އޭނާ އެގޮތުގައި (ކުފުރުގައި) ފައިވިއްދައި ހުރެއްޖެނަމަ، އޭނާ ވަނީ؛ އެމީހެއް ފުށުން ގުޅުން ކަނޑައި އެމީހަކާއި ޢަދާވާތްތެރިވާން ޖެހޭނޭ ﷲ تعالى ގެ ޢަދާވާތްތެރިންގެ ތެރެއިން ހިމެނޭ މީހެއްގެ ގޮތުގައެވެ. އަދި އެއީ އެމީހަކާއި މެދު ދެކޮޅުވެރިކަން އިޢުލާނު ކުރެވެންޖެހޭނޭ މީހެކެވެ. އެހެންކަމުން އޭނާ އާއި އެކު އެކުވެރިކަމާއި ގާތްކަން ބޭއްވުން ހުއްދަވެގެން ނުވެއެވެ. އެހެން ނުވާންވީ ފަހެ ކިހިނަކުން ހެއްޔެވެ؟ ނަބިއްޔު ﷺ ވަނީ މުއުމިނެއް ނޫން މިހަކާއި އެކު އެކުވެރިވެ އުޅުމާއި ތަޤުވާވެރިއެއް ނޫން މިހަކާއި އެކު މަސްހުނިވެ އުޅުން އަހަރެމެންނަށް ނަހީ ކުރައްވާފައެވެ. އެގޮތުން ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ:
«لا تصاحب إلا مؤمناً...» (މުއުމިނަކާއި މެނުވީ ޞާޙިބުވެ ނޫޅޭށެވެ.)⁽¹⁾
އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ:
«الْمَرْءُ عَلَى دِينِ خَلِيلِهِ ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلْ» (މީހާ ވާކަން ކަށަވަރީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ވީމާ، އެމީހަކާ އެންމެ އެކު އުޅޭ މީހެއްގެ ގޮތް ބަލާށެވެ.)
މި ދެޙަދީޘުވެސް ރިވާކުރެއްވީ އަޙްމަދާއި، އަބޫ ދާވޫދާއި އައްތިރުމިޛީ އެވެ. އަދި އަލްއަލްބާނީ މިދެޙަދީޘުވެސް ”ޙަސަނު“ ދަރަޖަ ކަމަށް ކަނޑައެޅުއްވިއެވެ.
ދަންނައެ، ބައެއް ފިޤުހު ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ގޮތުން ފާފަތަކާއި މުންކަރާތްތައް ފާޅުގައި ކުރާ މީހުން ނުވަތަ ބިދުޢަތަކާއި މަގުފުރެދިނިވި ކަންކަން ކުރާ މީހުންނާ، ﷲ ގެ ޙައްޤުގައި ގުޅުންކަނޑައި ހަޖަރު ކުރުމީ އެވެރިންނަށްވާ އިންކާރެއްގެ ގޮތުން އަދި އަދަބެއްގެ ގޮތުން ޝަރުޢުވެގެންވާ ކަމެކެވެ. މިއީ (الموسوعة الفقهية) ގައިވެސް ނަންގަންވާފައިވާ ފަދައިންނެވެ. އެހެންވެއްޖެ ނަމަ، ދީން އެއްކޮށް ދޫކުޅަ މުރުތައްދު މީހާ ހަޖަރު ކުރުން، ނިސްބަތުން މާ އައުލާކަން ބޮޑެވެ. ވަކިން ޚާއްޞަކޮށް އޭނާއާއި ދިމާވެހަދާ މީހުންނަށް އޭނާގެ ފުށުން ފިތުނައެއް ލައިގަތުމުގެ އަމާންކަމެއް ނުވާ ކަމަށްޓަކައެވެ. މީގެ އިރުރަށް މިފަތުވައަށް (34761) ރުޖޫޢަވާށެވެ.
(ނުނިމޭ)
ــــــــــــــ
[1] އަލްޢަދަވީ ވިދާޅުވީ މިޙަދީޘުގެ ސަނަދު ބަލިކަށިކަމުގައެވެ. ކޮންމެއަކަސް މިޙަދީޘުގެ މިބަޔަށް ހެކިކޮށްދެނީ ދެވަނަޔަށް އޮތް ރިވާޔަތުންނެވެ. އެއީ އަޙްމަދާއި އަބޫ ދާވޫދާއި އައްތިރުމިޛީ އަބޫ ހުރައިރާގެ އަރިހުން ރިވާކުރެއްވި ޙަދީޘެވެ: «الرَّجُلُ عَلَى دِينِ خَلِيلِهِ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ» (މީހާ ވާކަން ކަށަވަރީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ވީމާ، އެމީހަކާ އެންމެ އެކު އުޅޭ މީހެއްގެ ގޮތް ބަލާށެވެ) ޝެއިޚް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ”އޭގެ ސަނަދު ޙަސަން އެވެ. لا بئس به އެވެ.“
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.