މިއާއި އެކު، ދަނެގަތުން ލާޒިމު އެއްޗަކީ، އިސްލާމް ދީނުން މުރުތައްދުވުމީ، ކާފަރު ދީނުގައި ފެށުނީއްސުރެވާ "އަޞްލީ ކާފަރު" ކަމަށް ވުރެ،…
②
މިއާއި އެކު، ދަނެގަތުން ލާޒިމު އެއްޗަކީ، އިސްލާމް ދީނުން މުރުތައްދުވުމީ، ކާފަރު ދީނުގައި ފެށުނީއްސުރެވާ "އަޞްލީ ކާފަރު" ކަމަށް ވުރެ، ނުބައިކަން ބޮޑު ކަމެއް ކަމެވެ. މިސަބަބަށްޓަކައި ފިޤުހުވެރިން ވަނީ މުރުތައްދު މީހާ ޤަތުލު ކުޅައުން ސުލްޠާނުގެ މައްޗަށް ވާޖިބު ކަމުގެ މައްޗަށް އިއްތިފާޤުވެވަޑައިގަންނާވާ ފައެވެ. އަދި އޭނާގެ ކުފުރުގައި އޭނާ ދޫކޮށްލުމަށް އެއްބަސް ނުވެވޭނޭ ކަމުގެ މައްޗަށްވެސް އިއްތިފާޤުވެލައްވާފައެވެ. އޭނާ ޖިޒިޔަދީ މުސްލިމުންގެ ޞުލްޠާނަށް ބޯލެނބިޔަސް ޤަތުލުން މިންޖު ވުމެއް ނުވެއެވެ. އެހެނަސް (ތަޥްބާވެ) އިސްލާމް ކަމަށް ރުޖޫޢަވެއްޖެއްޔާމުން މެނުވީއެވެ. އެއީ (40113) ވަނަ ފަތުވާގައި އަހަރެމެން ކުރިން ބަޔާންކޮށްފައިވާ ފަދައިންނެވެ.
ވީމާ، ތިބާގެ މި އަންހެން ކޮއްކޮއަށް މިކަންތައް އުނގަންނައިދިނުން ލާޒިމެވެ. އަދި ނަންގަނެވުނު އޭނާގެ ބޮޑުބޭބެއާއި އެއްވެ އުޅުމުގެ ނުރައްކާތެރިކަން ވެސް މެއެވެ. ވަކިން ޚާއްޞަކޮށް ތިޢާއިލާގެ އެންމެން އޭނާއާއި ގުޅުން ކަނޑައި ދެކޮޅުވެފައި، އޭގެ އިތުރުން އެކަލޭގެއާއި ގުޅުން ނުކަނޑާނަމަ ތިބާގެ މަންމަ މި ކޮއްކޮއަށް ރުޅިވެރިކަން ބާއްވާނޭ ކަމުގެ މައްޗަށް އިންޒާރު ދީފައިވާ ހިނދުގައެވެ.
والله أعلم
— ފަތުވާ ނަންބަތު 122087, އިސްލާމްވެބް
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.