މީސްތަކުންގެ ތެރެއިން މީސްތަކުންނަށް އެންމެ ހެޔޮލަފާ މީހުން | އައްޝެއިޚް ސުލައިމާން އަލްޢަލްވާން
❤️ މީސްތަކުންގެ ތެރެއިން މީސްތަކުންނަށް އެންމެ ހެޔޮލަފާ މީހުން | އައްޝެއިޚް ސުލައިމާން އަލްޢަލްވާން
ﷲ ގެ މަގުގައިވާ މުޖާހިދުންނަކީ އިސްލާމް ދީނުގެ ހިތެވެ. ﷲ ގެ ދީނުގައި މީސްތަކުންގެ ތެރެއިން އެންމެ ސީދާ މީހުންނެވެ. އަދި ޤުރުއާނާއި ސުންނަތުގައި ހިފުމުގައި އެންމެ ގަދަފަދަ މީހުންނެވެ. އަދި ދަލީލަށް ތަބަޢަވުމުގައި އެންމެ ހަރުކަށި މީހުންނެވެ. އަދި އެބައެއްގެ އަސާސުތަކުގައި ގުޑުމެއްނެތް އެންމެ ޘާބިތު މީހުންނެވެ. އެއީ މުއުމިނުތަކުންނަށް އެންމެ ވަފާދާރު އަދި ނަޞްރުވެރި މީހުންނެވެ. އަދި ﷲ ގެ ޝަރީޢަތުން ބޭރުވެފައިވާ ޠާޣޫތީ އަނިޔާވެރިންނާއި އެންމެ ބަރީޢަކަން ބޮޑު މީހުންނެވެ.
އެވެރިންނީ މީސްތަކުންގެ ތެރެއިން އެންމެ ބޮޑަށް ޢިމްތިޙާނު ކުރެވި ބަލާޖެއްސެވޭ މީހުންނެވެ. ޤަތުލުކުރެވި، އަސީރުވެވި ރަށްތަކުން ނެރެލެވި، އެވެރިންގެ ޢާއިލާތަކާއި އޯގާތެރިންނާއި ވަކިވެފައި ވެއެވެ. ވަޠަންތައް ދޫކޮށް، ފުރާނަތަކާއި މުދައު ފިދާކޮށް ދުއްތުރާތަކާއި ޢުދުވާން ކޮނޑުއަޅައެވެ.
މިއެންމެހާ ކަމެއްވެސް، އެއީ ﷲ عز وجل އަމުރަށް އިޖާބަދީގެނެވެ. އެއިލާހުގެ ދީނާއި އެއިލާހުގެ ބައިވެރިންނަށް ނަޞްރުވެރިވެއެވެ. އެއިލާހުގެ ޝަރީޢަތް ޤާއިމުކުރެވޭނޭ ގޮތެއް ބެލުމުގައެވެ. އަދި އެއިލާހުގެ ޢަދުއްވުން އިނދަޖެއްސުމުގައެވެ.
އެހެންކަމުން އެވެރިންނީ މީސްތަކުންގެ ތެރެއިން މީސްތަކުންނަށް އެންމެ ހެޔޮލަފާ މީހުންނެވެ. އަދި އެވެރިންތެރެއިން ދީނަށް އެންމެ ލާބަ ހުރި ބަޔަކީވެސް އެއީއެވެ.
ކަށަވަރުންވެސް ﷲ އެވެރިންނަށް ކުޅަދާނަކަށް ދެއްވާނެތެވެ. ވަގުތުކޮޅެއް ނެގިއެއްކަމަކުއެވެ. އެވެރިންނަށް ހަމައެކަނި ﷲ تعالى ފުދިގެން ވެއެވެ. އަދި އެވެރިންގެ ނަޞްރުވެރިޔަކީ ހަމައެކަނި އެއީއެވެ.
▶️سُنَّتَ ٱللَّهِ ٱلَّتِي قَدۡ خَلَتۡ فِي عِبَادِهِۦۖ◀️
((އެއީ އިސްވެދިޔަ އެކަލާނގެ އަޅުތަކުންނާމެދު ވެސް އެކަލާނގެ ކަންތައް ގެންދަވާ ގޮތެވެ. އެކަލާނގެ سنّة އެވެ.))
▶️فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبۡدِيلٗاۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحۡوِيلًا◀️
((އެއީ ﷲ ގެ سنّة އެވެ. އެކަލާނގެ ކަންތައް ގެންދަވާގޮތެވެ. އަދި ﷲގެ އެ أصول އަށް އެއްވެސް ބަދަލެއް އަންނަތަން ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. އަދި ﷲގެ އެގޮތަށް އެނޫންގޮތެއްވެ ބަދަލުވާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ.))
އެވެރިންނަށް ބޭވަފާތެރިވާ ބަޔެއް ކިބައިން އަދި ދެކޮޅުވާ ބަޔެއް ކިބައިން ވިޔަސް އެވެރިންނަށް ތުރައެއް ނެތެވެ. އަދި މުސްލިމުން ދެމިތިބިހާ ހިނދަކު ޖިހާދު ޤާއިމުވެ އޮންނާނެތެވެ. އަދި އެވެރިންގެ މައްޗަށް (ގަދަވެގަތުމަށް) ހަމަ ހިލާ ޢަނިޔާވެރިނަށް މަގެއް، ﷲ ހުޅުއްވައެއް ނުދެއްވާނެތެވެ.
ފަހެ އެވެރިންގެ ވެރިޔެއް ޤަތުލުވެއްޖެނަމަ ނުވަތަ އަސީރުވެއްޖެނަމަ، އޭނާގެ ދަޥްރު އަދާކުރުމަށް އެނޫން ވެރިޔެއް ތެދުވާނެއެވެ. އަދި ރައްބުގެ ރިސާލަތު ފޯރުކޮށްދޭނެތެވެ. މި (ކަށަވަރު ޙަޤީޤަތަށް) އޮތީ ޒަމާނަކާއި ވަޤުތެއް އެކަންޏެވެ. އެނޫން އެއްވެސް އެއްޗެއް ނޫނެވެ.
ﷲ تعالى ވަޙީ ކުރެއްވިއެވެ:
▶️قُلۡ تَرَبَّصُواْ فَإِنِّي مَعَكُم مِّنَ ٱلۡمُتَرَبِّصِينَ◀️
((ވިދާޅުވާށެވެ! ކަލޭމެން إنتظار ކުރާށެވެ. އަހުރެންވެސް ކަލޭމެންނާއެކު إنتظار ކުރާ މީހުންގެ ތެރެއިން ވަމެވެ.))
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.