އަލްޙާފިޡު البلوغ ގައި ވިދާޅުވެފައިވާ ފަދައިން ޞައްޙަ ސަނަދަކުން، އަބޫ ދާވޫދު ޘާބިތު ބުނުއް ޟައްޙާކު رضي الله عنه ގެ އަރިހުން…
—🔢—
އަލްޙާފިޡު البلوغ ގައި ވިދާޅުވެފައިވާ ފަދައިން ޞައްޙަ ސަނަދަކުން، އަބޫ ދާވޫދު ޘާބިތު ބުނުއް ޟައްޙާކު رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ”ރަސޫލު ﷲ ﷺ ޒަމާނުގައި ބުވާނާ(އޭ ކިޔޭ ތަނެއްގައި) ޖަމަލެއް ކަތިލުމަށް މީހަކު ނަޛުރު ބުންޏެވެ. އެހެންކަމުން އޭނާ ރަސޫލު ﷲ ﷺ އަރިހަށް (އެކަމުގައި އިރުޝާދު ހޯދުމަށް) ވަޑައިގަތުމުން އެކަލޭގެފާނު އޭނާ އާއި ސުވާލު ކުރެއްވިއެވެ: (هل كان فيها وثن يُعبد ؟) ”ޖާހިލިއްޔަތުގެ އެއްވެސް އިރެއްގައި އަޅުކަންކޮށް އުޅުނު ބުދެއް އެތާނގައި ހުރި ހެއްޔެވެ؟“ އޭނާ ދެންނެވިއެވެ: ”ނޫނެކެވެ.“ ޙަދީޘް ކުރެއްވިއެވެ: (فهل كان فيها عيد من أعيادهم؟)
”އެތާނގައި އެވެރިންގެ ޢީދު ޙަފުލާތަކުން ޙަފުލާއެއް ފާހަގަކޮށް އުޅުނުހެއްޔެވެ؟“ ދެންނެވިއެވެ: ”ނޫނެކެވެ.“ ޙަދީޘް ކުރެއްވިއެވެ: (أوف بنذرك، فإنه لا وفاء لنذر في معصية الله، ولا في قطيعة رحم، ولا فيما لا يملك العبد) ތިބާގެ ނަޛުރު ފުއްދާށެވެ. ފަހެ ހަމަކަށަވަރުން الله އަށް އުރެދުމެއްގައި ބުނެވޭ ނަޛުރެއް ފުއްދުން ހުއްދަވެގެންނުވެއެވެ. އަދި ހަމައެފަދައިން އާދަމުގެ ދަރިޔާއަށް ކުޅަދާނަވެގެންނުވާ ކަމެއްގައި ބުނެވޭ ނަޛުރެއް ފުއްދުންވެސް ހުއްދަވެގެންނުވެއެވެ."
((އެތާނގައި އެވެރިންގެ ޢީދު ޙަފުލާތަކުން ޙަފުލާއެއް ފާހަގަކޮށް އުޅުނުހެއްޔެވެ؟)) — މިއިން ދަލީލުކޮށްދެނީ އެވެރިންގެ ޢީދު ތަކުގައި ޛަބަޙަ ކުރުމާއި ކޭންބުއިމުގައި އެވެރިންނާއި ބައިވެރި ވުމުގެ ޙަރާމް ކަމެވެ. އަދި މިއަށް ޤިޔާސު ކުރެވެނީ އެވެރިންގެ ޢީދު ތަކުގައި ބައިވެރިވެވޭ ކޮންމެ ބައިވެރި ވުމެކެވެ. އެހެނީ އެއީ ޝަރުޢީގޮތުން ބާޠިލު އެއްޗެއް ކަމުގައި ވުމުންނެވެ.
މީގެ ދަށުން: ބިދުޢަވެރި ޢީދު ތަކުގައި ބައިވެރިވުން ހުއްދަވެގެން ނުވެއެވެ. ނޫނީ މުޝްރިކުންގެ ޢީދުތަކުގައެވެ. ނުވަތަ އެވެރިންނަށް ތަހުނިޔާ ކިޔުމާއި ހަދިޔާ ދިނުމާއި މިމުނާސަބާ ތަކުގައި އެވެރިން ބޭނުންކޮށް އުޅޭ — މިޘާލަކަށް މާމެލާމެލި ނުވަތަ ހަލުވާ އާއި ކާބޯތަކެތި — ވިއްކުން ހުއްދަވެގެން ނުވުމެވެ. އެހެނީ މިއީ އެވެރިންނާއި އެކަމުގައި ބައިވެރިވުން ކަމުގައި ވުމުންނެވެ. އަދި އެހީތެރިވުން ކަމުގައިވާތީއެވެ. އަދި އެވެރިންގެ ބިދުޢަވެރި ޢީދުތަކަށް ރުހުން ކަމުގައިވާތީއެވެ.
އަދި ކުރިން ބަޔާން ވެވުނު ފަދައިން؛ [އުޞޫލު] (المعين كالفاعل) ((އެހީތެރިޔާ އަކީ، އެކަންކުރާ މީހާ ފަދައެވެ.))
— ފަޟީލަތުއް ޝެއިޚް ޑރ. މުޙައްމަދު ބުނު ސަޢުދު، އަލްހުލައިލިލް ޢުޞައިމީ (މަޞްދަރު)
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.