ﷲ ގެ މަގަށް ދަޢުވަތު ދިނުން
❣️ ﷲ ގެ މަގަށް ދަޢުވަތު ދިނުން
މިހުންނެވީ ﷲ ގެ ނަބިއްޔު ޔޫސުފު عَلَيْهِ السَّلاَمُ އެވެ. އެކަލޭގެފާނު ޖަލުގައި ވިއެއްކަމަކު ﷲ عَزَّ وَجَلَّ ގެ މަގަށް ދަޢުވަތު ދެއްވުން ދޫކޮށެއްނުލައްވައެވެ. އަދި އެކަލޭގެފާނާއި އެކު ތިބި މީސްތަކުންނަށް ދެއްވި ދަޢުވަތު، ﷲ ވަނީ މި ވަޙީ ބަސްފުޅުގައި ޛިކުރު ކުރައްވާފައެވެ:
{يَٰصَٰحِبَيِ السِّجْنِ ءَأَرْبَابٌ مُتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ}
”އޭ ޖަލުގެ ދެ ބައިވެރިންނޭވެ! ރަނގަޅީ ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހެއްޔެވެ؟ ނޫނީ އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ހެއްޔެވެ؟“
އެނގިގެން ވާ ފަދައިން، ޖަލަކީ ދަތި ޙާލުގައިވާ ތަނެކެވެ. ވީމާ ފަސޭހާގައި ވާ މީހާގެ މައްޗަށް އަދި ފަހެ ކޮބައިހެއްޔެވެ؟
އަދި ހަމަކަށަވަރުން އިހުގެ އަދި ފަހުގެ، ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް ވަނީ ޔޫސުފް عَلَيْهِ السَّلاَمُ ގެ މަގުން މިކަމުގައި ހިންގަވާފައެވެ.
—ޝައިޚް ޢަބްދު ﷲ އައްސަޢްދު (މަސްދަރު)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.