21- (ހަނދުނުފެނޭ ކަމަށް ބަލައި) މީސްތަކުން 30 ޝަޢުބާންއަށް ދުވާލުވެ ރޯދައިގައި ނެތީސް، އެދުވަހުގެ ދުވާލު އޭގެ ކުރީރޭ ހުޅަވިހަނދު…
21- (ހަނދުނުފެނޭ ކަމަށް ބަލައި) މީސްތަކުން 30 ޝަޢުބާންއަށް ދުވާލުވެ ރޯދައިގައި ނެތީސް، އެދުވަހުގެ ދުވާލު އޭގެ ކުރީރޭ ހުޅަވިހަނދު ފެނުނުކަމުގެ ޚަބަރު އަތުވެއްޖެނަމަ، އެޙާލަތުގައި ކެއިންބުއިން ހުއްޓާލުން ވާޖިބެވެ. އަދި އެދުވަސް ޤަޟާއު ކުރާނީތޯ އާއިމެދު ޚިލާފުވެގެން އެވެ.
ބުނެވެއެވެ: އެވެރިންގެ މައްޗަށް ޤަޟާއު ކުރުން ވާޖިބު ވެގެން ވެއެވެ. މިއީ ހަތަރު އިމާމުން ގެ ބަސްފުޅެވެ. އެހެނީ ރޯދަ މަހުގެ ރޯދައެއް އެވަނީ ދޫކޮށްލާފައިކަމުންނެވެ. އަދި ރަމަޟާން މަސް ކުރުވެއްޖެނަމަ (އެބަހީ 29 ދުވަހުން ހަނދުފެނިއްޖެނަމަ) މީސްތަކުން ރޯދަހިފިފައި ވާނީ 28 ދުވަހުގައި ކަމެވެ. އަދި މަހެއްގައި މަދުވެގެން 29 ދުވަސް އިންނަން ޖެހޭނެއެވެ.
ބުނެވެއެވެ: ޤަޟާއު ކުރުން އެއުރެން މައްޗަށް ވާޖިބުވެގެން ނުވެއެވެ. އަދި މިއީ އިބްނު ތައިމިއްޔާ އިޚްތިޔާރު ކުރެއްވި ގޮތެވެ. އަދި އިހު ބަޔާން ވެވުނު ދެޞަޙީޙު ގައިވާ، ސަލަމާ އިބްނުލް އަކްވަޣު ގެ ޙަދީޘް ދަލީލެއް ގޮތުގައި ގެންނެވިއެވެ. އޭގައިވަނީ ނަބިއްޔު ﷺ ޢާޝޫރާ ދުވަހު ކައިގެން ތިބި މީހުންނަށް އެދުވަހުގެ ރޯދަ ފުރިހަމަ ކުރެއްވުމަށް އަމުރު ކުރެއްވިކަމެވެ. އަދި ޤަޟާއު ކުރުމަކަށް ނުއަންގަވައެވެ. އަދި މީގެން ނިޔަތް ވަނީ އެނގުމުގެ މައްޗަށް ތަބަޢު ވެފައިކަން އެގެއެވެ.
އަދި ފުރަތަމަ ޤަޥްލުގެ ބޭކަލުން މިއަށް ރައްދު ދެއްވަނީ: ރޯދަ ހިފުން ޝަރުޢު ވެގެން ވާކަން ނުއެނގި ހުރި މީހަކާއި، ރޯދަހިފުމުގެ ވަޤުތު އައިސްފިކަން ނޭގޭ މީހަކާއި ފަރަޤު ވެގެންވާ ކަމެވެ. އަދި ސަލަމާ ގެ ޙަދީޘަށް ޖަވާބުދެއްވަނީ އޭރު ޚުދު އޭގެ ވާޖިބުކަން އެބޭކަލުންނަށް އެނގިވަޑައިގެން ނެތްކަމަށެވެ. އަދި ޖުމްހޫރުންގެ ދެކިލެއްވުން ބޮޑަށް ރައްކާތެރިއެވެ. އަދި އިބްނު ތައިމިއްޔާ ގެ ޤަޥްލު ދަލީލުގެ ގޮތުން ބޮޑަށް ވަރުގަދައެވެ. އެހެންކަމުން މިއިން ދަލީލުވަނީ ޝަރުޢުތައް ލާޒިމުނުވެއޭ އެހެނަސް އެކަމަށް ޢިލްމު (އެބަހީ: އެނގުން) އައުމުން މެނުވީ ކަމެވެ.
22- އެމީހެއްގެ ޣުޛުރު ދުވާލުގަޑީގައި ފިލައިގޮސްފި މީހާ، އެއީ މިޘާލަކަށް ބަލިން ފަސޭހަވާ މީހާ، އަދި ޙައިޟުން ޠާހިރުވާ މީހާ، އަދި ޤާއިމުވެ ހުންނަ ތަނަކަށް ވާޞިލުވާ ދަތުރުވެރިޔާ ފަދަ — ޢިލްމުވެރިން ގެ ދެބަސްފުޅުން ޞައްޙައީ ޣުޛުރު ފިލާ ދިޔުމާއި އެކުވެސް އެވެރިންގެ މައްޗަށް ކެއިންބުއިމުން މަނާވެ ހުރުން ލާޒިމުވެގެން ނުވާ ކަމުގައެވެ. މިއީ އިބްނު މަސްޢޫދު އަރިހުން މަޝްހޫރު ރައުޔެވެ. އަދި އަޙްމަދު އަރިހުން އައިސްފައިވާ އެއް ރައުޔެވެ.
23- ދަތުރަށް ނިޔަތްގަންނަ މިހާ ގެދޮރާއި ވަކިވުމުގެ ކުރިން ރޯދަ ވީއްލުމުގެ ހުއްދަ ކަމަކަށް ދަލީލެއް ނުވެއެވެ. އަދި އަނަސް އަރިހުން ވާރިދުވެފައިވާ އަޘަރު ތައް (ރިވާޔަތްތައް) ޞައްޙަ އެއް ނޫނެވެ. މަރްފޫޢުކޮށް ނޫނީ މަޥްޤޫފުކޮށެއް ވެސް މެއެވެ. އެއީ ދިމާނުވުން އެކުލެވޭ (މުޟްޠަރިބް) އެއިން އެއްވެސް އެއްޗެއް ޞައްޙަނޫން އަޘަރު ތަކެކެވެ.
24- ހެޔޮ ހާލަތަށް ރުޖޫޢަވުމުގެ އުއްމީދެއްނެތް މުސްކުޅި މީހާ، ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ. މިކަން ވަނީ ޞަޙާބީންގެ ޖަމާޢަތަކުން ޘާބިތުވެގެންނެވެ. އޭގެ ތެރޭގައި އަނަސް ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން މުސްކުޅިވެވަޑައިގެންނެވި ހިނދު، ކޮންމެ ދުވަހެއްގެ މައްޗަށް މިސްކީނަކަށް ކާންދެއްވައެވެ. އަދި މިފަދައިން އިބްނު ޢައްބާސް ފަތުވާ ދެއްވި އެވެ. އެއް މިސްކީނަކަށް މަހެއްގެ މައްޗަށް ތިރީސް ފަހަރު ކާން ދެވިދާނެތޯ ނުވަތަ ކޮންމެހެން ވިޔަސް ތިރީސް މިސްކީނަކަށްތޯ ދޭން ޖެހޭނީ، މިއާއިމެދު ޢިލްމުވެރިން ޚިލާފުވެލެއްވިއެވެ. އަދި ޞައްޙައީ އެއް މިސްކީނަކަށް ތިރީސް މިސްކީނުންގެ ކެއުން (މަހެއްގެ މައްޗަށް) ދިނަސް އޭގައި މައްސަލައެއް ނެތް ކަމެވެ. އަދި ބޮޑަށް ރައްކައުތެރީ މިފަދައިން ކަން ނުކުރުމެވެ.
25- ޢިލްމުވެރިންގެ ދެ ޤަޥްލުން ޞައްޙައީ ކެއުން އޭނާ އަތަށް ދިނުން ޝަރުޠުވެގެން ނުވާ ކަމެވެ. އެއުރެން ޖަމަޢުކޮށް (ދަޢުވަތުދީ) ދުވާލުގެ ނޫނީ ރޭގަނޑުގެ ކެއުން (ސުފުރާއިން) އަރުވައިފިނަމަ، އެކަން ޞައްޙައެވެ. މިއީ އެކަން (އެބަހީ: އަތަށް ކާތަކެތި ހަވާލުކުރުން) ޝަރުޠު ކުރާ ފިޤުހުވެރީންގެ ބަސް ފުޅާއި ޚިލާފަށެވެ. އަދި ފުދޭ މިންވަރަކީ އޭނާ ބަނޑުފުރޭ މިންވަރެވެ. އަދި އޭނާ ބަނޑުފުރޭ ވަރަށް ކެއުން މިކަމުގައި ލާޒިމުވެގެން ނުވެއެވެ. އޭނާއަށް ކާން ދިނުންވަނީ އޭނާ ބަނޑުފުރާނޭ މިންވަރަކަށެވެ.
26- ބަލި މީހުން ވަނީ ދެ ޙާލަތެއް ގައެވެ:
ފުރަތަމައީ: އެކަމުން ދުޅަހެޔޮ ވުމުގެ އުއްމީދެއް ނުވާ މީހުން ތެރެއިންވުން، ފަހެ އެއްވެސް ޚިލާފެއް ނެތި މިފަދަ މީހާ ގެ މައްޗަށް ޤަޟާއު ކުރުމެއް ނުވެއެވެ. އެހެނީ އޭނާއަށް އެކަމުގައި ކުޅަދާނަކަން ނެތުމުންނެވެ. އެއީ މުސްކުޅިބަލީގައިވާ މުސްކުޅި މީހާ ފަދައެވެ. މިޙާލަތުގައި ކޮންމެ ދުވަހެއްގެ މައްޗަށް މިސްކީނަކަށް ކާންދޭނީއެވެ.
ދެވަނައީ: އޭނާ ދުޅަހެޔޮ ވާނޭ ކަމުގެ އުއްމީދު އޮތް މީހުންނެވެ. މިމީހާ ގެ މައްޗަށް ކެއުން ދިނުމެއް ނުވެއެވެ. އެހެނަސް ފަސޭހަވަންދެން ވަނީ އިންތިޒާރު ކުރުމެވެ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.