36- ޞައްޙަ ގޮތަކީ، އެއް ދުވަހަށް ވުރެ މަދުން އިޢުތިކާފު ޞައްޙަ ނުވުމެވެ. އެހެނީ ނައްޞުތަކިން ވާރިދުވެފައިވާ އެންމެ ކުރު މިންވަރަކީ…
=
36- ޞައްޙަ ގޮތަކީ، އެއް ދުވަހަށް ވުރެ މަދުން އިޢުތިކާފު ޞައްޙަ ނުވުމެވެ. އެހެނީ ނައްޞުތަކިން ވާރިދުވެފައިވާ އެންމެ ކުރު މިންވަރަކީ މިއީއެވެ. އަދި އެއަށް ވުރެ ކުރު ނަމަ ބުނެވެނީ ރިބާޠު އެވެ. އިޢުތިކާފު އެއް ނޫނެވެ. އެހެނީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވި އެވެ: "ألا أدلكم على ما يمحو به الله الخطايا ويرفع به الدرجات.......وانتظار الصلاة بعد الصلاة فذلكم الرباط فذلكم الرباط" (އެއަކުން ﷲ ކުށްފާފަ ފުއްސަވައި (ޖަންނަތުގައި) ދަރަޖަތައް އުފުއްލަވާނޭ ކަމަކަށް ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ މަގުދައްކަވަމުހެއްޔެވެ؟ ... ... އަދި އެއްނަމާދުން އަވަދިވެ އަނެއް ނަމާދަށް އިންތިޒާރު ކުރުމެވެ. ފަހެ ރިބާޠު އަކީ އެއީއެވެ. ރިބާޠު އަކީ އެއީ އެވެ.) އަދި އެއީ އިޢްތިކާފެކޭ އެއް ޙަދީޘެއް ނުކުރައްވަ އެވެ.
37- މީހެއް ރަމަޟާން މަހުގެ ރޯދަ ޤަޟާއު ކުރުމަށް ހުރެ، ދެން ކައިބޮއެ ހެދުމަށް ނިޔަތްގަތެވެ. އެހެނަސް އެޢަމަލެއް ނުކުރެއެވެ. ދެން ނަފްލު ރޯދަޔަކަށް ނިޔަތް ބަދަލުކުރި އެވެ. މި (ނަފްލުގެ ނިޔަތް) ޞައްޙައެވެ. އެހެނީ އޭނާ ރޯދަ ދޫކޮށްލުމަށް ނިޔަތް ނުގަނެއެވެ. އެހެނަސް ނިޔަތް ގަތީ ކައިބޮއެ ހެދުމަށެވެ.އަދި އެހެން ޢަމަލެއް ނުކުރެއެވެ. އެހެންކަމުން ނަފްލު އަކަށް ނިޔަތް ގަތުން ޞައްޙައެވެ.
38- ރަނގަޅު ބުނުމަކީ، ފުރަގަސް ފަރާތް މެދުވެރިކޮށް ޖަހާ ސަޕޯޒިޓަރީ އިން ރޯދަ ނުގެއްލޭނޭކަމެވެ. އަދި ރޯދަޔަކަށް ގެއްލުމެއް ވެސް ނުފޯރާނޭ ކަމެވެ. އެހެނީ އެއީ ކެއުމާއި ބުއިމާއި އެއްދަރަޖައެގައިވާ ކަމެއް ނޫނެވެ.
39- ޙަންބަލީން ގެ ގާތު އަނދުނުގެ ސަބަބުން ރޯދަ ގެއްލެއެވެ. އަދި އަނެއް ބުނުމަކީ، ރޯދައެއް ނުގެއްލޭނެ އޭ އެވެ. މިއީ އަޙްމަދު އަރިހުން އައިސްފައިވާ އެއް ބަސްފުޅެވެ. އަދި އިބްނު ތައިމިއްޔާ ޚިޔާރު ކުރެއްވި ގޮތެވެ. އެއީ އޭގެ ރަހަ އަރުތެރެޔަށް ލިޔަސް އެވެ. އަދި ރަނގަޅު ބުނުމަކީ މިއީއެވެ. އެހެނީ މިކަމަކުން އެކަން ކުރާ މީހާ ރޯދަ ގެއްލުމަކަށް ލާޒިމު ނުކުރެއެވެ. އެހެނީ މީހަކު އޭނާ ފައި ދަށްފުށު ކުދިކެކުރި (ބޭސްފަރުވާއަށް ޗިސްކޮށް) އެޅިޔަސް، އޭގެ ހިތި އަރުތެރޭ ލައެވެ. އަނދުނަކީ ނަބިއްޔު ﷺ ޒަމާނުގައި ގެންގުޅެވުނު އެއްޗެކެވެ. އަދި މީސްތަކުންގެ ތެރެއިން އެތައް ބަޔަކު އިސްތިޢުމާލު ކުރަމުން ދިޔައެވެ. އެއިން ރޯދަ ގެއްލޭނީހީ ނަމަ ނަބިއްޔު ﷺ އެކަން ބަޔާން ކުރެއްވީހެވެ.
40- އަންހެނާގެ ފަރުޖުތެރެއިން (ރަހިމު)ބެލުމަށް އާލާތެއް ވެއްދިޔަސް، ރަނގަޅު ބުނުމަކީ ރޯދަ ނުގެއްލޭނޭކަމެވެ.
(ނުނިމޭ)
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.