45- ކެއްސައި ގެން ވިޔަސް، ނޭފަތު ވައިހޮޅިން އަނގަތެރެޔަށް ފައިބާ ވިޔަސް، އަރިދަފުސް ރޯގާ އާއި މެދު ރަނގަޅު ބުނުމަކީ، ރޯދަ ނުގެއްލޭނޭ…
45- ކެއްސައި ގެން ވިޔަސް، ނޭފަތު ވައިހޮޅިން އަނގަތެރެޔަށް ފައިބާ ވިޔަސް، އަރިދަފުސް ރޯގާ އާއި މެދު ރަނގަޅު ބުނުމަކީ، ރޯދަ ނުގެއްލޭނޭ ކަމެވެ. އެހެނީ އޭނާ ބޭރުން އެއްޗެއް ގެނެސްގަނެފައި ނުވުމުންނެވެ.
46- ސިވާކުން ދަތް އުނގުޅައި އޭގެން ބޭރުވާ އެއްޗެއް ދިރުވިއްޖެ މީހާ، ރޯދަ އެއް ނުގެއްލޭނެއެވެ. އެހެނަސް ލުނބޯ ނޫނީ އެނޫންވެސް ރަހަޔަކުން (ކެމިކަލް ވިޔަސް ނޫނަސް) އިތުރު ކުރުމެއް ވާ ސިވާކު ތަކުން (ރޯދަމަހު ދުވާލު) ދުރުހެލިވާށެވެ.
47- (ރޯދަޔަށްހުރެ) ނޭފަތަށް ފެން ލުމުގައި އަދި އަނގަ ދޮވުމުގައި މާއެތެރެޔަށް ލައިފި މީހާ، ފަހެ އޭނާ އެވަނީ ނަބިއްޔު ﷺ އަމުރާއި ޚިލާފުވެފައެވެ. އެހެނަސް ޤަޞްދާއި ނުލައި (އަރުތެރެއަށް) ފެން ވަނަސް، އޭނާގެ ރޯދަ ނުގެއްލޭނެއެވެ.
48- ވަޤުތު އޮޅި މުދިމަށް ބަންގި ގޮވިއްޖެ ހިނދު، މީހަކު ކައިފިނަމަ، ދެން މުދިމަށް ވަޤުތު އޮޅުނީކަމަށް އޮޅުން ފިލުމުން ކެއުން ހުއްޓައިފި މީހާ، ރަނގަޅު ބުނުމަކީ އޭނާގެ ރޯދަ ޞައްޙަ ކަމުގައެވެ. އަދި އިބްނު ތައިމިއްޔާ ތާއީދު ކުރެއްވި ރައުޔަކީ މިއީއެވެ.
49- އުއްމުލް ޤުރާ ގެ ތަޤްވީމު (ނަމާދު ވަޤުތުގެ ޗާޓު) އަށް ބަލާއިރު، ރޯދަ ވެރިޔާ މީގައި ހިފުން ވަނީ ރައްކަަލަކަށްޓަކައެވެ. ދެންފަހެ ނަމާދަށް ބަލާއިރު، ރައްކަަލަކަށްޓަކައި (އޭގައިވާ ވަޤުތަށްވުރެ) އޭނާ ލަސްކުރުންވެއެވެ. އެހެނީ އޭގައިވާ ވަޤުތު އަވަހެވެ.
50- (ފަތިސް) ބަންގި ގޮވެމުންދާ އިރު (ފެން) ބުއިމާއި މެދު ސުވާލުވެވުނެވެ. (އަލްޢަލްވާން) ވިދާޅުވިއެވެ: ބަންގި ދޭ މީހާ ވަޤުތުގެ ކުރިޔަށް ގޮވާނަމާ މައްސަލައެއް ނެތެވެ. އެހެނަސް ސީދާ، (ފަޖުރުއް ޞާދިޤް) ވަޤުތުގައި ބަންގި ގޮވާނަމަ، (ބުއިން) ހުއްޓާލަން އަވަސްވެގަންނަން ޖެހެއެވެ. އަތުތެރޭ އެއްޗެއް ލެވިފައި އޮވެއްޖެ ނަމަ އެޔެއް ބޯށެވެ. އެއީ އަބޫ ހުރައިރާ ގެ ބަސްފުޅުގެ މަތީންނެވެ: "إذا أذن المؤذن وفي يد أحدكم إناء فلا يضعه حتى يقضي نهمته" (މުދިމު ބަންގި ދޭހިނދު، އަދި ތިޔަބައިމީހުންގެ އަތްތެރޭ (ފެން) ކަންވާރެއް އޮވެއްޖެނަމަ، އޭނާގެ އެބޭނުން ފުއްދައި ނުލާ އެތިރި ނުކުރާށެވެ.) އަދި މި ރިވާޔަތް މަރްފޫޢުކޮށް އަދި މަޥްޤޫފުކޮށްވެސް އައިސްފައި ވެއެވެ. އަދި ރަނގަޅު ބުނުމަކީ މަޥްޤޫފުކަމެވެ. (އަދި އަލްޢަލްވާން ވިދާޅުވެފައިވަނީ މިއީ ބުއިމުގެ ކޯވަރަށް އެކަނި ކަމަށެވެ. ކެއުމަކަށް ނޫނެވެ. މީގެ ތަފްސެއް އަހަރެމެންވާނީ ކުރިން ގެނެސްފައެވެ.)
•ނިމުނީ•
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.