ރޯދަވެރިޔާ ވިކްސް ބާމާއި އޭގެ އިންހޭލާ އަދި ކޯރާޑީ ތެޔޮ ފަދަ ތަކެތި ބޭނުން ކުރުމުހެ ޙުކުމުގެ ޚުލާޞާ
🕝 ރޯދަވެރިޔާ ވިކްސް ބާމާއި އޭގެ އިންހޭލާ އަދި ކޯރާޑީ ތެޔޮ ފަދަ ތަކެތި ބޭނުން ކުރުމުހެ ޙުކުމުގެ ޚުލާޞާ
🔄🔄🔄🔄🔄
ސުވާލު: ސައިނަސް އުނދާގޫވާ މީހަކަށް ވިކްސް ބާމުން ވަސްބެލުމާއިމެދު އޮޅުންފިލުވާލަން އަހަރެމެން ބޭނުމެވެ. އެހެނީ ވަރަށް ބޮޑަށް ނޭފަތް ބޭދުން އެވެރިންނަށް ދިމާވާތީއެވެ. ރަމަޟާން މަހުގެ ދުވާލު މިކަން ކުރުމުން ރޯދަ ގެއްލޭނެހެއްޔެވެ. އަދި ނޭފަތުގެ ތެރޭ އެ ހޭކުމިން ރޯދަ ގެއްލޭނެހެއްޔެވެ؟
ޖަވާބު: ❞ ޝައްކެތްނެތި ވިކްސް ގައި ވަރުގަދަ ވަހެއް ހުރެއެވެ. އަދި އެވަސް ދަމާލެވޭ ހިސާބަށް ގަދަޔަށް ފޯރައެވެ. އެހެނަސް އެވަހުން އެކަންޏެއް ރޯދަ ނުގެއްލެއެވެ. އެއީ ނޯށަށް ދަމާލެވޭ އެތީގެ ކޮންމެވެސް މިންވަރެއް ނުދާހާހިނދަކުއެވެ. މިގޮތުން އެއިން މާއްދީ އެއްޗެއް މީހާގެ ބަނޑުތެރެއަށް ނުފޯރާ ފަދަ ފިނިފެން މަލެއް ނޫނީ ގަނދަކޯޅި ނޫނީ އެޒާތުގެ އެއްޗަކުން ވަސްބެލުމާއި، ތިބާގެ ހަށިގަނޑު އެތެރެއަށް ފެތުރިދާ ބުޚޫރު (މީރުވަސް ދުއްވާ) ދުން ފަދަ އެއްޗަކާއި ފަރަޤެއް ވެއެވެ. މިދޭތީގައި ތަފާތުވެއެވެ. އެހެންކަމުން ގަނދަކޯޅީގެ ވަސް ބަލައިގެނެއް ރޯދަ ނުގެއްލެއެވެ. އެހެނީ އޭގެން މިންވަރެއް ބަނޑުތެރެއަށް ނުވަންނާތީއެވެ. މިއާއި ޚިލާފަށް ދުން (ބޮއެފިނަމަ ނޫނީ) ނޭފަތަށް ދަމައިފިނަމަ، އެހިނދުގައި އެ އޭނާގެ ބަނޑުތެރޭ ފެތުރެއެވެ. ވީމާ ރޯދަވެރިޔާ އެއަށް ރައްކައުތެރިވުން ވެއެވެ.⁽¹⁾ މީގެ މައްޗަށް ބަލައި، ބުނަމެވެ: ވިކްސް (ބާމް) އިން ރޯދަ ނުގެއްލެއެވެ. ހަމައެފަދައިން އޭގެ ވަހުންވެސް ގެއްލުމެއް ނެތެވެ. އެއީ ގަނދަކޯޅިއާއި ފިނިފެންމަލާއި އެފަދަ އެއްޗަކުން އޭނާ ވަސްބެލުމުންވެސް ވާފަދައިންނެވެ. ❝ — ޝެއިޚް ޢަބްދުލް ކަރީމް އަލްޚުޟައިރު ⁽²⁾
ޚާލިދް އަލްމުޞްލިޙު ވިދާޅުވިއެވެ: ”ޢިލްމުވެރިންގެ ދެޤަޥްލުން ބޮޑަށް ޞައްޙަ ބުނުމުގެ މައްޗަށް ބަލާއިރު، ވިކްސް ނުވަތަ އެނޫންވެސް މިޘާލަކަށް ހުވަނދުފަދަ ވަސްހުންނަ ތަކެތި ނޭފަތުގައި ލައިގެން ރޯދަވެރިޔާގެ ރޯދަ ނުގެއްލޭނެއެވެ. އެހެނީ އެއާއިމެދު ރޯދަ ގެއްލޭ ކަންކަމުގައި ނައްޞެއް ނުވަތަ އިޖުމާޢުއެއް ނެތުމުންނެވެ. އަދި (ރޯދަ ގެއްލޭ ކަންކަމުގެ ޙުކުމުގެ) އަޞްލަކީ: (އެޢަމަލަކީ ރޯދަ ގެއްލޭ ޢަމަލެއް ގޮތުގައި ވާރިދުވާ ދަލީލެއް އަދި ޙުއްޖަތެއް ނެތްހާހިނދަކު، އެކަމަކީ ރޯދަ) ފަސާދަވާ ކަމެއް ގޮތުގައި ނުވެ އޮތުމެވެ. އިބްނު ތައިމިއްޔާ، އެކަލޭގެފާނުގެ ފޮތް حقيقة الصيام (ޞ. 51) ގައި، ގަލަދުމުން ރޯދަ ގެއްލޭތޯ އާއިމެދު ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ: ”ވީމާ މިއީ ރޯދަ ގެއްލޭ ކަންތަކުން ކަމެއް ނަމަ، ނަބިއްޔު ﷺ އެކަން އެހެން ރޯދަ ގެއްލޭ ކަންކަން ބަޔާން ކުރެއްވިފަދައިން ބަޔާން ކުރެއްވީހެވެ. އަދި އެކަން ބަޔާން ކުރައްވާފައި ނެތުމުން އޭގެން އެނގެނީ، މިއީ ހުވަނދާއި ، ބުޚޫރާއި، ތެޔޮ ފަދަ ތަކެތީގެ ޙުކުމުގެ ތެރެއިން ވާ އެއްޗެއް ކަމެވެ. ބުޚޫރަކީ ނޭފަތް ތެރެއިން ގޮސް ސިކުނޑިތެރެޔަށް ވަދެ ހަށިގަނޑަށް ބީހޭ އެއްޗެކެވެ. އަދި (ހާނާފައިވާ) ތެޔޮތަކަކީ ހަންގަނޑަށް ވަދެ ހަށިގަނޑު ތެރެއަށް ވަދެ އެތާޒާ ކޮށްދޭ އެއްޗެކެވެ. ހަމައެފަދައިން ހުވަނދުންވެސް މީހާ ބާރު ޖައްސުވައިދެއެވެ. އެހެންކަމުން މިތަކެތި ރޯދަވެރިޔާ އަށް ނަހީ ކުރައްވާފައި ނެތުމުން، އެއިން ދަލީލު ކޮށްދެނީ ހުވަނދުލައި، ބުޚޫރުވެ، ތެޔޮދެމާއި އުނގުޅުން ހުއްދަކަމެވެ. ގަލަދުންވެސް ވަނީ ހަމަ އެފަދައިންނެވެ.“ އަދި އަހަރެން ބުނަމެވެ: ވިކްސް އާއި އެފަދަ ތަކެތި ރޯދަވެރިޔާ އޭނާގެ ނޯށުގައި އުނގުޅުންވެސް ވަނީ ހަމައެފަދައިންނެވެ. (ރޯދަ ނުގެއްލޭ ކަމެކެވެ.) — اهـ. ⁽³⁾
އަދި މީގެ ދަށުން ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ: ”އޭގެ ރަހަ ކަރުތެރޭ ލައިފިނަމަ، އެކަމަކީ އޭގެ ޒާތުގައި ރޯދަ ގެއްލޭނޭ ކަމެއް ނޫނެވެ. އެއީ އެރޯދަވެރިޔާ އެކަމަށް ގަސްތުކޮށްގެން އެދިރުވައި ނުލާހާ ހިނދަކު އެވެ. އެހެން ކަންތައް ކޮށްފިނަމަ އޭނާގެ ރޯދެ ގެއްލޭނެއެވެ.“ ⁽⁴⁾
~ ގަލަންދާނު
-------------------------
[1] ބަޚޫރު ނުވަތަ ބުޚޫރު (ދިވެހިބަހުން: ދުންކެވުން) އޭގެ ޒާތުގައި ރޯދަ ގެއްލޭ ކަމެއް ނޫނެވެ. އެހެނަސް މީގައި ޚިލާފުވަނީ ނޭވާ އަށް ގަސްތުގައި އެ ދެމުމުގެ މައްސަލައިގައެވެ. އަލްޢަލްވާންގެ ”ރޯދައިގެ ފިޤުހުން 50 ފައިދާ“ ގައި އަހަރެމެން މި ނުކުތާ ގެނެސްފައިވާނެއެވެ. (ތަފްޞީލު) ، އަދި (މިޕޯސްޓް)
[2] ޢަބްދުލް ކަރީމް އަލްޚުޟައިރު، ރޯދަ ފަތުވާ (މަޞްދަރު)
[3] އަލްމުޞްލިޙް ގެ ފަތުވާގެ އަޞްލު (މަޞްދަރު)
[4] އިސްލާމްވެބް ފަތުވާ މަޖްލިސް (ފަތުވާ 14625) ، މީގެ އިތުރަށް: އިސްލާމް ސުވާލާއިޖަވާބު ފަތުވާ ނަންބަރު (37949)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.