އަންހެނުންގެ އިޢުތިކާފުގެ ޝަރުޠުތައް
🏳️އަންހެނުންގެ އިޢުތިކާފުގެ ޝަރުޠުތައް
❞ އަދި ރަނގަޅު (ޤަޥްލަކީ) އަންހެނާއަށް ވެސް މިސްކިތުގައި މެނުވީ އިޢުތިކާފު ޞައްޙަ ނުވުމެވެ. މިއާއި އެކުވެސް — އަންހެނާއަށް އިޢުތިކާފު ކުރުން ނުވެޔޭ — އެހެނަސް:
⬆️ފުރަތަމަ ކަމަކަށް އޭނާގެ ވަލީވެރިޔާގެ އިޒުނަޔާ ނުލައި
⬆️ ދެވަނަކަމަކަށް ފިތުނައިން ރައްކައުތެރިވެގެންވާ ޙާލުގައި މެނުވީ
⬆️ތިންވަނަ ކަމަކަށް، ˺ޙައިޟާއި ނިފާސުން ކެނޑި˹ ޠާޙިރު ޙާލަތުގައި އޭނާ ނުވާ ހައި ހިނދަކު.
⚠️ފަހެ މިއިން އެއްކަމެއްވެސް މަދު ނަމަ، އޭނާގެ އިޢުތިކާފު ޞައްޙަވެގެން ނުވެއެވެ.
އަދި އަންހެނާ މިސްކިތުގައި އިޢުތިކާފު ވަނީ ނަމަ، ފިރިހެނުންނާއި އެކަހެރިވާން ޖެހޭނެއެވެ. އަދި އޭނާއަަށް ޚާއްޞަ ފޭލިގެއެއް ވުން ވެއެވެ. އެއީ: ފަރުދާ ހުރަހަކާއި ނުލައި.ފިރިހެނުންނަށް އޭނާ ފެނުމުން ރައްކައުތެރިކުރުމަށްޓަކައެވެ. ❝
— ޝެއިޚް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.