ޢާޝޫރާ ނޫނީ ތާސޫޢާ ރޯދަ އާއި ހޯމަ ފަދަ ހަފްތަވީ ސުންނަތް ރޯދަ ދުވަހަކާއި ދިމާވާނަމަ އެދެރޯދައަށް ނިޔަތް ގަނެ ޖަމަޢަ ކުރެވޭނެ ހެއްޔެވެ؟
❓ ޢާޝޫރާ ނޫނީ ތާސޫޢާ ރޯދަ އާއި ހޯމަ ފަދަ ހަފްތަވީ ސުންނަތް ރޯދަ ދުވަހަކާއި ދިމާވާނަމަ އެދެރޯދައަށް ނިޔަތް ގަނެ ޖަމަޢަ ކުރެވޭނެ ހެއްޔެވެ؟
ޑރ. ޢަޤީލު ބުނު ސާލިމް އައްޝައްމަރީ ގެ ރިސާލާ، ”ޢާޝޫރާ ދުވަހުގެ ފިޤުހާއި ތަރުބަވީ ކަންތައްތަކުން 80 ކަމެއް“ ގައި ވިދާޅުވިއެވެ:
❞ ތިރީސް ތިންވަނަ މައްސަލަ: ޢާޝޫރާ ދުވަސް ހޯމަދުވަހާއި އެއް ދުވަހެއް ކަމުގައި ވެއްޖެނަމަ، ނޫނީ ބުރާސްފައްޗަކާއި އެއްދުވަހަކަށް ވެއްޖެނަމަ، ފަހެ ހޯމަ ނޫނީ ބުރާސްފައްޗާއި އެކު ޢާޝޫރާ އެއްނިޔަތަކުން ހިފިދާނެ ހެއްޔެވެ؟
(ޖަވާބު) މި މައްސަލަ ގުޅިފައިވަނީ އެހެން މައްސަލަޔަކާއި އެވެ. އެއީ: އެއް އަޅުކަމުގެ ތެރެޔަށް އެހެން އަޅުކަމެއް ވަނުމުގެ މައްސަލައެވެ. އަދި މި(ސުވާލުވެވުނު) ކަންތަކުގައި، ޞައްޙަ ބުނުމަކީ:
ޢާޝޫރާގެ ރޯދަޔާއި އެކު ހޯމަދުވަހުގެ ނޫނީ ބުރާސްފަތި ދުވަހުގެ ރޯދައަށް މީހަކު އެއްފަހަރާ ނިޔަތް ގަތުން، ޞައްޙަވެގެންވުމެވެ. އަދި ﷲ ގެ ފަޟުލު ފުޅާވެގެންވެއެވެ. އެއިލާހީ ދީލަތިވަންތަ ފަރާތްތަކުން އެންމެ ދީލަތިވަންތަވޮޑިގެންވާ ފަރާތެވެ. سبحانه وتعالى. ❝
~ ގަލަންދާން 🖋
ــــــــــــــــــــ
ތަފްޞީލު: ދެރޯދައެއްގެ ނިޔަތް ޖަމަޢަ ކުރުމުގެ ޙާލަތްތައް
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.