ރޯދަ ހިފުމަށް ނިޔަތް ގަތުމުގެ ޙުކުމް
ރޯދަ ހިފުމަށް ނިޔަތް ގަތުމުގެ ޙުކުމް
ރޯދަ ނިޔަތާއި ނުލައި ޞައްޙަ ނުވާނޭ ކަމުގެ މައްޗަށް ފިޤުހުގެ ހަތަރު މަޛްހަބު އިއްތިފާޤުވެއެވެ. ހަނަފީން(1) ނާއި މާލިކީން(2) ނާއި ޝާފިޢީން(3) ނާއި ހަންބަލީން(4) ނެވެ. އަދި މިކަމުގެ މައްޗަށް އިޖްމާޢި އެެއްވެސް ވާރިދުވެފައިވެއެވެ.(5)
ދަލީލަކީ: ޢުމަރު ބުނުލް ޚައްޠާބު رَضِيَ الله عنه އަރިހުން ﷲގެ ރަސޫލާ صلَّى اللهُ عليه وسلَّم ޙަދީޘް ކުރެއްވިޔޭ:
((إنَّما الأعمالُ بالنيَّاتِ، وإنَّما لكُلِّ امرئٍ ما نوى))
"ހަމަކަށަވަރުން ޢަމަލުތައް ވަނީ ނިޔަތަށެވެ. އަދި ހަމަކަށަވަރުން ކޮންމެ ފަރުދަކަށްވެސް ވަނީ އޭނާ ނިޔަތްގަތް ކަމެކެވެ."(6)
އެބަހީ، އޭނާ އެކުޅަ އަމަލަކު ނުލިޔުއްވޭނެޔޭ، އެހެނަސް އޭނާ އެކަމުގައި ނިޔަތް ގަތްގޮތުގެ މައްޗަށް މެނުވީ އެވެ.
ނިޔަތް އޮންނަތަނަކީ ހިތެވެ: "ނިޔަތޭ" (نِيَّةً) މިކިޔެނީ އެހެންވެގެނެވެ. އެއައިސްފައިވަނީ "އައްނަވާ" (النَّوَى) އިންމެވެ. އަދި ނަވާ މިއީ މޭވާގެ އެތެރެ ވަތެވެ. އަދި ނިޔަތްވަނީ ހިތުގައެވެ. އިންސާނާގެ އެންމެ އެތެރޭގައެވެ. ބޭރަށް ފާޅުނުވެއެވެ. ބޭރަށް ފާޅުވެއްޖެތަ؟ އެޔަށް ނިޔަތެކޭ ނުކިޔެއެވެ. އަދި އަޑިއިއްވުމަކީ ނިޔަތްގަތުމެކޭ ނުބުނެވެއެވެ.
އަދި ދުލުން ނިޔަތެއް ކިޔުމަކީ ނަބިއްޔާ صلى الله عليه وسلم އަރިހުން ނޫނީ އެއްވެސް ޞަޙާބީއެއް ނޫނީ ތާބިއީންގެ ތެރެއިން އިމާމެއްގެ އަރިހުންވެސް ވާރިދުވެފައި ނުވާކަމެކެވެ. އަދި ކިއެއްހެއްޔެވެ؟ ބިދުޢަ އެކެވެ.
ފަރުޟު ރޯދަޔަށް ނިޔަތް ގަތުމުގެ ވަޤުތު
ފަޖުރު ލުމުގެ ކުރިން، އެ ރޭގަނޑު ފަރުޟު ރޯދައިގެ ނިޔަތް ގަތުން ވާޖިބެވެ. އަދި މިއީ ޖުމްހޫރުންގެ ބަސްފުޅެވެ. މާލިކީން(7) ނާއި ޝާފިޢިން(8) ނާއި ޙަންބަލީން(9) ގެއެވެ. އަދި ސަލަފުންގެ ތެރެއިން ބައިގަނޑެއްގެ ވިދާޅުވުމެވެ.(10)
_________
1- ((الهداية)) للمرغيناني (1/118)، وينظر: ((فتح القدير)) للكمال ابن الهمام (2/304)، ((بدائع الصنائع)) للكاساني (1/152-153).
2 ((مواهب الجليل)) للحطاب (3/336).
3 - ((المجموع )) للنووي (6/300).
4 - ((منتهى الإرادات)) لابن النجار (2/17)، وينظر: ((المغني)) لابن قدامة (3/109)، ((الشرح الكبير)) لشمس الدين ابن قدامة (3/22).
5 - قال ابنُ قدامة: (وجملَتُه أنَّه لا يصِحُّ صَومٌ إلا بنيَّةٍ؛ إجماعًا- فرضًا كان أو تطوُّعًا) ((المغني)) لابن قدامة (3/ 109).
6 - رواه البخاري (1) واللفظ له، ومسلم (1907)
7 - قال ابنُ عبد البر: (ولا يجوز صومُ شهر رمضان إلا بأن يُبَيَّت له الصَّومُ ما بين غروب الشَّمس إلى طلوعِ الفَجرِ بنيَّةٍ) ((الكافي)) (1/335).
8 - ((المجموع)) للنووي (6/299).
9 - ((الإنصاف)) للمرداوي (3/208).
10 - قال الشوكاني: (والحديثُ فيه دليلٌ على وجوبِ تَبييتِ النيَّةِ وإيقاعها في جزءٍ مِن أجزاءِ الليلِ، وقد ذهب إلى ذلك ابنُ عمر وجابر بن يزيد من الصحابة... ومالك والليث وابن أبي ذئب) ((نيل الأوطار)) (4/232).
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.