ރޯދަހިފުމަށް ވަކި ޝަރުޠެއްކޮށް ނިޔަތް ގަނެއްޖެ މީހާ
ރޯދަހިފުމަށް ވަކި ޝަރުޠެއްކޮށް ނިޔަތް ގަނެއްޖެ މީހާ
މިސާލަކަށް: މާދަމާ އަކީ ރަމަޟާން އަށް ވެއްޖެނަމަ އަހަރެންނަށް ފަރުޟެކޭ، ނޫނީ ފަރުޟު ރޯދަޔެކޭ ނިޔަތްގަނެއްޖެ މީހެކެވެ. ދެން އެއަށްފަހު އެއީ ރަމަޟާން ކަމަށް ބަޔާން ވެއްޖެނަމަ، އޭނާގެ ރޯދަ ޞައްޙައެވެ. މިއީ އަޙްމަދު އަރިހުން އައިސްފައިވާ އެއް ބަސްފުޅެވެ.(1) އަދި އިބްނު ތައިމިއްޔާގެ ނިންމެވުމަކީވެސް މިއެވެ.(2)
އެހެނީ މީގައި އޭނާ ކިރެނީ އެއީ ކޮން މައްސަރެއް ތޯ އާއިމެދުގައެވެ. އޭނާގެ ނިޔަތުގެ މައްޗަކަށް ނޫނެވެ. އަދި ރޯދަ ހިފާނީތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އަދި އޭނާ ރޯދަ ކަނޑަ އަޅާފައިވަނީ މަސް ޘާބިތުވުމުގެ މައްޗަށެވެ. އެމަސް ޘާބިތުނުވެއްޖެނަމަ ރޯދައެއްނުވެއެވެ.(3)
_________
1 - ((المغني)) لابن قدامة (3/113)
2 - قال المرداوي: (واختار هذه الرِّواية- أي: يُجزيه إن نوى: إن كان غدًا مِن رمضان فهو فرضي، وإلا فهو نَفلٌ- الشيخ تقي الدين) ((الإنصاف)) (3/209).
3 - ((الشرح الممتع)) لابن عُثيمين (6/362).
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.