ފިޤްހް / ރޯދަ
އަމިއްލަޔަށް އެދުން ފުއްދުން - ގަސްތުގައި މަނި ބޭރުކުރުން - ރޯދަ ފާސިދުކޮށްލާނެހެއްޔެވެ؟
ލިޔުނީ: Galandān Admin21 April 2020 at 19:360 ޚިޔާލުތައް

🔻 އަމިއްލަޔަށް އެދުން ފުއްދުން - ގަސްތުގައި މަނި ބޭރުކުރުން - ރޯދަ ފާސިދުކޮށްލާނެހެއްޔެވެ؟
ބުނެވެއެވެ: ރޯދަގެއްލޭނެއެވެ. އަދި މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. އަދި ބުނެވެއެވެ: ރޯދައެއް ނުގެއްލޭނެއެވެ. އަދި މިކަމުގެ މައްޗަށް ދަލީލެއްނުވެއެވެ. އަދި އެންމެ ފުރަތަމަ ބުނެވުނުގޮތް ރައްކައުތެރިކަން ބޮޑެވެ.
🔻 ދުންބުއިން (އެބަހީ: ސިނގިރޭޓުން) ރޯދަ ގެއްލޭނެހެއްޔެވެ؟
ދުން (އެބަހީ: ދުންފަތް) ބުއިމުގެ ސަބަބުން ރޯދަ ގެއްލޭނެއެވެ. އެހެނީ އެއީ ބޮވޭއެއްޗެކެވެ.
~ގަލަންދާނު #ރޯދަ_ފަތުވާ
އައްޝެއިޚް ސުލައިމާން ބުނު ނާޞިރު، އަލްޢަލްވާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.