ރޯދަވެރިޔާ ކަރުހިއްކުމުގެ ސަބަބުން އަނގަދޮވުމާއި މެދު ޝެއިޚް ސުލައިމާން އަލްޢަލްވާން އާއި ސުވާލު ވެވުނެވެ
❔ ރޯދަވެރިޔާ ކަރުހިއްކުމުގެ ސަބަބުން އަނގަދޮވުމާއި މެދު ޝެއިޚް ސުލައިމާން އަލްޢަލްވާން އާއި ސުވާލު ވެވުނެވެ.
ވިދާޅުވިއެވެ: ”އެކަމުގައި މައްސަލައެއް ނެތެވެ. އަދި އަނގަދޮވުމުގެ އަސާސީ ޙުކުމަކީ ޖާއިޒު ވުމެވެ. މިގޮތުން ވުޟޫއުގައި އަނގޮދުވުމީ ޝަރުޢުވެގެންވާ ކަމެކެވެ. އަދި އެނޫން ޙާލަތްތަކުގައި ހުއްދަކަމެކެވެ. މިއީ ރޯދަޔަށް ހުއްޓަސްއެެވެ. އެހެނީ ރޯދަވެރިޔާއަށް މަނާވެގެންވަނީ ކެއުމާއި ބުއިމެވެ. އަދި މިދެމާނައިގެ ތެރެއަށް އެކަން (އެބަހީ: އަނގަދޮވުން) ނުވަދެއެވެ.
ހަމައެފަދައިން ކަރުހިއްކުން ލުއި ކުރުމަށް ރޯދަވެރިޔާ އޭނާގެ މޭމަތި ފެނުން ތެންމުން ނުވަތަ ފެންވެރުންވެސް މަކުރޫހަކަމެއް ނެތި ހުއްދައެވެ. އަދި އެކަމަކުން އޭނާގެ ރޯދަޔަކަށް ގެއްލުމެއް ނުފޯރާނެއެވެ.
ސުނަން އަބޫ ދާވޫދާއި އެނޫން ފޮތް ތަކުގައި، އަބޫ ބަކުރު ބުނު ޢަބްދުއްް ރަޙްމާން އަރިހުން ރިވާވެގެންވާ ގޮތުގައި، އެކަލޭގެފާނު ނަބިއްޔު ﷺ ގެ ބައެއް އަޞްޙާބުންނާ ބައްދަލުވެ ބަސްވިދާޅުވެފައިވެއެވެ. އަދި އެއިން ބޭކަލަކު ވިދާޅުވިޔޭ:
”ނަބިއްޔު ﷺ ރޯދަޔަށް ހުންނަވައިގެން ބޮލަށް ފެންއަޅުއްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ. އެއީ އެހެންޏާ ކަރުހިއްކެވުމުގެ ސަބަބުންނެވެ. ނޫނީ ހޫނުގެ ސަބަބުންނެވެ.“
މިއީ ރޯދަވެރިޔާ ހަށިގަނޑު ފިނިކޮށްލައި ކަރުހިއްކުން ލުއިކޮށްލުމަށް ބޮލަށް އަދި އޭނާގެ ގަޔަށް ފެންއެޅުން ޖާއިޒުކަމުގެ މައްޗަށް އޮތް ދަލީލެކެވެ.“
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން| فوائد منتقاة (ބަސްކޮޅު)
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.