އަދި އަބޫ މުޙައްމަދުލް މިޞްރީ، ފަތާވާ ޢަބަރުލް އަޘީރް (ފަތުވާ ނ. 1000) ގައި މުރަތައްދު ވެފައިވާ މީހަކަށް ދޭން ޖެހޭ ދަރަންޏަކާއިމެދު…
➋
އަދި އަބޫ މުޙައްމަދުލް މިޞްރީ، ފަތާވާ ޢަބަރުލް އަޘީރް (ފަތުވާ ނ. 1000) ގައި މުރަތައްދު ވެފައިވާ މީހަކަށް ދޭން ޖެހޭ ދަރަންޏަކާއިމެދު ސުވާލުވެވުމުން އޭގެ ޖަވާބު ނިންމަވާލަމުން ވިދާޅުވިއެވެ. (އެއީ މުރުތައްދު މަރުވެއްޖެ ނަމަ ނޫނީ ޤަތުލުވެއްޖެ ނަމަ ނޫނީ ކުފުރު ދިފާޢުކޮށް ދާރުލް ޙަރްބުގެ ޙިމާޔަތުގެ ދަށަށް ދާހިނދުގައެވެ.)
ވިދާޅުވިއެވެ: ”މިސުވާލުގައި މި ބުނެވުނު މުދާ (ދަރަނީގެ ފައިސާ) ވާނީ ފަޔިއު އަށެވެ. ޣަނީމާ އަކަށް ނޫނެވެ. އެހެނީ ސުވާލު ކުރި ފަރާތަށް އެލިބި ޙާސިލުވީ ގަދަވެގަނެ އަދި ހަނގުރާމައެއް ނުކޮށް ދާރުލް އިސްލާމު ގައެވެ. އަދި ފަޔިއު ވަނީ މުސްލިމު ތަކުންގެ މިލްކިއްޔާތުގެ ތެރެއިންނެވެ. އެ ވެއްދުން ވަނީ ބައިތުލް މާލަށެވެ. އެއީ މުސްލިމުތަކުންގެ މަޞްލަޙަތު ތަކުގައި ވަލިއްޔުލް އަމްރު އެ ހޭދަކުރުމަށްޓަކައެވެ. އަދި މިއީ މާލިކު އާއި އައްޝާފިޢީ އާއި އަޙްމަދު ގެ ޤަޥްލެވެ. (އެބަހީ: ޖުމްހޫރުންގެ ޤަޥްލެވެ. އަދި މިކަން އަހަރެމެން އިހު ބަޔާން ކޮށްފީމެވެ.) އެހެންކަމުން މީގެ މައްޗަށް (ޖުމްހޫމޫރުންގެ ބަހަށް) މިސުވާލު ކުރި އަޚާ އަށްވަނީ މުރުތައްދު ވީ މީހާއަށް އެދިނުމެއް ނެތި، މުސްލިމުންގެ ބައިތުލް މާލަށް ހަވާލުކުރުމެވެ — والله تعالى أعلم.“
އެހެންކަމުން، މިކަމުގައި ޚިލާފުވާކަމަށް އިޝާރާތް ކުރެއްވިއެވެ. އެއީ ޖުމްހޫރުންގެ ޤަޥްލު — ބައިތުލް މާލަށް އެ ޙައްޤުވުން — ގެ ބަދަލުގައި، އިބްނުލް ޤައްޔިމު ނަޤުލު ކުރެއްވި، މުސްލިމު ވާރުތަވެރިންނަށް އެ ރައްދުވުމުގެ ޤަޥްލެވެ. އަދި އަހަރެމެން ކުރިންވެސް ވާނީ މިކަމުގެ މައްޗަށް ތަފްޞީލެއް ލިޔެފައެވެ. އެއީ މީސްމީހުން މުރުތައްދު ކަމަށް ނިޞްބަތް ކޮށް އޭގެ ޙައްޤެއް ނުވާ މީހުން އެތަކެތި ވަގަށް ނެގުމުގެ މައްސަލައިގައެވެ — والله أعلم.
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.