މިލިޔުން އެކުލަވާލުމުގެ ތެރޭގައި، ޝެއިޚް އަބޫ ސަލްމާން ޙައްސާން ޙުސެއިން އައްސޫމާލީ حفظه الله އާއި ވަކީލުން އައްޔަނު ކުރުމުގެ މައްސަލާގައި…
🔺
މިލިޔުން އެކުލަވާލުމުގެ ތެރޭގައި، ޝެއިޚް އަބޫ ސަލްމާން ޙައްސާން ޙުސެއިން އައްސޫމާލީ حفظه الله އާއި ވަކީލުން އައްޔަނު ކުރުމުގެ މައްސަލާގައި އަހަރެން ސުވާލުކުރީމެވެ. ޝެއިޚް އާއި ހަމައަށް ސުވާލު ހުށަހެޅި ޖަވާބު ލިބުނީ ލިޔުން ޝާއިއުވުމުގެ ފަހުންނެވެ. އެހެން ކަމުން، އެސުވާލާއި ޖަވާބު ތިރީގައި ނަކަލުކޮށްލަމެވެ:
ސުވާލު:
ވަކީލެއް އައްޔަން ކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަދި މިއީ ކުފްރެއް ކަމުގައިވެ، އެހެނަސް ޖަލުގައި މީހާ އިކުރާހުގައިވާ މީހެއްކަމުން އޭނާގެވމައްޗަށް މިކަން ހުއްދަވާނަމަ، ޖަލަށް ލެވިފައި ވާ މީހާގެ ބަދަލުގައި، އެހެން މީހެއް އޭނާއަށް ވަކީލެއް އައްޔަންކޮށްދިނުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ މިކަންވެސް އިކްރާހުގެ ހާލަތުގެ ވަދޭ ތޯއެވެ؟
ޖަވާބު:
”އެންމެ ބޮޑަށްވެސް ބުނެވޭނީ: ވަކީލުކަން ކުރުމަކީ އޭގެ އަސްލުގައި މައްސަލައެއް އޮތް ވަޒީފާއެއް ނޫނޭއެވެ. އޭގެ ޙަރާމް ކަން، އަދި ކިޔެއްތަ؟ ކުފުރު އަންނަނީ އައުންވަނީ އޭގެ ސަބަބުން ލާޒިމުވާ ކަންކަމުގެ ތެރޭގައި ނުވަތަ މިޒަމާނުގައި އަހަރެމެންތެރޭ ބޮޑަަށް ފާޅުވެފައިވާ އެތިންނެވެ.
ދެވަނަ އަށް: ޥަކީލު އަސްލުގައި އަމަލު ކުރަނީ އޭނާގެ އަމިއްލަ ނަފްސަކަށް ނޫނެވެ. އެހެނެއް ކަމަކު އޭނާ މަސައްކަތްކުރަނީ އެހެން ފަރާތަކަށެވެ. އެހެންކަމުން ގިނައިން ހެދޭ އަޤުދު (ކޮންޓުރެކްޓު) ތަށް ބިނާވަނީ އެވަކީލު ތަމްސީލުކުރާ ފަރާތަާށެވެ. (އެބަހީ: ޖަލުގައިވާ މީހާގެ ޝަރުތުތަކަށެވެ.) ވަކީލު އަކަށް ނޫނެވެ.
ތިން ވަނަ އަށް: ޖުމްހޫރު (ޢިލްމުވެރިންގެ) ބުނުމުގަކި ޖަލަކީ އިކްރާހެކެވެ. އަދި ވަކިން ޚާއްސަކޮށް ޙައްޤާއި ދެކޮޅަށް މިޒަމާނުގެ ޠާޣޫތުންގެ ޖަލުތަކަށްލެވޭ ތަޥްހީދު އާއި ޖިހާދު ގެ އަހުލު ވެރިންނަށެވެ.
ހަތަރު ވަނަ އަށް: ޖަލަށް ލެވިފައި ވާ މީހާ ޠާޣޫތީ ކޯޓަށް ޙުކުމް ހޯދަން ދިޔުން ހުއްދައެވެ.
ފަހެ މިކަން އޭނަ އަށް ހުއްދަ ވެއްޖެ ނަމަ، ޖަލަށްލެވިފައިވާ މީހާ ތަމްސީލުކުރާ އޭނާގެ އާއިލީ މީހެއްގެ މައްޗަށް، އޭނާއަށް ވަކީލެއް އައްޔަނު ކުރުމަށް އެހީވުން ހުއްދަހެއްޔެވެ؟ މިކަމުގައި (ޖަވާބެއް ދިނުމުގައި) މަޑުޖައްސާލަން ޖެހެއެވެ.
ފަހެ މިކަމުގައި އެހީތެރިވުން ހުއްދަ އޭ ބުނެވެއެވެ؛ އެހެނީ އެ އެހީވެދޭ ކަމުގައި (އެހީތެރިކަން ލިބޭ) ޖަލުގައި އޮތް މީހާގެ މައްޗަށް ފާފަވެރިކަން ނެތުމުންނެވެ. އަދި ފާފަ ނޫން ކަންކަމުގައި އެހީތެރިވުން ހުއްދައެވެ. މީގެ ދަލިލަކީ މުޅައެއްޗެއް ކެއުމަށް މުޟްޠައްރު (މަޖުބޫރު ވެފައި ވާ) މީހާ (މިސާލަކަށް ބަނޑަށް ޖެހިފައިވާ ޙާލު) އެހީތެރިވުން ފަދައިން މިކަން ވުމެވެ. އެހެނީ މިދެ (ޙާލަތުގައިވާ) މީހުންވެސް އެހީތެރިވެދެނީ އުރެދުމެއް ނޫން ކަންތަކުގައެވެ.
އަދި ހުއްދަ ނުވާނޭވެސް ބުނެވެއެވެ؛ އެއީ ކުފުރުގެ ނުބައިކަން ބޮޑުވުމުންނެވެ. އަދި ނުބައިކަން ބޮޑުކަމެއްގެ މައްޗަށް (ޚުކުމެއް ނެރުމުގެ މިސާލެއްގެ ގޮތުން) ނުބައިކަން ކުޑަ ކަމެއް (މުޅަމަސް ކެއުން) ބޭނުން ކުރުމަކީ ނުރަގަނޅު އުސޫލެކެވެ.
މީގެ ރައްދުގައި ބުނެވިދާނެއެވެ: މުޅަމަސް ކެއުމުގެ (މިސާލުގައި) އެކަމުގައި ހިނގާ ފަސާދަ އަކީ ތަންފީޒުވާކަމެކެވެ. (އޭނާ މުޅަމަސް ކައެވެ.) އެހެނަސް އެކަން އޭނާއަށް ޢަފޫވަނީ އޭގެން ރައްކާތެރިކޮށްދޭ އެއަށްވުރެ ބޮޑު މަޞްލަހަތަށްޓަކައެވެ - (އެއީ) ނަފްސު ރައްކައުތެރި ކުރުމެވެ. (މަރުން ސަލާމަތްވުމެވެ.)
އަދި (އެއާއި ޚިލާފަށް) އިކުރާހުގެ ޙާލަތުގައި ކުފުރުގެ (ފަސާދަ) ތަންފީޒުނުވެއެވެ. އެހެނީ އެކަމުގެ (ކުފުރުވުމުގެ) ޝަރުޠު ނަފީ ވެފައި ވުމުގެ ސަބަބުން (ކުފުރު ވުމުގެ) ސަބަބު ނަފީވެފައިވުމެވެ. އެއީ (އެބަހީ މިތާގައި ކުފުރުވުން ނަފީ ވެފައިވާ ޝަރުޠަކީ) ޞައްޙަ ޤަޞްތު އެވެ.
(ނޯޓު: އެބަހީ އިކުރާހުގައި ކުފުރުގެ ޢަމަލު ކުރާ މީހާ ކުފުރު ނުވާނޭ ކަމަށް ﷲ ޝަރުޠުކުރެއްވީ: އޭނާގެ ހިތް އީމާން ކަމުގެމަތީ އޮވެއްޖެނަމައެވެ. އެހެންކަމުން މިޝަރުޠު އޮވެއްޖެ ޙާލު އިކުރާހުގައިވާ މީހާ ކުފުރަށް ނުވެއްޓެއެވެ. ކުފުރު ތަންފީޒެއްނުވެއެވެ. އެހެނަސް މުޅަމަސްކާ މީހާ އެފަސާދައިގެ ޢަމަލު ތަންފީޒުވެއެވެ. އެހެންކަމުން މިކަމުގައި ނުބައިކަން ބޮޑީ އުރެދުމުގެ ޢަމަލު ތަންފީޒުވާ ކަންތަކުގައެވެ. ވީމާ މުޅަމަހުގެ މައްސަލަ ބޭނުން ކޮށްގެން އިކުރާހުގައިވާ މީހާއަށް އެހީތެރިވުމުގެ މައްސަލައިގެ މައްޗަށް ޙުކުމް ނެރުމުގެ އުސޫލު ރަނގަޅެވެ.)
އަދި ތިބާގެ ރައްބު މޮޅަށް ދެނެ ވޮޑިގެން ވެއެވެ. އަދި ހެއޮ ގޮތަށް ތަޥްފީޤު ދެއްވަނީ ﷲ.“
~ގަލަންދާރު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.