ދޫކޮށްލެވިފައިވާ ސުންނަތް ތަކުގެ ތެރޭގައި — ޛުލް ޙިއްޖާ ގެ ދިހަ ދުވަހުގެ ތެރޭގައި ރަމަޟާން މަހުން ގެއްލިފައިވާ ރޯދަ ތައް ޤަޟާއު ކުރުން…
✨ ދޫކޮށްލެވިފައިވާ ސުންނަތް ތަކުގެ ތެރޭގައި:
ޛުލް ޙިއްޖާ ގެ ދިހަ ދުވަހުގެ ތެރޭގައި ރަމަޟާން މަހުން ގެއްލިފައިވާ ރޯދަ ތައް ޤަޟާއު ކުރުން ހިމެނެއެވެ. އެދުވަސްވަރުގެ ފަޟުލުވަންތަކަން ހޯދައިގަތުމަށެވެ:
އަލްއަސްވަދް ބުނު ޤައިސް އަރިހުން ރިވާވެގެން ވެއެވެ: ވިދާޅުވިއެވެ: ”ރަމަޟާން މަހުގެ ޤަޟާއުތައް، މި ދިހަ ދުވަސް ތެރޭ ކުރެއްވުމަށް ޢުމަރު ބުނުލް ޚައްޠާބް ލޯބިކުރައްވައެވެ.“ އެބަހީ ޛުލް ޙިއްޖާ މަހުގެ ދިހަ ދުވަހެވެ.
ރިވާކުރެއްވީ ޞައްޙަ ސަނަދަކުން ޢަބްދުއް ރައްޒާޤު އެވެ. އަދި މަރުފޫޢު ކޮށް (ޙަދީޘް ފުޅެއް ގޮތުގައި) ވެސް އައިސްފައިވެއެވެ. އެ ރިވާޔަތެއް ޞައްހަ އެއް ނޫނެވެ. އެހެންކަމުން އަލްއިމާމް އައްދާރަޤުޠްނީ ރަނގަޅު ގޮތަކީ (ޢުމަރު އަށް) ހުއްޓިފައިވާ ކަމަށް ކަނޑައެޅުއްވިއެވެ.
އަދި މިފަދައިން ތާބިޢީ ބޭކަލުންގެ ތެރެއިން ބޮޑެތިން ޢަމަލު ކުރެއްވިއެވެ. އޭގެ ތެރޭގައި، ސަޢީދު ބުނުލް މުސައްޔަބު -رحمه الله- ހިމެނެއެވެ:
އެއީ ރަމަޟާން މަހުގެ ޤަޟާއު ތައް މިދިހައެއް —އެބަހީ ޛުލް ޙިއްޖާ ދިހައެއް — ތެރޭ އަދާކުރުމުގެ މައްސަލައެއް ނުވާ ކަމަށް އެކަލޭގެފާނު ދެކިލައްވާ ކަމުގައެވެ.
ރިވާ ކުރެއްވީ، އިބްނު އަބީ ޝައިބާ އެވެ. އަދި އޭގެ ސަނަދު ޞައްޙަ އެވެ.
— ޝައިޚް ޢަބްދުލް ޢަޒީޒުލް ޚުޟައިރް (މަޞްދަރު، ދެވަނައަށް)
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.