ގިނިކަންޏާ ދަތުރު ކުރުމުގެ ޙުކުމް
📍ގިނިކަންޏާ ދަތުރު ކުރުމުގެ ޙުކުމް
❞ މިއަޚާގެ ސުވާލަކީ، މިޙަދީޘާއި މެދުގައެވެ:
«الراكب شيطان والراكبان شيطانان والثلاثة ركب»
(އެއް އަސްވާރަކީ ޝައިޠާނެކެވެ. ދެއަސްވާރުންނަކީ ދެޝައިޠާނުންނެވެ. ތިން އަސްވާރުންނަކީ ސަވާރީއެކެވެ.)
[ޖަވާބު] މިޙަދީޘަކީ ޞައްޙަ ޙަދީޘެކެވެ. ރިވާކުރެއްވީ ”މުވައްޠައު“ ގައި މާލިކެވެ. އަދި އަޙްމަދާއި އެނޫން ބޭކަލުންވެސް މިޙަދީޘު ރިވާކުރައްވާފައި ވެއެވެ. އެއީ ޢަމްރު ބުނު ޝުޢައިބު އަރިހުން އެކަލޭގެފާނުގެ ބައްޕަ ފުށުން އެކަލޭގެފާނުގެ ކާފަ ފުށުންނެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއޭ: ”އެއް އަސްވާރަކީ ޝައިޠާނެކެވެ...“ — ޙަދީޘް.
⚠️ މީގެ މުރާދަކީ ޙަރާމް ވުން ހެއްޔެވެ؟ ނޫނީ މަކުރޫހަވުން ހެއްޔެވެ؟ ޢިލްމިވެރިންގެ އަރިހުން ދެބުނުމެއް ވެއެވެ.
▫️ފުރަތަމަ ޤަވްލަކީ: އެއީ ޙަރާމް ކަމެކޭ އެވެ. އެހެނީ ނަބިއްޔު ﷺ ޙަދީޘް މިކުރެއްވީ ”އެއް އަސްވާރަކީ ޝައިޠާނެކޭ“ އެވެ. އަދި ޝައިޠާނެއް ކަމަށް ނިސްބަތް މިކުރެއްވީ އެޢަމަލަކީ ޝައިޠާނާގެ ޢަމަލަކޭ ވިދާޅުވުމުގެ ގޮތުން ވިޔަސް ނޫނީ އެކަން އެހެން ކުރާ މީހަކީ ޚުދު ޝައިޠާނާ އާއި އެެއްގޮތް މީހެކޭ ވިދާޅުވާން ކަމުގައި ވިޔަސް، (މިޙުކުމުގައި) ފަރަޤެއް ނުވެއެވެ. އަދި އެހެން ނިސްބަތް ކުރައްވާފައި ވަނީ އެކަހެރިވުމަށް ލޯބިކުރާ އަދި އަދި ގިނިކަންޏާ ދަތުރުކުރާ ފަރާތަކީ ޝައިޠާ ކަމުންނެވެ. ވީމާ (ޙަދީޘް ގެ) ބޭރުފުަށް ދޭހަވާ މާނައީ މިކަން ޙަރާމް ވެގެން ވުމެވެ.
▫️އަދި ބައިގަނޑެއް ވިދާޅުވިއެވެ. އެހެންނަކުން ނޫނެވެ. މިއީ ހަމަކަށަވަރުން ނުރުއްސެވުމުގެ ގޮތުންނެވެ. (އެބަހީ: މަކުރޫހަ ކަމެއް ގޮތުގައޭ އެވެ.) ޙަރާމް ކުރެއްވުމުގެ ގޮތުންނެއް ނޫނެވެ. އަދި ގިނިކަންޏާ ސަވާރީވަނީ ޝައިޠާނާ ކަމަށް ޙަދީޘް ކުރެއްވުމީ، އެކަމަކީ އޭގެ ޒާތުގައި ޙަރާމް ކަމަކަށް ވުން ލާޒިމު ކުރާ ކަމެއް ނޫނޭ އެވެ. އެހެނީ މިތާނގައި މަޤްޞަދަކީ: އެޢަމަލަކީ ޝައިޠާނާގެ ޢަމަލެއް ކަމެވެ.
އަދި މި ބުނުމަށް ޙުއްޖަތެއްގެ ގޮތުން އެބޭކަލުން އަޞްޙާބުންގެ ތެރެއިން ގިނަ ބޭކަލުންތަކެއް ގިނިކަންޏާ ދަތުރު ކުރެއްވިކަން ގެންނަވައެވެ: އެކަން ޙަރާމް ނަމަ ނަބިއްޔު ﷺ އެބޭކަލުންނަށް އެކަމަށް ހުއްދަނުދެއްވީސް ކަމެވެ. ނަބިއްޔު ﷺ ފަތްކޮޅު ގެންދަވާ ސަފީރުން ގިނިކަންޏާ ފޮނުއްވަވައި އައިސް ވަޑައިން ހައްދަވައެވެ. އަދި މިކަން އަޞްޙާބު ބޭކަލުންގެ ޒަމާނުގައިވެސް ދެމިއޮތެވެ. رضي الله عنهم.
🤚އެހެނަސް ބުނެވެއެވެ: މިކަމަކީ ޙާއްޖަތަކަށްޓަކައި ނަމަ، މައްސަލައެއް ނުވެއޭ އެވެ. އެހެނަސް އެއީ ޙާއްޖަތަކަށްޓަކައި ނޫންނަމަ، ޙަދީޘުގައި ވާ ޙުކުމް ޙަރާމް ކަމުގައި ދެމިއޮވެޔޭ އެވެ.
މާނައީ، އޭނާ އެކަނި ދަތުރު ކުރަނިކޮށް ކުއްލި ޙާލަތަކާ ދިމާވެދާނެއެވެ. އެހިނދުގައި އޭނާއަށް އަތްގާތްކޮށްދީ އެހީތެރިވެދޭނީ ކާކު ހެއްޔެވެ؟ އަދި މިޒަމާނުގައި ހަދާފައިމިވާ ކާރުބާރުބޮޑު ހައިވޭ މަގުތަކުގައި މީހާކު ދަތުރު ކުރުމީ، ގިނިކަންޏާ ދަތުރު ކުރުން ކަމުގައި ނުވާނޭ ކަމަށް ބުނެވޭ ބަހުގައި، ޒުވާބެއް އެބައޮތެވެ.
އެހެނީ، އޭނާ އެވަނީ ގިނިކަންޏާކަަމަށް ދަލީލުކުރަނީ އޭނާ އަށް ނިދިޖެހުމުންނެވެ. އަދި މިއީ ގިނައިން ހިނގާ ކަމެކެވެ. އަދި އޭގެ ސަބަބުން އަމިއްލަޔަށް ނޫނީ އެހެން ފަރާތަކާއި މުޑިއަރައި އެކްސިޑެންޓުތައް ހިނގައެވެ. އޭނާއާއި އެކު ދެވަނަ ފަރާތެއް ނޫނީ ތިންވަނަ މީހެއް ވީނަމަ މިނުބައިން ދުރުހެލިވެވުނީހެވެ. އަދި މިފަސާދަ މިދިމާވީ އޭނާ ގިނިކަންޏާ ހުރުމުގެ ސަބަބުންނެވެ. އެއިން ގެއްލުން ފޯރިއެވެ.
✅ ވީމާ ރަނގަޅު ބުނުމަކީ މިއެވެ: ޙާއްޖަތެއް ނުވާނަމަ އެކަން މަނަޢު ވެގެން ވެޔޭ އެވެ. އަދި ޙާއްޖަތެއް އޮވެއްޖެނަމަ، އެޙާޖަތަށް ފުދޭ މިންވަރަކުން، އެކަމަކަށް ހުއްދަ ލިބި ފުޅާވެއެވެ. ❝
— އައްޝެއިޚް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.