އަދި ޖުވާ އަކީ އިޖުމާޢުގެ މަތީން ޙަރާމް އެއްޗެކެވެ. އެއީ الله تعالى ގެ މިވަޙީފުޅުގެ ދަށުންނެވެ
—②—
އަދި ޖުވާ އަކީ އިޖުމާޢުގެ މަތީން ޙަރާމް އެއްޗެކެވެ. އެއީ الله تعالى ގެ މިވަޙީފުޅުގެ ދަށުންނެވެ:
▶️يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنْصَابُ وَالأَزْلامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ◀️ المائدة / 90
((އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، الْمَيْسِرُ އާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.))
އިބްނު ޢައްބާސް އާއި އިބްނު ޢުމަރު ވިދާޅުވިއެވެ: ”{الْمَيْسِرُ} އަކީ ޖުވާ އެވެ.“ — اهـ.، ابن كثير (3 / 178) އަދި البغوي ވިދާޅުވިއެވެ: " {الميسر} އެބަހީ: القمار (ޖުވާ) އެވެ.“ — اهـ.، تفسير البغوي (3 / 94).
އަދި މިބަޔާން ވެވުނު ޖުވާ ގެ ތަޢުރީފު، ސުވާލުގައި މިވާ ގޭމުގެ ވައްތަރަށް ފިޓުވެއެވެ. މޮޅުވާ މީހާ ނަގަނީ އޭނާ ލީ ވަރަށް ވުރެ އަގުދަށް އެއްޗެއް ކަމުގައި ވިޔަސް، ނޫނީ އެއަށް ވުރެ އަގުބޮޑު އެއްޗެއް ކަމުގައި ވިޔަސް، ނޫނި އެއާއި އެއްހަމައިގެ އަގެއްގެ އެއްޗެއް ކަމުގައި ވިޔަސް މީގައި ފަރުވާލެއް ނެތެވެ. މިއެންމެހާ ޙާލަތެއްގައިވެސް ޖުވާގެ ތަޢުރީފުން މިކަން ވީއްލި ނުދެއެވެ. އެހެނީ އެމުޢާމަލާތެއްގައި އެހެންޏާ މޮޅުވާ މީހެއް ނޫނި ގެއްލުންވާ މީހެއް ނުހުރެ ނުދާ ކޮންމެ މުޢާމަލާތަކީ، ޙަރާމް ޖުވާ އެވެ. الله تعالى ވަޙީ ކުރައްވިއެވެ:
▶️يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ إِلَّا أَنْ تَكُونَ تِجَارَةً عَنْ تَرَاضٍ مِنْكُمْ◀️ النساء/29
((އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. ))
البغوي އެބޭފުޅާގެ تفسير (2 / 199) ގައި މިއާޔަތާއި މެދު ވިދާޅުވިއެވެ:
"ބާޠިލުގޮތުގައި ނުކާށޭ" ؛ ޙަރާމް ގޮތުގައި ނުކާށޭއެވެ. ޔަޢުނީ: ރިބާުާޔާއި، ޖުވާޔާއި، ފޭރުމައި، ވައްކަމާއި، ޚިޔާނާތާއި މިޒާތުގެ އެންމެހާ ކަމަކުންނެވެ.”
ނިމުނީ، އިސްލާމީ-ސުވާލާއިޖަވާބު ގެ ފަތުވާ.
📝އިތުރަށް ބަލައިހޯދުމަށް:
4⃣ކުލޯ މެޝިން ގެ ޙަރާމް ކަމާއި މެދު ޝަރުޢީ އެކެޑެމިކް ދިރާސާއެއް (އިނގިރޭސި ބަހުން pdf )
5⃣އޭގައި ޙަރާމް ވެގެންވާ ޣަރާރު އާއި ޖުވާ ހިމެނޭ ކަމަށް އޮތް އިތުރު ޝަރުޢީ އެކެޑެމިކް ދިރާސާއެއް (އިނގިރޭސި ބަހުން pdf)
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.