އެންމެ މޮޅު އިތުރު އުޟްޙިޔާ އަކީ ފިރިހެން ޖަމަލެވެ. ދެން ގެރިޔެވެ. ދެން ކަންބަޅި އެކެވެ. އެއަށް ފަހު، ބައިވެރި ވެވޭ ގޮތުގައި ކަތިލެވޭ…

🔻
އެންމެ މޮޅު އިތުރު އުޟްޙިޔާ އަކީ ފިރިހެން ޖަމަލެވެ. ދެން ގެރިޔެވެ. ދެން ކަންބަޅި އެކެވެ. އެއަށް ފަހު، ބައިވެރި ވެވޭ ގޮތުގައި ކަތިލެވޭ ޖަމަލު ނޫނީ ގެރިއެވެ. މިއީ އިތުރުއެކަލޭގެފާނުން ﷺ ގެ ޙަދީޘް ފުޅު: «مَن... راحَ في الساعةِ الأولى ، فكأنما قرَّبَ بدنَةً ...» އަށް ބަލައެވެ. (ފުރަތަމަ ވަޤުތު ގައި ގޮސްފި މީހަކީ ފިރިހެން ޖަމަލެއް ގުރުބާން ކުރި މީހެއްފަދައެވެ... )
މިއީ: އަބޫ ޙަނީފާ އާއި، އައްޝާފިޢީ އާއި އަޙްމަދު ގެ ބަސްފުޅެވެ.
މާލިކް ވިދާޅުވަނީ: އެންމެ މޮޅު އިތުރީ ފިރިހެން ކަންބަޅިއެއް ކަމެވެ. އެހެނީ ނަބިއްޔު ﷺ ދެ ފިރިހެން ކަންބަޅި ގުރުބާން ކުރެއްވިއެވެ.
އެހެނަސް ބުނެވެއެވެ: އެންމެ މޮޅު އިތުރު އެއްޗެއް ނަބިއްޔު ޚިޔާރު ނުކުރެއްވީ އުއްމަތަށް މަޑުމޮޅިވެލައްވައެވެ. މިކަމުގައި އެވެރިންނަށް ފަސޭހަ ކުރެއްވުމަށެވެ.
އިތުރު ތަފްޞީލަށް (މިފަތުވާ)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.