ޝައިޚް ތުރުކީ ބުނު މުބާރަކް، އަލްބިންޢަލީ ވިދާޅުވިއެވެ
ޝައިޚް ތުރުކީ ބުނު މުބާރަކް، އަލްބިންޢަލީ ވިދާޅުވިއެވެ:
”...(عقص الشعر) އިސްތަޝިގަނޑު ވަށައި ޖެހުމޭ“ މިބަހުގެ މުރާދަކީ، އެއެކަތިކޮށް އަދި ފަހަތަށް އެއްސުމެވެ. އެހެނަސް، އިސްތަށިގަނޑު ގަތައި، ދެން ދޫކޮށްފައި ބާއްވައިފިނަމަ، މިކަން މި ނަހީގެ ތެރެއަށް ނުވަދެއެވެ. އެއީ ޝައިޚުލް އިސްލާމް ، އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިފަދައިންނެވެ.“
— فتاوى عبر الأثير (( 309 ))
އިބްނު ތައިމިއްޔާ އާއި ސުވާލު ވެވުނެވެ:
”...(ޙަދީޘްގައިވާ) الكفت (ބޮޑިކުރުން) މިއަކީ ކޮބައިހެއްޔެވެ؟ އަދި الكفت ގެ ތެރެއަށް އިސްތަށިގަނޑު ގެތުން ވަންނާނެހެއްޔެވެ؟“
ވިދާޅުވިއެވެ:
”الكفت އަކީ ޖަމަޢު ކުރުމާއި އެއްކުޅައުމެވެ. އަދި الكف (ގެ މާނަ) އެއާއި ގާތްވެގެންވެއެވެ. އެއީ އިސްތަށިގަނޑާއި ހެދުން ސަޖިދައިން މަނައު ކުރުމެވެ. އަދި ފިރިހެނާ އޭނާގެ އިސްތަށިގަޑު ބޮލު ތެރެއަށް (مغروز) އޮއްބައިގެން ނޫނީ (معقوص) ހުޅިޖަހައިގެން ނަމާދުކުރުން ނަހީވެފައިވެއެވެ.
އަދި އޭގެ (ދަލީލު) ތެރޭގައި، ނަބިއްޔު ﷺ އަރިހުން ރިވާވެގެންވެއެވެ: ހުޅިޖަހައިގެން ނަމާދުކުރާ މީހާގެ މިޘާލަކީ ”އަތް ބަނދެވިގެން (مكتوف ވެ) ހުރެ ނަމާދު ކުރާ މީހެއްގެ މިޘާލެވެ.“. އެހެނީ (ހެދުން) ގޮއްޖަހާފައިވާ މީހާ އޭނާގެ ހެދުން ސަޖިދަނުކުރެއެވެ. އަދި ހުޅިޖަހާފައިވާ މީހާގެ އިސްތަށިގަނޑު ސަޖިދަ ނުކުރެތެވެ. ދެންފަހެ އިސްތަށިގަނޑު ގެތުން، (އޭގެ ކޮޅު ނުހިފެހެއްޓި) ދޫކޮށްލެވިފައިވާ ގޮތުގައި ވާހިނދު، މިކަން الكفت ގެ ތެރެއަށް ނުވަދެއެވެ. والله أعلم.
[مجموع الفتاوى: ج :22، ص: 450]
އަދި الإسلام سؤال وجواب ގެ ފަތުވާ ނަންބަރު 163428 ގައި ވެއެވެ:
”ފިރިހެނާ އޭނާގެ އިސްތަށިގަނޑު ގަތައިގެން ނަމާދު ކުރުމުގައި މައްސަލައެއް ނެތެވެ. އެހެނަސް (ނަމާދުގައި) މަކުރޫހަ ވެގެންވަނީ އަލްޢަޤްޞު އެވެ. އެއީ މި ގެތުންގަނޑު އަންހެނުން ކަންތައްކުރާހެން ބޯމައްޗަށް އެއްކުޅައުމެވެ. ނުވަތަ (ނުގެތިޔަސް) އޭނާގެ އިސްތަށިގަނޑު ޖަމާކޮށް (އޭގެ ކޮޅު ހިފެހެޓޭހެން) ބޮލުގެ ފަހަތަށް އެއްސުމެވެ.“ — والله أعلم
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.